އިންޑިއާގެ ޕެޓްރޯލް ޝެޑެއް. (ފޮޓޯ/އޭޕީ)

އިންޑިއާ

ތެޔޮ ވިއްކުމަށް ކަނޑައަޅާފައިވާ ހުރަސްތައް އިންޑިއާއިން އުވާލައިފި

މި ހުރަސްތައް ކުރިމަތިކުރީ، ތެޔޮ ހޯލްސޭލްކޮށް ލިބޭ އަގާއި ރީޓެއިލް އަގާ ދެމެދު ބޮޑު ތަފާތެއް ހުރުމުގެ ސަބަބުން، ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކާއި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކުން ރީޓެއިލް ތެޔޮ ޝެޑްތަކުން ތެޔޮ ގަންނަން ފެށުމުން
1 ގަޑިއިރު ކުރިން

އިންޑިއާގެ އެތެރޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދޭ މިންވަރު ހަމައަކަށް އެޅިފައިވާ ކަމަށް ނިންމުމަށް ފަހު، ވިޔަފާރިތަކަށާއި ސިނާއަތްތަކަށާ އަދި މުއައްސަސާތަކަށް ރީޓެއިލްކޮށް ޕެޓްރޯލާއި ޑީސަލް ވިއްކުމަށް އަޅާފައިވާ ވަގުތީ ހުރަސްތައް މާދަމާއިން ފެށިގެން އުވާލަން އިންޑިއާ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

މެދުއިރުމަތީގެ ކުރިމަތިލުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް ބުރޫއެރުމުގެ ސަބަބުން، މި މަހުގެ 12ގައި އިންޑިއާއިން ވަނީ ކުއްލި ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ދަށުން ވިޔަފާރި ބޭނުންތަކަށް ތެޔޮ ގަންނަ ފަރާތްތަކުން ރީޓެއިލް އައުޓްލެޓްތަކުން ތެޔޮ ގަތުން މަނާކޮށް، ކަސްޓަމަރަކަށް ނުވަތަ އުޅަނދަކަށް ދުވާލަކު ވިއްކޭނެ ޑީސަލްގެ މިންވަރު 200 ލިޓަރަށް ހަނިކުރި އެވެ. މިއީ ގައުމުގެ އެކި ސަރަހައްދުތަކުން ތެޔޮ ހުސްވުން ހުއްޓުވުމަށާއި ހަމަހަމަކަމާ އެކު ތެޔޮ ބެހުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސްއިން ބުނީ، ތެލުގެ ސަޕްލައި ހުރި ގޮތް މުރާޖައާކުރުމަށް ފަހު، އާންމު މަސްލަހަތަށްޓަކައި މި ހުރަސްތައް ދެން ބަހައްޓަން ނުޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މިއާ އެކު މާދަމާއިން ފެށިގެން އާންމު ހާލަތެއްގައި ތެޔޮ ބެހުމުގެ މަސައްކަތް ފެށުމަށް މަގު ހުޅުވިގެންދާނެ އެވެ.

މި ހުރަސްތައް ކުރިން ކުރިމަތިކުރީ، ތެޔޮ ހޯލްސޭލްކޮށް ލިބޭ އަގާއި ރީޓެއިލް އަގާ ދެމެދު ބޮޑު ތަފާތެއް ހުރުމުގެ ސަބަބުން، ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކާއި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކުން ރީޓެއިލް ތެޔޮ ޝެޑްތަކުން ތެޔޮ ގަންނަން ފެށުމުން، ސަޕްލައިއަށް ބާރުބޮޑުވުމާ ގުޅިގެންނެވެ. ނަމަވެސް، ސާފުނުކުރާ ތެލުގެ ސަޕްލައި ރަނގަޅުވުމާއި ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަން އަލުން ފެށުމުގެ ސަބަބުން ތެޔޮ ލިބުމުގެ ކަންބޮޑުވުންތައް މިހާރު ވަނީ ކުޑަވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް