ސުލްހައިގެ މަޝްވަރާތައް ފެށުމާ އެކު ކެމްބޯޑިއާގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ސުލްހައަށް ގޮވާލި

ކެމްބޯޑިއާ

ތައިލެންޑް- ކެމްބޯޑިއާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފަށައިފި

ތައިލެންޑް- ކެމްބޯޑިއާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފަށައިފި
25 ޑިސެމްބަރު 2025

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު ސަރަހައްދުގައި 16 ދުވަސް ވަންދެން ހަނގުރާމަ ހިންގުމަށް ފަހު އަދި އެ ހަނގުރާމާގައި 86 މީހަކު މަރުވުމަށް ފަހު، ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ދެ ފަރާތުން މަޝްވަރާތައް ފަށާފައިވާ ކަމަށް އެ ދެ ގައުމުން އިއްޔެ ބުނެފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި މިވަނީ ދެކުނު އިރުމަތީ އޭޝިއާގެ ހާރިޖީ ވަޒީރުންގެ ހާއްސަ ބައްދަލުވުމެއް ކުއާލަލަމްޕޫރުގައި ބޭއްވިތާ ދެ ދުވަސް ފަހުންނެވެ.

ތައިލެންޑުގެ ދިފާއީ ވުޒާރާގެ ތަރުޖަމާން ރިއާ އެޑްމިރަލް ސުރަސަންތު ކޮންގްސިރީ ވިދާޅުވީ އިއްޔެ ފެއްޓި ޖެނެރަލް ބޯޑަރު ކޮމިޓީގެ ބައްދަލުވުން ތިން ދުވަހަށް ދެމިގެންދާނެ ކަމަށެވެ. އަދި އެއަށް ފަހު އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދަނީ އެ ދެ ގައުމުގެ ބޯޑަރު ޗެކްޕޮއިންޓް ސަރަހައްދުގަ އެވެ.

"ސެކްރެޓޭރިއެޓް ބައްދަލުވުން އޮމާންކަމާ އެކު ގޮސް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން ބައްދަލު ކުރާނެ،" ސުރަސަންތު ވިދާޅުވި އެވެ.

އެ ބައްދަލުވުމަކީ އެމެރިކާ އާއި މެލޭޝިޔާގެ އިސްނެގުމާ އެކުވި އެއްބަސްވުން ނާކާމިޔާބު ވުމަށް ފަހު، ޗައިނާ އާއި އެމެރިކާ އިސްނެގުމާ އެކު އެ ދެ ގައުމު އެއްގަލަކަށް އެރުވުމަށް ކުރިއަށް ގެންދާ ބައްދަލު ބައްދަލުވުންތަކެކެވެ.

ކެމްބޯޑިއާ އާއި ތައިލެންޑުން ވެސް ވަނީ މެލޭޝިއާގައި އޮކްޓޯބަރު މަހު ސޮއި ކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނާކާމިޔާބުވި މައްސަލަ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވައިފަ އެވެ. 

އިއްްޔެ މަޝްވަރާތައް ފެށި އިރު ވެސް، ކެމްބޯޑިއާ އާއި ތައިލެންޑާ ދެމެދު މި މަހުގެ ކުރީކޮޅުން ފެށިގެން ކުރަމުންދާ ހަނގުރާމަ ދިޔައީ ހިނގަމުންނެވެ. އެއީ ލާއޯސްގެ ޖަންގަލިތަކުން ފެށިގެން ގަލްފް އޮފް ތައިލެންޑްގެ އައްސޭރިފަށުގެ ޕްރޮވިންސްތަކާ ހަމައަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް