ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ހަލާކުވެފައިވާ މިސްކިތެއްގެ ކައިރީގައި ފަލަސްތީނު ރައްޔިތުން ހުކުރު ދުވަހު އީދު ނަމާދު ކުރަނީ، 6 ޖޫން 2025. (ފޮޓޯ ފަލަސްތީން ނޫސް އޭޖެންސީ)

ފަލަސްތީން

ފަލަސްތީނުގެ ބިންތަކުގައި 'ޖެނޮސައިޑްގެ އިގްތިސާދެއް' ހިންގުމުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ބައިވެރިވާކަމަށް އދ.ގެ ރިޕޯޓަކުން ފާހަގަކޮށްފި

އިޒްރޭލުން ގާޒާގައި ހިންގާ ހަނގުރާމައަށް ހަތިޔާރާއި ޓެކްނޮލޮޖީ ފޯރުކޮށްދީ، ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ގާނޫނީ ޒިންމާ ނަގަންޖެހޭކަމަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ރިޕޯޓެއްގައި ބުނެފި
9 ޖުލައި 2025

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ނެރުނު ރިޕޯޓެއްގައި، ފަލަސްތީނުގެ ބިންތަކުގައި 'ޖެނޮސައިޑްގެ އިގްތިސާދެއް' ހިންގުމުގައި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ބައިވެރިވުން ހާމަކޮށްފި އެވެ. "އޮކިއުޕޭޝަން އިގްތިސާދުން ޖެނޮސައިޑްގެ އިގްތިސާދަށް" މި ނަމުގައި ނެރުނު ރިޕޯޓުގައި، އެކި ދާއިރާތަކުގެ ބައިނަލްއަޤްވާމީ ކުންފުނިތަކުން އިޒްރޭލްގެ އޮކިއުޕޭޝަނަށާއި ގާޒާގައި ހިންގާ ހަނގުރާމައަށް އެހީތެރިވެ، އެކަމުން ފައިދާ ނަގާކަމަށް ބުނެފި އެވެ.

1967 އިން ފެށިގެން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާބެހޭ ސްޕެޝަލް ރެޕޮޓާ ފްރަންޗެސްކާ އަކލްބަނީޒީ ތައްޔާރުކުރި މި ރިޕޯޓުގައި ބުނެފައިވަނީ "ވަރަށް ގިނަ ކުންފުނިތަކަކުން އިޒްރޭލްގެ ޣައިރު ގާނޫނީ އޮކިއުޕޭޝަން، އެޕާތައިޑް އަދި މިހާރު ޖެނޮސައިޑްގެ އިގްތިސަދުން ފައިދާ ނަގަމުންދާ" ކަމަށެވެ.

ފްރަންޗެސްކާ އަލްބަނީޒް: އިޒްރޭލަކީ މި ޒަމާނުގެ ތާރީޚުގައި އެންމެ އަނިޔާވެރި ޖެނޮސައިޑްތަކުގެ ތެރެއިން އެއް ޖެނޮސައިޑަށް ޒިންމާވާންޖެހޭ ފަރާތް


ތަރައްގީގެ މަޝްރޫއުތަކުގެ ނަމުގައި ފަލަސްތީނުން ބިންތައް އަތުލުން

ފަންސާސް ނުވަ ސަފްހާގެ މި ރިޕޯޓުގައި ހަތިޔާރު އުފައްދާ ކުންފުނިތަކާއި، ޓެކްނޮލޮޖީ ކުންފުނިތަކާއި، އިމާރާތްކުރާ ކުންފުނިތަކާއި، މާލީ އިދާރާތަކާއި، ޔުނިވާސިޓީތަކާއި ޚައިރާތީ ޖަމިއްޔާތަކުން އިޒްރޭލްގެ "ކޮލޮނައިޒްކުރުމުގެ މަޝްރޫއު" ގައި ބައިވެރިވާ ގޮތް ބަޔާންކޮށްފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވަނީ، އޮކިއުޕޭޝަންގައި ވިޔަފާރިތަކުގެ ބައިވެރިވުން އިޒްރޭލުން ފަލަސްތީނުގެ ބިން އަތުލުމުގެ ޕްރޮގްރާމްގައި ސީދާ ބައިވެރިވުމަށް ބަދަލުވެފައިވާ ކަމަށެވެ. ޚާއްސަކޮށް އޮކްޓޯބަރު 2023 ގައި ގާޒާގައި އިޒްރޭލްގެ ހަނގުރާމަ ފެށުމަށްފަހު މިކަން ފާހަގަކުރެވޭ ކަމަށެވެ.

"ކުންފުނިތަކަކީ ހަމައެކަނި ބަލަން ތިބޭ ބައެއް ނޫނެވެ. އެއީ ނަސްލީ ސާފުކުރުމުގެ މެޝިނަރީއަށް އެހީތެރިވެ، އޭގެން ފައިދާ ނަގާ ފަރާތްތަކެވެ،" ރިޕޯޓުގައި ބުނެފައިވެއެވެ.

އިޒްރޭލް-ފަލަސްތީން ހަނގުރާމަ: މުހިންމު ތަފާސްހިސާބުތައް

ހަނގުރާމައިގެ ސިނާއަތު

ރިޕޯޓުގައި އިޒްރޭލްގެ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ތެރޭގައި އެލްބިޓް ސިސްޓަމްސްއާއި އިޒްރޭލް އެއަރޯސްޕޭސް އިންޑަސްޓްރީޒް (އައިއޭއައި) ފަދަ ކުންފުނިތައް މައިގަނޑު ދައުރެއް އަދާކުރާކަމަށް ބުނެފައިވެ އެވެ. ދުނިޔޭގެ އެންމެ ބޮޑެތި ހަތިޔާރު އުފައްދާ 50 ކުންފުނީގެ ތެރޭގައި ހިމެނޭ މި ކުންފުނިތަކުން ގާޒާގައި ވައިގެ މަގުން ބޮންއެޅުން ހިންގުމަށް ބޭނުންކުރާ ހަތިޔާރު ފޯރުކޮށްދީފައިވާކަމަށް ބުނެފައިވެ އެވެ. މިހާތަނަށް ފަލަސްތީނުގެ 179,000 ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާކަމަށް ރިޕޯޓުން ލަފާކުރެ އެވެ.

އިޒްރޭލްގެ ސިފައިން އެމެރިކާއިން އުފައްދާ އެފް-35 އަދި އެފް-16 ހަނގުރާމަމަތީ ޖެޓްތައް ބޭނުންކުރުމަކީ ބައިނަލްއަގްވާމީ ގުޅުންތަކުގެ މިސާލެއްކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މި ޖެޓްތައް ލޮކްހީޑް މާޓިން އަދި ދުނިޔޭގެ ޑިފެންސް ކޮންޓްރެކްޓަރުންގެ ނެޓްވާކާ ގުޅިގެން ފޯރުކޮށްދީފައިވާކަމަށް ބުނެފައިވެ އެވެ. މީގެއިތުރުން، ގާޒާގައި "ބެޓްލް-ޓެސްޓެޑް" ކުރެވިފައިވާ ހަނގުރާމައިގެ ޑްރޯން ޓެކްނޮލޮޖީ އެކްސްޕޯޓްކުރުން ފާހަގަކޮށްފައިވެ އެވެ.

ޓެކްނޮލޮޖީ މެދުވެރިކޮށް ނިގުޅައިގަންނަ މިނިވަންކަން

ރިޕޯޓުގައި ޓެކްނޮލޮޖީ ކުންފުނިތަކަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ. ޕެގަސަސް ސްޕައިވެއާ އުފައްދާ އިޒްރޭލްގެ އެންއެސްއޯ ގްރޫޕް ފަދަ ކުންފުނިތަކުން ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތައް ޓާގެޓްކުރާކަމަށް ތުހުމަތުކޮށްފައިވެ އެވެ. އައިބީއެމް، މައިކްރޯސޮފްޓް، ގޫގުލް އަދި އެމޭޒަން ފަދަ ބައިނަލްއަގްވާމީ ކުންފުނިތަކުން އިޒްރޭލްގެ ސަވެއިލަންސް އަދި ޑޭޓާ ސިސްޓަމްތަކަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭކަމަށް ބުނެފައިވެ އެވެ.

ގޫގުލް އަދި އެމޭޒަނަށް ދެވިފައިވާ 1.2 ބިލިއަން ޑޮލަރުގެ ކްލައުޑް ސާވިސަސް ކޮންޓްރެކްޓް ކަމަށްވާ ޕްރޮޖެކްޓް ނިމްބަސް އަކީ އިޒްރޭލްގެ މިލިޓަރީ އަދި އިދާރީ އޮޕަރޭޝަންތަކަށް އެހީތެރިވާ މުހިންމު ވަސީލަތެއްކަމަށް ފާހަގަކޮށްފައިވެ އެވެ. ހަނގުރާމައިގެ ކުށްތަކާމެދު ބައިނަލްއަގްވާމީ ކަންބޮޑުވުންތައް އިތުރުވަމުންދިޔަ ނަމަވެސް މި ޚިދުމަތްތައް މެދުނުކެނޑި ދެމުންގެންދާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިޒްރޭލް-ފަލަސްތީން ހަނގުރާމަ: މުހިންމު ތަފާސްހިސާބުތައް

މާލީ އަދި އެކަޑެމިކް ދާއިރާތަކުގެ އެހީތެރިކަން

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ބޭންކުތަކާއި، އެސެޓް މެނޭޖަރުންނާއި، ޕެންޝަން ފަންޑުތަކާއި، އިންޝުއަރެންސް ކުންފުނިތަކުން އިޒްރޭލްގެ އޮކިއުޕޭޝަނާ ގުޅުންހުރި ކުންފުނިތަކަށް ބިލިއަނުން ފައިސާ ފޯރުކޮށްދީފައިވާ ކަމަށެވެ. ޔުނިވާސިޓީތަކުން މިލިޓަރީ އަދި ޓެކްނޮލޮޖީ ސިނާއަތްތަކާއެކު މަސައްކަތްކޮށް، ހަތިޔާރު ސިސްޓަމްތައް ތަރައްގީކުރުމާއި އެކަޑެމިކް ކަވަރެއްގެ ދަށުން އެޕާތައިޑް ސިޔާސަތުތަކަށް ޝަރުއީ ހައިސިއްޔަތު ދިނުމަށް އެހީތެރިވެފައިވާ ކަމަށެވެ.

ޒިންމާދާރުކުރުވުމުގެ ގޮވާލުން

ނިއުރެމްބަގް ޓްރަޔަލްތަކުންނާއި ދެކުނު އެފްރިކާގެ ޓްރޫތް އެންޑް ރެކޮންސިލިއޭޝަން ކޮމިޝަންއަށް ހަވާލާދީ، ސްޕެޝަލް ރެޕޮޓާ ވިދާޅުވެފައި ވަނީ ކުންފުނިތައް އެމީހުންގެ ބައިވެރިވުމަށް ގާނޫނީގޮތުން ޒިންމާދާރުކުރުވަންޖެހޭ ކަމަށެވެ. ބައިނަލްއަގްވާމީ ޤާނޫނުން "އަމިއްލަ ފަރާތްތަކަށް ވަކި ޒިންމާތަކާއި ޒިންމާދާރީތައް އުފުލާކަމަށް" ބުނެފައިވާ ކަމަށާއި، ޖެނޮސައިޑް އަދި އެޕާތައިޑްގެ ހާލަތްތަކުގައި ޖިނާއީ ޒިންމާއެއް އޮންނަކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

  • ގާޒާގެ މެދުތެރޭގެ ދެއިރް އަލްބާލާހުގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއަކުން ލިބުނު ގެއްލުންތައް ރައްޔިތުން ބަލަނީ، 15 މޭ 2025 (ފޮޓޯ: ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާގެ މެދުތެރޭގެ ދެއިރް އަލްބާލާހުގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއަކުން ލިބުނު ގެއްލުންތައް ރައްޔިތުން ބަލަނީ، 15 މޭ 2025 (ފޮޓޯ: ފަލަސްތީން ނޫސް އޭޖެންސީ)
  • މެއި 18، 2025- ގާޒާގެ ދެކުނުގައި އޮންނަ ހާން ޔުނިސްގައި ގެދޮރު ގެއްލިފައިވާ ބަޔަކު މަތުތައްމަތީގައި. ފޮޓޯ/ ރޮއިޓާސް
  • ގާޒާގެ އުތުރުގައި އޮންނަ ޖަބަލިއާގެ ޗެރިޓީ ބަދިގެއަކުން ތައްޔާރުކުރާ ކާބޯތަކެތި ހޯދުމަށް ބަޔަކު ކިއޫގައި
  • އިޒްރޭލުގެ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުން ގާޒާގައި ކާބޯތަކެތި ހޯދުމަށް އެހީދޭ ސެންޓަރެއްގައި، 25 މޭ 2025 (ފޮޓޯ/ ފަލަސްތީން ނޫސް އޭޖެންސީ)
  • އިޒްރޭލުގެ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުން ގާޒާގައި ކާބޯތަކެތި ހޯދުމަށް އެހީދޭ ސެންޓަރެއްގައި، 25 މޭ 2025 (ފޮޓޯ/ ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ލިބެމުންދާ ގެއްލުން، 15 މޭ 2025. (ފޮޓޯ: ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާގެ މެދުތެރޭގެ ދެއިރް އަލްބާލާހުގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއަކުން ލިބުނު ގެއްލުންތައް ރައްޔިތުން ބަލަނީ، 15 މޭ 2025 (ފޮޓޯ: ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްގައި ކުޑަކުދިންނާއެކު މަރުވި އެތައް ބައެއްގެ ޖަނާޒާ، 7 މޭ 2025 (ފޮޓޯ/ ވަފާ، ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާގެ އުތުރުގައި އޮންނަ ޖަބާލިއާގެ ގެއަކަށް ބޮން އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތައް، 14 މޭ 2025 (ފޮޓޯ ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްގައި ކުޑަކުދިންނާއެކު މަރުވި އެތައް ބައެއްގެ ޖަނާޒާ، 7 މޭ 2025 (ފޮޓޯ/ ވަފާ، ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާގެ އުތުރުގައި އޮންނަ ޖަބާލިއާގެ ގެއަކަށް ބޮން އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތައް، 14 މޭ 2025 (ފޮޓޯ ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ލިބެމުންދާ ގެއްލުން، 15 މޭ 2025. (ފޮޓޯ: ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ލިބެމުންދާ ގެއްލުން، 15 މޭ 2025. (ފޮޓޯ: ފަލަސްތީން ނޫސް އޭޖެންސީ)
  • ގާޒާއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ލިބެމުންދާ ގެއްލުން، 15 މޭ 2025. (ފޮޓޯ: ފަލަސްތީން ނޫސް އޭޖެންސީ)

ސަރުކާރުތަކާއި، ރެގިއުލޭޓަރީ ފަރާތްތަކާއި ކޯޓުތަކުން މިކަމުގައި ބައިވެރިވާ ފަރާތްތައް ތަހްގީގުކޮށް، ދައުވާއުފުލައި، ބޭނުންވާ ހާލަތްތަކުގައި މަނާކުރުން، ސެންކްޝަން ނުވަތަ ޑައިވެސްޓްމަންޓް ކެމްޕޭންތައް ފަދަ ފިޔަވަޅުތައް އެޅުމަށް ރިޕޯޓުގައި ގޮވާލާފައިވެ އެވެ.

 ބައިނަލްއަގްވާމީ މުހިންމު ދަނޑިވަޅެއް

މި އދ. ގެ ރިޕޯޓަކީ ހަނގުރާމައިގެ ސަރަހައްދުތަކުގައި ކުންފުނިތަކުގެ ޒިންމާދާރީއާބެހޭ ބައިނަލްއަގްވާމީ ޚިޔާލުތަކުގައި މުހިންމު ބަދަލެއް ގެނުވާ ރިޕޯޓެކެވެ. މި ރިޕޯޓުން ގްލޯބަލް ވިޔަފާރިވެރިންގެ ގާނޫނީ ދިފާއުތަކަށް ގޮންޖެހުމާއެކު، 'ޖެނޮސައިޑްގެ އިގްތިސާދެއް' ފާގަތިވުމަށް މަގުފަހިކޮށްދީފައިވާ ސިޔާސީ އިހުމާލަށްވެސް ގޮންޖަހާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް