ގްރީންލޭންޑްގެ ނޫކްގައި އޮންނަ އާކްޓިކް ކަނޑުގައި ޔޫރަޕްގެ ނޭޓޯގެ އެތައް ސަތޭކަ ސިފައިންނާ އެކު ޑެންމާކުގެ އަސްކަރީ ފައުޖުތަކުން ބައިވެރިވަނީ. (ފޮޓޯ/އޭޕީ)

ގްރީން ފަންޑް

ގްރީންލޭންޑް ހިފުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާއިން ބުނެފި

ގްރީންލޭންޑް ކޮންޓްރޯލް ކުރުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވޭ؛ ޑެންމާކުގެ ކިބައިގާ ގްރީންލޭންޑް ދިފާއު ކުރުމުގެ ގާބިލްކަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވޭ
7 ޖެނުއަރީ 2026

ޔޫރަޕާއި ކެނެޑާގެ ލީޑަރުން ގްރީންލޭންޑަށް ތާއީދުކޮށް، އެ ރަށަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ސަރަހައްދެއް ކަމަށް ބުންޏަސް، ގްރީންލޭންޑް ހިފުމަށް އަސްކަރީ ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

ވައިޓް ހައުސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ގްރީންލޭންޑް ހޯދުމަކީ ގައުމީ ސަލާމަތަށް އިސްކަންދީގެން ކުރަން ޖެހޭ ކަމެކެވެ. އަދި އެއީ "އާކްޓިކް ސަރަހައްދުގައި އަހަރެމެންގެ ދުޝްމަނުން" ހުއްޓުވުމަށް ވެސް ބޭނުންތެރި ކަމެއް ކަމަށް އެ ތަނުން ބުންޏެވެ.

ގްރީންލޭންޑަކީ މިހާރު ޑެންމާކްގެ ބައެކެވެ.

"ހާރިޖީ ސިޔާސަތުގެ މި މުހިންމު ލަނޑުދަނޑި ހާސިލު ކުރުމަށް ރައީސް އާއި އޭނާގެ ޓީމުން އެކި ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ އިރު، އެމެރިކާގެ އަސްކަރިއްޔާ ބޭނުން ކުރުމަކީ އަބަދު ވެސް ކޮމާންޑަރު އިން ޗީފްއަށް އޮތް ފުރުސަތެއް،" އެ ބަޔާނުގައި ބުންޏެވެ.

ޑެންމާކުގެ ބާރުގެ ދަށުން ގްރީންލޭންޑް ނެގުމަށް އެމެރިކާއިން ކުރާ ކޮންމެ މަސައްކަތަކުން، ނޭޓޯގެ ބައިވެރިންނަށް ބޮޑު ޝޮކެއް ލިބި، ޓްރަމްޕާއި ޔޫރަޕްގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް އިތުރަށް ފުޅާވެގެންދާނެ އެވެ.

ނަމަވެސް އެމެރިކާގެ އިދިކޮޅު ޕާޓީތަކުން ޓްރަމްޕްގެ އެ ވިސްނުމަށް ހުރަސް އަޅާފައެއް ނުވެ އެވެ.

ގްރީންލޭންޑަށް ޓްރަމްޕް ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރު 2019 ވަނަ އަހަރު އެވެ. އަދި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރު ކުރުމަށް ފަހު އެ ހިޔާލާތު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. 

އެ އޮޕަރޭޝަނާ ގުޅިގެން ހިތްވަރު ލިބިވަޑައިގެން ޓްރަމްޕް ވިދާޅުވީ އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ބާރުވެރިކަަން ވަރުގަދަ ކުރުމާ ބެހޭ ގޮތުން ދެން ދުވަހަކު ވެސް ސުވާލު އުފައްދައިގެން ނުވާނެ ކަމަށެވެ. އަދި އެ ނޭވޭގައި އޭނާ ގެންދަވަނީ ކޮލަމްބިއާ އާއި ކިއުބާއަށް ވެސް ޕްރެޝަރު ކުރައްވަމުންނެވެެ.

ގްރީންލޭންޑް ކޮންޓްރޯލް ކުރުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދަކީ ރަޝިއާ އާއި ޗައިނާގެ ބޯޓުތަކުން ފުރިފައިވާ ސަރަހައްދެއް ކަމަށެވެ. އަދި ޑެންމާކުގެ ކިބައިގާ ގްރީންލޭންޑް ދިފާއު ކުރުމުގެ ގާބިލްކަން ނެތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ރަށަކީ ގްރީންލޭންޑެވެ. ނަމަވެސް އެ ރަށުގެ  އާބާދީއަކީ 57،000 މީހުންނެވެ. ގްރީންލޭންޑުން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ މީހުންގެ ހިމާޔަތަށް އެމެރިކާގެ ބައިވެރިވުން ބޭނުން ނުވާ ކަމަށެވެ.

ޔޫރަޕާއި އުތުރު އެމެރިކާއާ ދެމެދު އޮންނަ ސްޓްރެޓީޖިކް ލޮކޭޝަނަކީ އެމެރިކާގެ ބެލެސްޓިކް މިސައިލް ޑިފެންސް ސިސްޓަމަށް މުހިންމު ތަނެކެވެ. އަދި ޗައިނާގެ އެކްސްޕޯޓަށް ބަރޯސާވުން ކުޑަކުރުމަށް އެމެރިކާގެ އަމާޒަށް ވާސިލުވުމަށް ވެސް އެ ގައުމުގެ މިނަރަލް މުއްސަނދިކަން މުހިންމުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް