ވައިޓް ހައުސްގެ އޯވަލް އޮފީހުގައި، 'ޓްރަމްޕް އެކައުންޓްސް؛ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރޮއިޓާސް)

އެމެރިކާ

އެމެރިކާގައި އުފަންވާ ކުދިންނަށް 1،000 ޑޮލަރު ދޭން ފަށައިފި

ނޮވެމްބަރު މަހު މިޑްޓާމް އިންތިހާބާ އޮންނައިރު ދިރިއުޅުމުގެ ހަރަދުތައް މަތިވަމުންދިއުމަކީ ވޯޓުލާ ފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ
1 ގަޑިއިރު ކުރިން

އެމެރިކާގައި އުފަންވާ ކުދިންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައާރަފު ކުރެއްވި 1،000 ޑޮލަރުގެ މާލީ އެހީ 500،000އަށް ވުރެ ގިނަ މީހުންނަށް ޖަމާކޮށްފި އެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނިއު ޔޯކް ސްޓޮކް އެކްސްޗޭންޖު އަދި ނޭސްޑެކްގެ އިސްވެރިންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ބާޒާރު ހުޅުވައިދެއްވައިފަ އެވެ.

ނޮވެމްބަރު މަހު މިޑްޓާމް އިންތިހާބާ އޮންނަ އިރު ދިރިއުޅުމުގެ ހަރަދުތައް މަތިވަމުންދިއުމަކީ ވޯޓުލާ ފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

އެ މަޝްރޫއަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، 2025 އާއި 2028އާ ދެމެދު އުފަންވާ އެމެރިކާގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުވާ 'ޓްރަމްޕް އެކައުންޓްސް'ގެ ސަބަބުން ދިގު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރު ލިބި، މާލީ ހޭލުންތެރިކަން އިތުރުވެގެންދާނެ އެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ، އާމްދަނީ މަދު އާއިލާތަކަށް މި އެކައުންޓްތަކަށް އިތުރު ފައިސާ ޖަމާކުރުމުގެ ގާބިލުކަން ނުހުންނާނެތީ، މި މަޝްރޫއުގެ ފުރިހަމަ ފައިދާ އެފަދަ އާއިލާތަކަށް ނުލިބޭނެ ކަމަށެވެ.

މި ޕްލޭންގެ ސަބަބުން މާލީ ތަނަވަސްކަމެއް ނެތް އާއިލާތަކަށް އުފަންވާ ކުދިންނަށް ބޮޑު މާލީ ރާސްތާއެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހިއްސާގެ ބާޒާރު ކުރިއަރަމުންދާ ދަނޑިވަޅެއްގައި، އެކައުންޓުން އަވަހަށް ފައިސާ ނުނެގުމަށް އެ މަނިކުފާނު އިރުޝާދު ދެއްވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް