19 ޖުލައި 2025 - ކޯލްޑްޕްލޭ ޝޯއެއްގައި އެމެރިކާގެ ޓެކް ކުންފުންޏެއްގެ ސީއީއޯ އެންޑީ ބައިރޮން އާއި އެ ކުންފުނީގެ ހިއުމަން ރިސޯސްގެ އިސް ވެރިއެއްކަމަށްވާ ކްރިސްޓިން ކެބޮޓް ބައްދާލައިގެން، ޝޯގެ ތެރޭގައި މި މަންޒަރު ދައްކަން ފެށުމުން ދެ މީހުން މޫނު ވެސް ފޮރުވި. ދެ މީހުން ވެސް އުޅެނީ ޒަވާޖީ ހަޔާތެއްގައި.

އެމެރިކާ

ކޯލްޑްޕްލޭ ކޮންސެޓުން މަޝްހޫރުވި އަންހެން މުވައްޒަފު ވެސް އިސްތިއުފާދީފި

ސީއީއޯ އެންޑީ ބައިރޮންގެ މައްޗަށް ތަހުގީގު ހިންގާނެ ކަމަށް އެ ކުންފުނިން ބުނުމާ ގުޅިގެން މިދިޔަ ހަފުތާގައި އޭނާ ވަނީ އެ ކުންފުނިން ވަކިވެފައި
25 ޖުލައި 2025

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުންޏެއްގެ ސީއީއޯއާ އެކު، ބައްދާލައިގެން ތިއްބާ ބޮޑު ސްކްރީނުން ފެނުނު އެ ކުންފުނީގެ ޗީފް ޕީޕަލް އޮފިސަރަކު ވެސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އެ ދެ މީހުން ބައްދާލައިގެން ތިއްބާ ކެމެރާގެ ލެންސަށް އެރީ ކޯލްޑްޕްލޭ ކޮންސެޓް ބަލަން ތިއްބަ އެވެ.

ކްރިސްޓިން ކެބޮޓް އަކީ މިހާރު އެސްޓްރޮނޯމާގައި ވަޒީފާ އަދާކުރާ މީހެއް ނޫން ކަމަށް އެ ކުންފުނިން ބީބީސީއަށް ބުންޏެވެ.

ކެބޮޓް އިސްތިއުފާދީފައި މިވަނީ އެ ކުންފުނީގެ ސީއީއޯ އެންޑީ ބައިރޮންގެ މައްޗަށް ތަހުގީގު ހިންގާނެ ކަމަށް އެ ކުންފުނިން ބުނުމާ ގުޅިގެން މިދިޔަ ހަފުތާގައި އޭނާ އެ ކުންފުނިން ވަކިވެފައިވަނިކޮށެވެ.

އެ ވީޑިއޯ ކްލިޕުން ފެންނަނީ ފިރިހެނަކާއި އަންހެނަކު ކުއްލިއަކަށް ތިރިވެ، އަމިއްލައަށް ކެމެރާއަށް ފިލާތަނެވެ. އެމެރިކާގެ މީޑިއާތަކުން ބުނީ އެ ދެ މީހުންނަނީ އެ ކުންފުނީގެ ސީނިއާ ދެ މީހުން ކަމަށެވެ.

ކެމެރާއަށް އެެ ދެ މީހުން ފިލަން މަސައްކަތް ކުރާތަން ފެނުމުން ކޯލްޑްޕްލޭގެ ލީޑް ވޯކަލިސްޓް ކްރިސް މާޓިން ބެލުންތެރިންނާ ވާހަކަ ދައްކަމުން ބުނީ "އެ ދެ މީހުން ނަކީ ސިއްރު ގުޅުމެއްގައި އުޅޭ ބައެއް، ނޫނީ ވަރަށް ލަދުވެތި ދެ މީހުން" ކަމަށެވެ.

އެ މީހުންގެ ނަފުސު ސިއްރުކުރަން އުޅުމުގެ ކުރިން އެ ދެ މީހުން ކޮންސެޓުގައި މިއުޒިކަށް ނަށާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަށް ސޯޝަލް މީޑިއާގައި އެތައް މިލިއަން ވިއުސްއެއް ލިބުނެވެ. އަދި އޭގެ ފަހުން އެކި ޕްލެޓްފޯމްތަކުގައި ދައުރުކޮށް، މީމްތަކަށް ބަދަލުކޮށް، ޓީވީ ޝޯތަކުގައި ފުރައްސާރަ ކުރި އެވެ.

 އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެ، އެ ކުންފުނިން ބަޔާނެއް ނެރެ، ކުންފުނީގެ ސީއީއޯ ޗުއްޓީއަށް ފޮނުވާލި ކަމަށް ބުންޏެވެ.

ޖެހިގެން އައި ދުވަހު އެ ކުންފުނިން ވަނީ ބައިރަން އިސްތިއުފާ ދިންކަން އިއުލާނުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް