ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ލީޑަރު، އުމުރުން 60 އަހަރުގެ ތޯރިގް ރަހުމާން. (ފޮޓޯ/އޭޕީ)

ބަންގްލަދޭޝް

ދިއްލީ އެއާޕޯޓުން ބަންގާޅު ބޮޑުވަޒީރުގެ އެޑްވައިޒަރާ ސުވާލުކުރި މައްސަލާގައި އިހުތިޖާޖުކޮށްފި

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ގާނޫނީ ލިޔެކިޔުން ނެތް ހިޖުރަވެރިން ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝްއަށް ވައްދަން މަސައްކަތް ކުރާ ކަމަށް ބަންގްލަދޭޝް އިން ކުރާ ތުހުމަތުތަކާ ގުޅިގެން ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައި
2 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހުމާންގެ އެޑްވައިޒަރަކާ މެދު ދިއްލީ އެއާޕޯޓްގައި އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުކޮށް ޑާކާގައި ހުންނަވާ އިންޑިއާގެ އިސް ޑިޕްލޮމެޓަކު ބަންގްލަދޭޝްއިން ހާޒިރުކޮށްފި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ އެޑްވައިޒަރު ނިއުދިއްލީގެ އެއާޕޯޓުން ހިފަހައްޓައި، އެތައް ގަޑިއިރެއް ވަންދެން ސުވާލުކޮށްފައިވެ އެވެ.

ފޮރިން މިނިސްޓަރު ހަލީލުއް ރަހުމާން އެ ހާދިސާ ސިފަކުރެއްވީ ނޭނގިވީ ކަމެއްގެ ގޮތުގައެއް ނޫންނެވެ. އަދި އެއީ ރޭވިގެން ހިންގި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އަދި އެ މައްސަލާގައި ޑާކާގައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ވަނީ ހާޒިރުކޮށްފަ އެވެ.

ސަރުކާރުގެ ސްޓްރެޓެޖީ އެޑްވައިޒަރު ޒާހިދު އުރު ރަހުމާން ހިފެހެއްޓީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީއަށް ވަޑައިގަތުމުން ކަމަށާއި އޭނާއަށް އިންޑިއާއަށް އެތެރެވުމުގެ ހުއްދަ ދިނުމުގެ ކުރިން އެތައް ގަޑިއިރެއް ވަންދެން އޭނާއާ ސުވާލުކުރި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ނާޒުކު ފައްތަރެއްގައި އޮއްވަ އެވެ. މި އަހަރުގެ ކުރީކޮޅު ބަންގުލާދޭޝްގައި ބޭއްވި އިންތިހާބު ތާރިގް ރަހުމާން ކާމިޔާބު ކުރެއްވުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ކޮންމެ ވެސް ވަރަކަށް ރަނގަޅުވި އެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މަގާމުން ދުރުކުރި 2024ގެ ހަމަނުޖެހުންތަކަށް ފަހު ދެ ގައުމުގެ ގުޅުމަށް ވަނީ ބުރޫއަރައިފަ އެވެ. ހަސީނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ބަންގްލަދޭޝްއިން ތަކުރާރުކޮށް އެދެމުންދިޔަ ނަމަވެސް، އޭނާ އަދި ވެސް ހުންނެވީ އިންޑިއާގަ އެވެ.

 އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ގާނޫނީ ލިޔެކިޔުން ނެތް ހިޖުރަވެރިން ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝްއަށް ވައްދަން މަސައްކަތް ކުރާ ކަމަށް ބަންގްލަދޭޝް އިން ކުރާ ތުހުމަތުތަކާ ގުޅިގެން ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ. ޑާކާއިން ބުނި ގޮތުގައި ފަހަކަށް އައިސް ބޯޑަރު ހުރަސްކޮށް މީހުން ވަނުން ކޮންޓްރޯލް ކުރުމަށް ކުރި އެތައް މަސައްކަތެއް ބޯޑަރު ގާޑުން ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ. އަދި މިދިޔަ ހަފުތާގައި ބަންގްލަދޭޝްގެ ބޯޑާ ގާޑާއި އިންޑިއާގެ ބޯޑަރު ސެކިއުރިޓީ ފޯސްއާ ދެމެދު ބޭއްވި މަޝްވަރާތަކުގައި ވެސް ބަންގްލަދޭޝް އިން ވަނީ އެ މައްސަލަ ފާހަގަކޮށްފަ އެވެ.

މި މަޝްވަރާތަކުގެ ތެރޭގައި ޖާސޫސީ މައުލޫމާތު ހިއްސާކުރުން ވަރުގަދަކުރުމަށާއި ބޯޑަރު ޕެޓްރޯލްކުރުން ކޯޑިނޭޓްކުރުމަށް ދެ ފަރާތުން އެއްބަސްވި ނަމަވެސް، ހިޖުރަވެރިންގެ މި މައްސަލައަކީ އަވަށްޓެރި ދެ ގައުމުގެ ދެމެދުގައި އަދިވެސް ހިޔާލުތަފާތުވުން އުފެދޭ ކަމެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް