ސީރިއާ: މާޗް 10، 2025: ސީރިއާގެ ދިމިޝްގުގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ސީރިއާގެ އިންތިގާލީ ރައީސް އަހުމަދު އަލް ޝަރާ ވާހަކަ ދައްކަވަނީ. ފޮޓޯ/ ރޮއިޓާސް

ސީރިއާ

ސީރިޔާގެ ރައީސް މި މަހު ޓްރަމްޕާ ބައްދަލުކުރައްވަނީ

ބައްޝާރުލް އަސަދުގެ ވެރިކަމަށް ފަހު ސީރިޔާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝާރާ ވަނީ ބައިނަލްއަގުވާމީ ބާރުތަކާ އެކު ސީރިއާގެ ގުޅުން އަލުން އާރާސްތުކުރުމަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވައިފައި
3 ނޮވެމްބަރު 2025

އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާ މި މަހުގެ ކުރީކޮޅު ވައިޓް ހައުސްއަށް ވަޑައިގަންނަވާނެ ކަމަށް ސީރިއާގެ ހާރިޖީ ވަޒީރު އަސަދު އަލް ޝައިބާނީ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސްޕެޝަލް އެންވޯއި ޓޮމް ބަރަކް ކުރީ ދުވަހު ވިދާޅުވީ ޝަރާ ވޮޝިންޓަނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ފަހުން ވިދާޅުވީ އެ ދަތުރުފުޅު ކުރައްވާނީ މި މަހުގެ 10ހާ ހިސާބުގައި ކަމަށެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެމެރިކާ އާއި ސީރިއާއާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުމާ ގުޅޭ ގޮތުން ގިނަ މައުލޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ. އަޅުގަނޑުމެންގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައި ވަރަށް ވަރުގަދަ ގުޅުމެއް ގާއިމްކުރުން،" ޝައިބާނީ ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނާ ގޮތުގައި ސީރިއާގެ އެއްވެސް ރައީސަކު މިހާތަނަށް ރަސްމީކޮށް ވޮޝިންޓަނަށް ވަޑައިގެންފައެއް ނުވެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ނިއު ޔޯކްގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގައި ޝަރާ ވަނީ ތަގުރީރުކުރައްވައިފަ އެވެ. 

ބައްޝާރުލް އަސަދުގެ ވެރިކަމަށް ފަހު ސީރިޔާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝާރާ ވަނީ ބައިނަލްއަގުވާމީ ބާރުތަކާ އެކު ސީރިއާގެ ގުޅުން އަލުން އާރާސްތުކުރުމަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް