ކުރީގެ ޓްރެޝަރީ މިނިސްޓަރު ޓިއުލިޕް ސިއްދީގު

ބަންގްލަދޭޝް

އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ މެމްބަރު ޓިއުލިޕް ސިއްދީގުގެ ޝަރީއަތް ބަންގްލަދޭޝްގައި ފަށައިފި

ޓިއުލިޕްގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި އޭނާގެ ބޮޑުދައިތަ ޝެއިހް ހަސީނާގެ ވެރިކަމުގައި، ވެރި ރަށް ޑާކާ އިން ބިމެއް އޭނާގެ އާއިލާއަށް ހޯދައިދިން ކަމުގެ ތުހުމަތު
14 އޯގަސްޓު 2025

އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ މެމްބަރު ޓިއުލިޕް ސިއްދީގުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ޝަރީއަތް ބަންގްލަދޭޝްގައި ރަސްމީކޮށް އިއްޔެ ފަށައިފި އެވެ.

އެ އަޑުއެހުމަށް އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު ވަޑައެއް ނުގަންނަވަ އެވެ. ބަނގުލާދޭޝްގެ އެންޓި ކޮރަޕްޝަން އެޖެންސީގެ އިންވެސްޓިގޭޓަރުން ޓިއުލިޕް އާއި އިތުރު 20 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ކޮއްކޮ އާއި މަންމަ އާއި ބޮޑުދައިތަ އާއި އަދި ބޭބެ ހިމެނެ އެވެ.

ޓިއުލިޕްގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި އޭނާގެ ބޮޑުދައިތަ ޝެއިހް ހަސީނާގެ ވެރިކަމުގައި، ވެރި ރަށް ޑާކާ އިން ބިމެއް އޭނާގެ އާއިލާއަށް ހޯދައިދިން ކަމުގެ ތުހުމަތެވެ. 

އެ ތުހުމަތުތައް ދޮގުކުރައްވައި ހެމްޕްސްޓެޑް އަދި ހައިގޭޓްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ވިދާޅުވީ އެ ދައުވާއަކީ "އުފެއްދި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އަދި ފާޅުކަން ބޮޑު ސިޔާސީ ބަދަލުހިފުމުގެ މަގްސަދުގައި ހިންގާ ހަނޑިމުޑުދާރު" އަމަލެއް ކަމަށެވެ.

ހަސީނާ ބަންގްލަދޭޝް ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ސަރުކާރު ސިފައިން ހިންގި ހަމަނުޖެހުންތަކުގައި ވެރިކަމުން ދުރުކުރުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް