އެމެރިކާގެ ނިއު ޔޯކްގައި މޭޔަރު ޒޮހްރާން މަމްދާނީގެ ރަސްމީ ގެކޮޅު ގްރޭސީ މެންޝަންގެ ބޭރުގައި ހަރުކަށި ކަނާތު ފިޔައިގެ އެކްޓިވިސްޓެއް ކަމަށްވާ ޖޭކް ލޭންގްގެ ސަޕޯޓަރުން ކުރި މުޒާހަރާގެ ތެރެއިން ބޮމެއް އެއްލުމުން ދުން އަރަނީ.

މަމްދާނީގެ ގޭގެ ބޭރުގައި އެއްޗެއް ގޮއްވާލައިފި

މަމްދާނީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލެންގްގެ މުޒާހަރާ ކުށްވެރި ކުރައްވާ ކަމަށާއި ނަމަވެސް އެއަށް ވުރެ ބޮޑަށް ކަނބޮޑުވެވަޑައިގަތީ ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް
9 މާރިޗު 2026

ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީގެ ގޭގެ ބޭރުގައި ކުރި މުޒާހަރާގެ ތެރޭގައި އަލިފާން ރޯކޮށް، އެއްލާލި ޑިވައިސްއަކީ ނުރައްކާތެރި ހާދިސާއެއްް ހިނގުމުގެ ފުރުސަތު އޮތް އެއްޗެއް ކަމަށް ނިއު ޔޯކް ސިޓީގެ ފުލުހުން ބުނެފި އެވެ.

އެ ޑިވައިސްއަކީ ނަޓާއި ބޯލްޓާއި އިސްކުރާ އަދި ކަޅު ޓޭޕަކުން ފިއުޒުކޮށްގެން ހަދާފައިވާ ޑިވައިސްއެއް ކަމަށް ނިއު ޔޯކް ސިޓީގެ ޕޮލިސް ކޮމިޝަނަރު ޖެސިކާ ޓިޝް ވިދާޅުވި އެވެ. ނަމަވެސް އެ ޑިވައިސް ގޮއްވާލައި ބޮޑު ގެއްލުމެއް ވުމުގެ ކުރިން ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ޑިވައިސް އަކީ މުޒާހަރާގެ ތެރެއިން އެއްލި ދެ ޑިވައިސްގެ ތެރެއިން އެއް ޑިވައިސް އެވެ. ދެވަނަ ޑިވައިސް އަދިވެސް ޓެސްޓް ކުރަމުން އަންނަ ކަމަށް ޓިޝް ވިދާޅުވި އެވެ.

ގްރޭސީ މެންޝަންގެ ބޭރުގައި މުޒާހަރާ ކުރީ ކަނާތު ފިޔައިގެ އެކްޓިވިސްޓެއް ކަމަށްވާ ޖޭކް ލޭންގް އިސްވެ ހުރެ އެވެ. އެއީ މަމްދާނީ އާއި އޭނާގެ އަނބިކަނބަލުން ދިރިއުޅުއްވާ ގެ އެވެ. ޓިޝް ވިދާޅުވީ އެ ގަޑީގައި މަމްދާނީ އާއި އޭނާގެ އަނބިކަނބަލުން ގޭގައި އުޅުއްވި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މަމްދާނީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލެންގްގެ މުޒާހަރާ ކުށްވެރި ކުރައްވާ ކަމަށާއި ނަމަވެސް އެއަށް ވުރެ ބޮޑަށް ކަނބޮޑުވެވަޑައިގަތީ ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ. 

"މުޒާހަރާއެއްގައި އަނިޔާވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ބޮން ގޮއްވާލަން މަސައްކަތް ކުރުން އެކަންޏެއް ނޫން، ވަކި ނަސްލާ ދެކޮޅު ހެދުން އެންމެ ބޮޑު ގޯހަކީ،" މަމްދާނީ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް