ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާގެ ދަރިކަނބަލުން ޕެޓޮންގްޓާން ޝިނަވަތުރާ [ސައްޗައި ލަލިތު/އޭޕީ ފޮޓޯ]
ތައިލެންޑް ކޯޓުން ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ މަގާމުން ވަކިކޮށްފި
ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އަހުލާގީ މައްސަލައެއްގައި، އެ ގައުމުގެ ދުސްތޫރީ ކޯޓުން އެ ކަމަނާ ވަކިކޮށްފި އެވެ. އެއާ އެކު ޝިނަވަތުރާގެ ސިޔާސީ މުސްތަގުބަލަށް ހިޔަނިއެޅި، އަނެއްކާ ވެސް ބޮޑު ހަމަނުޖެހުން ގަނޑަކަށް ގައުމުދާނެ އެވެ.
ޕެޓޮންގްޓާން އަކީ ތައިލޭންޑްގެ ހަ ވަނަ ޕްރައިމިނިސްޓަރެވެ. އަދި އެންމެ ޒުވާން ޕްރައިމިނިސްޓަރެވެ.
ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޖޫން މަހު ލީކުވި ފޯނު ކޯލެއްގައި ޕެޓޮންގްޓާން އަހްލާގީ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށެވެ. އެކަމަނާ ކެމްބޯޑިއާގެ ކުރީގެ ލީޑަރު ހޫން ސެންއަށް ވަރަށް ބޮޑަށް ބޯގުދު ކުރެއްވީ، ކޯޓުން ބުނި ގޮތުގައި، ދެ ގައުމުގެ ބޯޑަރުގައި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ. އޭގެ ހަފުތާތަކެއް ފަހުން ކުރިމަތިލުންތަކެއް ފެށި، ފަސް ދުވަސް ވަންދެން ހަނގުރާމައެއް ކުރި އެވެ.
ކޯޓުގެ އެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން އާ ބޮޑުވަޒީރަކު ހޮވުމަށް މަގުފަހިވެ، އެ މަރުހަލާެއަށް ގިނަ ދުވަސްތަކެއްް ނަގާނެ އެވެ. އަދި ޕެޓޮންގްޓާން އިސްވެ ހުންނަވާ ވެރިކަން ކުރާ ފީއު ތައި ޕާޓީގެ ބާރު ގެއްލި، އަގުލަބިއްޔަތު ދެމެހެއްޓުމަށް ތަދިވާނެ އެވެ.
ޕެޓޮންގްޓާން މަގާމުން ވަކިކުރަން ހަ ފަނޑިޔާރަކު ވޯޓު ދެއްވި އެވެ. ދެކޮޅަށް ދެއްވީ ތިން ފަނޑިޔާރެކެވެ.
ކޯޓު ހުކުމުގައި ބުނެފައިވަނީ ޕެޓޮންގްޓާން އަކީ ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތަށް އިސްކަން ދެއްވާ ބޭފުޅެއްް ކަމަށާއި ގައުމުގެ އަގު ވައްޓާލާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް އާންމުން ކުރާ އިތުބާރު ދަށަށް ގޮސްފައިވާ ކަމަށެވެ.