އަލް އުދައިދަކީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު

ގަތަރު

ގަތަރުގައި ހުންނަ އަސްކަރީ މަރުކަޒުތަކުން އެމެރިކާ އާއި އިނގިރޭސިން މީހުން ބާލަން ފަށައިފި

ގަތަރު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން އެޅި ފިޔަވަޅުތަކަކީ ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން އެޅި ފިޔަވަޅުތަކެއް ކަމަށް
15 ޖެނުއަރީ 2026

އެމެރިކާ އިން އީރާނާ ދެކޮޅަށް ބާރުގެ ބޭނުން ކުރާނެތޯ ނުވަތަ ނޫންތޯ ވިސްނަމުންދާ ދަނޑިވަޅެއްގައި، ގަތަރުގައި ހުންނަ އަލް އުދީދު ވައިގެ ބޭސްގައި ތިބޭ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މީހުން މަދުކުރަން އިއްޔެ ފަށައިފި އެވެ.

ބީބީސީގެ އެމެރިކާގެ ޕާޓުނަރު، ސީބީއެސްއިން ބުނީ އެ ފިޔަވަޅަކީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ. ބީބީސީން ބުނީ އިނގިރޭސިވިލާތުގެ ބައެއް ސިފައިން ވެސް އަނބުރާ ގެންދަމުންދާ ކަމަށެވެ.

ގަތަރު ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން އެޅި ފިޔަވަޅުތަކަކީ ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން އެޅި ފިޔަވަޅުތަކެއް ކަމަށެވެ.

އީރާންގައި ހުންނަ އިނގިރޭސި އެމްބަސީ ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އަދި މިހާރު އެތަން ހިންގަނީ ރިމޯޓްކޮށް ކަމަށް އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ދޯހާގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ މުވައްޒަފުން މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އީރާނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

އީރާނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ހުރިހާ ފްލައިޓްތަކަށް އަންގާރަ ދުވަހުގެ ރެއިން ފެށިގެން ބަންދުކޮށްފަ އެވެ. ރޮއިޓާސް ނިއުސް އެޖެންސީން ބުނީ ފުރަތަމަ ބަންދު ކުރީ ދެ ގަޑިއިރަށް ކަމަށް ވިޔަސް، ފަހުން އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އެއާ ގުޅިގެން އެއާ އިންޑިއާ އާއި ޖަރުމަނުގެ ލުފްތަންސާ ފަދަ އެއާލައިންތަކުން ވަނީ އީރާނުގެ ވަށައިގެން ކުރަމުން ދިޔަ ދަތުރުތައް ބަދަލުކޮށްފަ އެވެ.

އެއާ އިންޑިއާ އިން ބުނީ އެ ސަރަހައްދުގެ ފްލައިޓްތައް ބަދަލުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ޑިލޭ ނުވަތަ ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ. ލުފްތަންސާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ފްލައިޓްތައް އިރާގު އާއި އިރާގުގެ ވައިގެ ސަރަހައްދާ ދުރުހެލިވާނެ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އީރާނުގައި ހިނގާ ހަމަނުޖެހުންތަކުގައި މިހާތަނަށް 2،400އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް