އަފްގާނިސްތާނުގައި މީހަކު އިންޓަނެޓު ބޭންނުންކޮށްގެން ފޯނުން އެއްޗެއްް ބަލަނީ.

ތާލިބާން

ތޯލިބާން ސަރުކާރުން އަފްގާނިސްތާނުގައި އިންޓަނެޓް ކަނޑާލައިފި

ތޯލިބާނުން 2021 ވަނަ އަހަރު އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން އެ މީހުން އަންނަނީ އެ މީހުން ގަބޫލު ކުރާ އިސްލާމީ ޝަރީއާގެ ގާނޫނުގެ މައްޗަށް ބިނާކޮށް ގިނަ ހުރަސްތަކެއް އަޅަމުން
30 ސެޕްޓެމްބަރު 2025

ފައިބާ އޮޕްޓިކް އިންޓަނެޓް ކަނެކްޝަން ކަނޑާލަން ފެށިތާ ހަފުތާތަކެއް ފަހުން އަފްގާނިސްތާނުގައި ހިންގާ ތާލިބާނުންގެ ސަރުކާރުން މުޅި ގައުމުގައި ޓެލެކޮމިއުނިކޭޝަން މިއަދު ބްލެކްއައުޓްކޮށްފި އެވެ.

އިންޓަނެޓް މޮނިޓާ ކުރާ ގްރޫޕް، ނެޓްބްލޮކްސް އިން ބުނާ ގޮތުގައި، އެ ގައުމުގައި މިހާރު ވަނީ އިންޓަނެޓް މުޅިން ބަންދުކޮށްފަ އެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، ވެރިރަށް ކާބުލްގައި ހުންނަ އެ މީހުންގެ އޮފީސްތަކާ ވަނީ މުއާސަލާތީ ގުޅުން ކެނޑިފަ އެވެ. އަދި އަފްގާނިސްތާނުގެ އެކި ހިސާބުތަކުގައި މޮބައިލް އިންޓަނެޓާއި ސެޓެލައިޓް ޓީވީއަށް ވެސް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.

އިންޓަނެޓް ބަންދު ކުރި ސަބަބު އަދި ތާލިބާނުން ސަރުކާރުން އާންމެއްް ނުކުރެ އެވެ. ތޯލިބާނުން 2021 ވަނަ އަހަރު އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން އެ މީހުން އަންނަނީ އެ މީހުން ގަބޫލު ކުރާ އިސްލާމީ ޝަރީއާގެ ގާނޫނުގެ މައްޗަށް ބިނާކޮށް ގިނަ ހުރަސްތަކެއް އަޅަމުންނެވެ.

ތާލިބާނުންގެ އޮފިޝަލަކު ވިދާޅުވީ ޓެލެކޮމިއުނިކޭޝަންސް ބަންދު ކުރަން ނިންމާފައި ވަނީ ވަކި ގޮތެއް އަންގަންދެން ކަމަށެވެ.

އަފްގާނިސްތާނުގެ މިނިވަން ނިއުސް ޗެނަލެއް ކަމަށްވާ ޓޯލޯ ނިއުސް އިން ވަނީ އެ ނޫހުގެ ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓްކުރުމަށް ހުރަސް އަޅާނެ ކަމަށް ލަފާކޮށް، އެ ނޫހުގެ ސޯޝަލް މީޑިއާ ޕޭޖްތައް ފޮލޯ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކާބުލް އެއާޕޯޓުން ދަތުރުކުރާ ފްލައިޓްތަކަށް ވެސް އަސަރުކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް