ތުރުކީގެ އިސްތަންބޫލްގައި މިދިޔަ މަހު ބޭއްވި އެއްވުމެއްގައި އެ ގައުމުގެ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ލީޑަރު އޮޒްގުރް އޮޒެލް ސަޕޯޓަރުންނަށް މަރުހަބާ ކިޔަނީ.

ތުރުކީ

ތުރުކީގެ އިދިކޮޅު ލީޑަރުގެ މަގާމު ގެއްލުވާލަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އޮޒެލް، 51،އަކީ އިސްތަންބޫލްގެ މޭޔަރު އެކްރަމް އިމަމޮގްލޫ ހައްޔަރު ކުރި ފަހުން ވަރަށް ބޮޑަށް މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅެއް
25 އޮކްޓޯބަރު 2025

ތުރުކީގެ އިދިކޮޅު ޕާޓީން 2023 ވަނަ އަހަރު ބޭއްވި ކޮންގްރެސް ބާތިލުކޮށް އިދިކޮޅު ލީޑަރު ބަލައިނުގަތުމަށް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

މިއީ ރައީސް ތައްޔިބު އުރުދުގާންގެ ވާދަވެރިންނަށް ވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ކުރިމަތިކުރުވި ޕްރެޝަރުތަކަށް ލިބުނު ކޮންމެވެސް ވަރެއްގެ ލުޔެކެވެ.

ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އާއި އެ ޕާޓީގެ ލީޑަރު އޮޒްގަރް އޮޒެލްއާ ދެކޮޅަށް ވެރި ރަށް އަންކާރާގައި ކުރިއަށް ގެންދިޔަ ޝަރީއަތަކީ ޑިމޮކްރަސީ އާއި ހުދުމުހުތާރު ވެރިކަމާ ދެމެދު އޮތް ނާޒުކު ބެލެންސްގެ މިންވަރު ދައްކުވައިދޭ ޝަރީއަތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރި އެވެ.

އެ ކޯޓުން ނިންމާފައި ވަނީ 2023 ވަނަ އަހަރުގެ ސީއެޗްޕީ ކޮންގްރެސްގައި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެ ކޯޓުން ބުނީ މިދިޔަ މަހު ބޭއްވި އާދަޔާ ހިލާފު ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރަކަށް އޮޒެލް އަލުން އިންތިހާބު ކުރި ކަމަށެވެ.

އެ ހުކުމުގެ ސަބަބުން ތުރުކީގެ އެސެޓްތައް އިތުރުވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އުރުދުގާންގެ ސިޔާސީ ވާދަވެރިޔާއަށް ވަނީ ފައިދާ ލިބިފަ އެވެ.

އެ ނިންމުމާ އެކު ބޯރްސާ އިސްތަންބޫލްގެ މައި އިންޑެކްސް ވަނީ %4އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

އޮޒެލް، 51،އަކީ އިސްތަންބޫލްގެ މޭޔަރު އެކްރަމް އިމަމޮގްލޫ ހައްޔަރު ކުރި ފަހުން ވަރަށް ބޮޑަށް މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ.

މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރުގެ ކޮންގްރެސްގައި އެންމެ ފުރަތަމަ އިންތިހާބުވި އޮޒެލް މަގާމުން ދުރުކުރަން ކޯޓުން ނިންމި ނަމަ، އޭގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހަމަނުޖެހުންތައް އިތުރުވެ، ނޭޓޯގެ މައި މެމްބަރު ގައުމެއްގެ މައްޗަށް އުރުދުގާން 22 އަހަރު ވެރިކަން ކުރެއްވުމުގެ ފުރުސަތު ބޮޑުވީހެވެ.

ތުރުކީގައި ދެން ރިޔާސީ އިންތިހާބެއް އޮންނާނީ 2028 ވަނަ އަހަރުގަ އެވެ. އެ އިންތިހާބުގައި އުރުދުގާން އަލުން ވާދަކުރައްވަން ބޭނުންފުޅު ނަމަ، އެ އިންތިހާބު އަވަސް ކުރަން ޖެހޭނެ އެވެ. އެހެނީ ޓާމް ލިމިޓް ހަމަވާނެތީ އެވެ.

އޭގެ އިތުރުން ސީއެޗްޕީގެ އެތައް ސަތޭކަ މެމްބަރުންނާއި އިންތިހާބީ އޮފިޝަލުންގެ މައްޗަށް ކޮރަޕްޝަނާ ގުޅޭ ތަފާތު ތުހުމަތުތައް ވަނީ ކުރިމަތިވެފަ އެވެ.

ނަމަވެސް އުރުދުގާންގެ ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. އަދި ބުނަނީ ކޯޓުތަކަކީ މިނިވަން ތަންތަން ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް