ނިއުޒީލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިދިޔަ މެއި މަހު ޓައިވާނަށް ވަޑައިގެން ޓައިވާންގެ ހާރިޖީ ވަޒީރު ލިން ޗިއާ-ލުންގްއާ ބައްދަލުކުރެއްވި.

ޗައިނާ

ޓައިވާނަށް ދަތުރު ކުރުމުން ނިއުޒީލެންޑް މަޖިލީހުގެ 4 މެމްބަރަކު ޗައިނާއަށް ވަނުން މަނާކޮށްފި

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ މިއީ އެފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރު ކަމަށް
58 މިނިޓު ކުރިން

ނިއުޒީލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ހަތަރު މެމްބަރަކު ޓައިވާނަށް ކުރެއްވި ދަތުރާ ގުޅިގެން ޗައިނާއިން އެ ހަތަރު މެންބަރުން އެއް އަހަރުދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

އެ ބޭފުޅުން ޗައިނާއަށް ޒިޔާރަތް ކުރެއްވުން ސަސްޕެންޑް ކުރިކަން އެ މެންބަރުންނަށް އެނގިވަޑައިގަތީ އެ ބޭފުޅުން މިދިޔަ މަހު އެ ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތް ފަހުންނެވެ.

ޓައިވާނަކީ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ އެ ގައުމުގެ ބައެއް ކަމަށް ޗައިނާއިން ދައުވާ ކުރެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ މިއީ އެފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރު ކަމަށެވެ.

މިދިޔަ މަހު އެ މެެންބަރުން ކުރެއްވި ދަތުރުގައި ހިމެނެނީ ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް