އަންހެން ކުއްޖަކު ބުރުގާ އަޅައިގެން

އޮސްޓްރިއާ

އޮސްޓްރިއާގައި 14 އަހަރުން ދަށުގެ ކުދިން ސްކޫލުތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އޮސްޓްރިއާގެ އިސްލާމިކް ކޮމިއުނިޓީ އައިޖީޖީއޯ އިން ބުނީ މިއީ އަސާސީ ހައްގުތައް ނިގުޅައިގަނެ، މުޖުތަމައު ބައިބައިކޮށްލާނެ ކަމެއް ކަމަށް
12 ޑިސެމްބަރު 2025

އޮސްޓްރިއާގައި 14 އަހަރުން ދަށުގެ ކުޑަ އަންހެން ކުދިން ސްކޫލުތަކުގައި ބުރުގާ އެޅުން މަނާ ކުރުމުގެ ގާނޫނެއް ފާސްކޮށްފި އެވެ.

ކޮންޒަވޭޓިވް ޕާޓީ އާއި އޯވީޕީ އާއި އެސްޕީއޯ އަދި ނިއޯސް ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ބުނާ ގޮތުގައި މި ގާނޫނަކީ "ޖިންސުގެ ހަމަހަމަ ކަށަވަރުކޮށްދޭ ގާނޫނު"އެކެވެ. ނަމަވެސް އެ ގާނޫނަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ އެކަމުގެ ސަބަބުން މުސްލިމުންނާ ދެކޮޅު ރޫހު އިތުރުވެ، ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ވެދާނެ ކަމަށެވެ.

އެ ގާނޫނު ސަރުކާރު އަދި އަމިއްލަ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ހިނގާނެ އެވެ.

މީގެ ފަސް އަހަރު ކުރިން، 2020 ވަނަ އަހަރު ދުސްތޫރީ ކޯޓުން ވަނީ 10 އަހަރުން ދަށުގެ އަންހެން ކުދިން ބުރުގާ އެޅުން މަނާ ކުރަން ނިންމި ނިންމުން ބާތިލުކޮށްފަ އެވެ. އެ ފަހަރު އެކަން ހުއްޓުވީ މުސްލިމުންނަށް އަމާޒުކުރުމުންނެވެ.

އާ ގާނޫނުގައި ބުނާ ގޮތުން 14 އަހަރުން ދަށުގެ އަންހެން ކުދިން ހިޖާބާއި ބުރުގާ ފަދަ މުސްލިމުން ނިވާކުރާ އިސްތަށިގަނޑު ފޮރުވުން މަނާވާނެ އެވެ.

ދަރިވަރަކު އެ އަމުރާ ހިލާފުވެއްޖެ ނަމަ، ސްކޫލުގެ އޮފިޝަލުންނާއި އެ ކުދިންގެ ގާނޫނީ ބެލެނިވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ޖެހެ އެވެ. އަދި ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ނަމަ ދަރިވަރުން އަދި ޒުވާނުންގެ ވެލްފެއާ އޮފީހަށް އެކަން އަންގަން ޖެހެ އެވެ.

އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން އާއިލާ ނުވަތަ ބެލެނިވެރިން 800 ޔޫރޯ އާ ހަމައަށް ޖޫރިމަނާ ކުރުން ހިމެނެ އެވެ.

ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ ޒުވާން އަންހެން ކުދިން ބާރުވެރިކުރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި އެއީ އަނިޔާއިން އެ ކުދިން ސަލާމަތް ކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

އެ މަނާގެ ކުރުމުގެ އަސަރު 12،000 އަށް ވުރެ ގިނަ ކުދިންނަށް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލީޑަރު ވިދާޅުވި އެވެ.

އިދިކޮޅުން ވެސް ވަނީ އެ ނިންމުމަށް ތާއީދުކޮށް ވޯޓުދީފަ އެވެ. އަދި އެކަން އިތުރަށް ހަރުކަށި ކުރަން ޖެހޭ ކަމަށް އެ ފަރާތްތަކުން ދެކެ އެވެ. 

އޮސްޓްރިއާގެ އިސްލާމިކް ކޮމިއުނިޓީ އައިޖީޖީއޯ އިން ބުނީ މިއީ އަސާސީ ހައްގުތައް ނިގުޅައިގަނެ، މުޖުތަމައު ބައިބައިކޮށްލާނެ ކަމެއް ކަމަށެވެ.

އައިޖީޖީއޯ އިން ބުނީ ގާނޫނުގެ ދުސްތޫރީ ސައްހަކަން މުރާޖައާ ކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް