އެމެރިކާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު 'ގެލީލިއޯ' އެމެރިކާގެ ކޯސްޓްގާޑުން މޮނިޓާ ކުރަނީ.

ވެނެޒުއެލާ

ވެނެޒުއޭލާގެ ތެޔޮ ޓޭންކަރެއް އެމެރިކާއިން އަތުލައިގެންފި

ކެރީބިއަން ކަނޑުން އިންޑިއާ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ބޯޓު އެމެރިކާ ސިފައިން ޓްރެކް ކޮށްފައިވާ ކަމަށް
10 ފެބްރުއަރީ 2026

ވެނެޒުއޭލާއާ ގުޅުން ހުރި އުޅަނދެއް އިންޑިއާ ކަނޑުން އެމެރިކާ ސިފައިން އަތުލައިގެންފި އެވެ.

އެމެރިކާ އިން ބުނީ މިއީ ދެކުނު އެމެރިކާގެ ގައުމަށް ދަތިކުރުމަށް އަޅާފައިވާާ ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. 

ޕެންޓަގަން އިން ބުނީ އެ ޓޭންކަރު އަތުލައިގެންފައި ވަނީ ވެނެޒުއޭލާގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައިގެން ކަމަށެވެ. ނަމަވެސް އެމެރިކާގެ އަމަލުތަކަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެއީ ވައްކަން ކަމަށާއި ބައިނަލްއަގުވާމީ ޕައިރަސީގެ އަމަލެއް ކަމަށެވެ.

"އަކިލާ 2އަކީ ކެރީބިއަން ކަނޑުގައި ޓަރްމަޕް މަނާކޮށް، ކަރަންޓީނު ކުރުމަށް ކަނޑައަޅުއްވާފައިވާ އަމުރާ ހިލާފު އުޅަނދެއް. އެ އޭގެ ފަހަތުން ގޮސް އަހަރުމުން އަތުލައިގެންފައި،" ޕެންޓަގަން އިން ބުންޏެވެ.

ކެރީބިއަން ކަނޑުން އިންޑިއާ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ބޯޓު އެމެރިކާ ސިފައިން ޓްރެކް ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް އެ ގައުމެއްގެ އިހްތިޔާރު އެއްވެސް ކަމެއް ތަންފީޒު ކުރުމުގެ ގާބިލްކަމެއް ނެތް،" ޕެންޓަގަން އިން މިހެން ބުނެފައި ވަނީ ހެލިކޮޕްޓަރެއްގައި އެމެރިކާ ސިފައިން އެ ބޯޓަށް އެރި މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރަމުންނެވެ.

"އެއްގަމާއި ވައިގެ މަގުން ނުވަތަ ކަނޑުމަގުން އަޅުގަނޑުމެންގެ އަސްކަރީ ފައުޖުތައް އިންސާފު ހޯދައިދޭނެ."

ވެނެޒުއޭލާގެ ތެޔޮ ކުންފުނި ޕީޑީވީއެސްއޭގެ ރެކޯޑްތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޕެނަމާގެ ދިދައިގެ ދަށުގައި ދަތުރު ކުރި 'އަކިލާ 2 ބޯޓު' ވެނެޒުއޭލާގެ ކަނޑުގެ ސަރަހައްދުން 700،000 ފީފާގެ ސާފު ނުކުރާ ތެލާ އެކު ދަތުރު ފެށީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

އެމެރިކާ އިން ވެނެޒުއޭލާގެ ރައީސް ރަހީނުކުރުމުގެ ކުރިން އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ތެޔޮ އުޅަނދުތައް އަތުލަން ފަށައިފަ އެވެ.

ވެނެޒުއޭލާގެ ތެލުގެ ކޮންޓްރޯލް ނެގުމަށް ޓްރަމްޕާއި އޭނާގެ އެހީތެރިން ވަނީ ފާޅުގައި ވާހަކަ ދައްކަވައިފަ އެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް މިދިޔަ މަހު ވަނީ އެ ގައުމުގެ ތެލުގެ ދާއިރާ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލުމަށް ގާނޫނެއްގައި ސޮއި ކުރައްވައިފަ އެވެ. އޭނާ ވަނީ އެމެރިކާއިން ވައްޓާލި ވެނެޒުއޭލާގެ ނިކޮލަސް މަޑޫރޯގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ނަމަވެސް އެމެރިކާ ސިފައިން ދަނީ އެ ގައުމުގެ ތެޔޮ ބޯޓުތައް އަތުލައިގަތުމުގެ މަސައްކަތް ތަކުރާރުކޮށް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް