ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ އާއި އިނގިރޭސި ބޮޑުވަޒީރުގެ ކައިރު ސްޓާމަރު

ޖަޕާން

ޖަޕާނުން އިނގިރޭސިވިލާތުގައި 18 ބިލިއަން ޕައުންޑް އިންވެސްޓް އެއްބަސްވެއްޖެ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ މަހު ބުނި ގޮތުގައި، އެމެރިކާ-އިޒުރޭލް އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ކުރިއަރާފައިވާ އިގްތިސާދުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނީ އިނގިރޭސިވިލާތަށް
15 ޖޫން 2026

އިނގިރޭސިވިލާތާއި ޖަޕާނުން އެތައް ބިލިއަން ފައުންޑެއްގެ އިންވެސްޓްމަންޓް އެއްބަސްވުމެއް ގާއިމުކޮށްފި އެވެ. އިނގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމަރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ގުޅުމުގެ އާ ޒަމާނެއް ބިނާވެގެންދާނެ ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ އާއި އިނގިރޭސި ބޮޑުވަޒީރުގެ ބައްދަލު ކުރެއްވުމަށް ފަހު، ޑައުންޑިން ސްޓްރީޓުން ބުނީ ޖަޕާނުގެ ކުންފުނިތަކުން އިނގިރޭސިވިލާތުގެ އިންފްރާސްޓްރަކްޗާ އަދި މާލީ ދާއިރާއަށް 9 ބިލިއަނަށް ވުރެ ބޮޑު އަދަދެއްގެ ފައުންޑް އިންވެސްޓް ކުރާނެ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ އޮފްޝޯ ވިންޑް މަޝްރޫއުތަކަށް 9 ބިލިއަން ފައުންޑާ ހަމައަށް އިންވެސްޓްކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށެވެ.

އެ އެއްބަސްވުން ގާއިމުކޮށްފައި މިވަނީ އިނގިރޭސިވިލާތުގެ އިގުތިސާދީ ކުރިއެރުން މަޑުޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. މާހިރުން ލަފާކުރާ ގޮތުގައި އެމެރިކާ-އިޒުރޭލް އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. 

ކެއިރު އަދި ތަކައިޗީ އިއްޔެ ވަނީ ޑައުނިންގް ސްޓްރީޓުގައި ޖަޕާނުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފަ އެވެ. ކެއިރު މި މަޝްވަރާތައް ސިފަކުރެއްވީ "ވަރަށް ކާމިޔާބު" މަޝްވަރާތަކެއްގެ ގޮތުގަ އެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިންފްރާސްޓްރަކްޗާ އަދި ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް އެތައް ބިލިއަން ފައުންޑެއް އިންވެސްޓްކުރުމަށް އެއްބަސްވި ޖަޕާނުގެ ކުންފުނިތަކުގެ ތެރޭގައި މިޓްސުބިޝީ އެސްޓޭޓް، މިޓްސުއި ފުޑޯސަން، އަދި ނޮމުރާ ރިއަލް އެސްޓޭޓް ހިމެނެ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ މަހު ބުނި ގޮތުގައި، އެމެރިކާ-އިޒުރޭލް އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ކުރިއަރާފައިވާ އިގްތިސާދުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނީ އިނގިރޭސިވިލާތަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް