ބްރެޒިލްގެ ރައީސް ލޫލާ، ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް، ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ފަދަ ބޭފުޅުން ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި. (ފޮޓޯ/ރޮއިޓާސް)

ބްރިކްސް

ބްރިކްސް ގައުމުތަކުން އިތުރު %10 ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ބްރިކްސް ލީޑަރުންގެ ސަމިޓް އިއްޔެ ވަނީ ބްރެޒިލްގައި ފަށާފައި
7 ޖުލައި 2025
1

ބްރިކްސްގައި ބައިވެރިވާ، ތަރައްގީވަމުން އަންނަ ގައުމުތަކުން "އެމެރިކާއާ ދެކޮޅު ސިޔާސަތުތަކާ" އެއްކޮޅުވާ ގައުމުތަކުން އިތުރު %10ގެ ޓެރިފެއް ނުވަތަ ޑިއުޓީއެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ބްރިކްސް ލީޑަރުންގެ ސަމިޓް އިއްޔެ ވަނީ ބްރެޒިލްގައި ފަށާފަ އެވެ.

ޖީ-7 އަދި ޖީ20 ފަދަ ބޮޑެތި އިގްތިސާދީ ގުރޫޕްތަކަށް ވަނީ އެތެރޭގެ ބައިބައިވުންތަކާއި އެމެރިކާގެ ރައީސް ތަންފީޒު ކުރައްވަމުން ގެންދަވާ ހަލަބޮލި "އެމެރިކާ ފަސްޓް" ސިޔާސަތުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެއާ އެކު، ހަރުކަށި ހަމަނުޖެހުންތަކާއި ވިޔަފާރީގެ ހަނގުރާމަތަކުގެ ތެރޭގައި މަލްޓިލޭޓަރަލް ޑިޕްލޮމަސީގެ ހިމާޔަތެއްގެ ގޮތުގައި ބްރިކްސްގައި ބައިވެރިވާ ގައުމުތަކުން އަންނަނީ އަމިއްލައަށް ޖާގަ ހޯދަމުންނެވެ.

ބްރެޒިލްގެ ވެރިރަށް، ރިއޯ ޑި ޖެނީރޯގައި ކުރިއަށްދާ ބްރިކްސް ސަމިޓުގެ ފުރަތަމަ ބަޔާންތަކުގައި ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވަނީ ފިނި ހަނގުރާމައިގެ ދުވަސްވަރު ނޮން-އެލައިންޑް މޫވްމަންޓާ އިދިކޮޅަށް މި ހާލަތު އަޅާކިޔައިފަ އެވެ. އެ ގްރޫޕްގައި ބައިވެރިވާ ތަރައްގީވަމުން އަންނަ ގައުމުތަކަކީ ދުނިޔޭގެ ތަޅާފޮޅުތަކުގެ ތެރޭގައި ބައިވެރިވާން ބޭނުންނުވާ ގައުމުތަކެވެ.

"ބްރިކްސް އަކީ ނޮން-އެލައިންޑް މޫވްމަންޓްގެ ލެގަސީ ކުރިއަށް ގެންދާ ގްރޫޕެއް،" ލޫލާ ވިދާޅުވި އެވެ.

"ދޭދޭ ގައުމުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް މިވަނީ ހަމަލާދީފައި."

ބްރެޒިލްގެ ރައީސް ލޫލާ، ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް، ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ފަދަ ބޭފުޅުން ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި. (ފޮޓޯ/ރޮއިޓާސް)

އިއްޔެ މެންދުރު ފަހު އެ ޖަމާއަތުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ އެމެރިކާ އިން ޓެރިފް ބޮޑުކުރުމުން ދުނިޔޭގެ ވިޔަފާރިއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ޓްރަމްޕްގެ ޓެރިފް ސިޔާސަތުތަކަށް ނުސީދާ ގޮތުން ފާޑުކިޔައިފަ އެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން ޓްރަމްޕް ވަނީ އެ ޖަމާއަތާ ގުޅެން މަސައްކަތް ކުރާ ގައުމުތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

"ބްރިކްސްގެ އެމެރިކާއާ ދެކޮޅު ސިޔާސަތުތަކާ އެއްގޮތްވާ ކޮންމެ ގައުމަކުން ވެސް އިތުރު %10 ރިފް ނަގާނެ. އެ ސިޔާސަތަށް އެއްވެސް އިސްތިސްނާއެއް ނޯންނާނެ." ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ސަރުކާރުން ދަނީ ބަދަލުހިފުމުގެ ގޮތުން ބޮޑެތި ޓެރިފްތަކެއް ނެގުމަށް އަންނަ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އެކި ގައުމުތަކާ އެކު ވިޔަފާރީގެ ގިނަ އެއްބަސްވުންތަކެއް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. 

މިދިޔަ ހޮނިހިރު ދުވަހު ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ލޫލާ ވިދާޅުވީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި އަދި ދުނިޔޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ %40 ހިއްސާކުރަނީ ބްރިކްސް ގައުމުތަކުން ކަމަށެވެ. އޭނާ ވަނީ ހިމާޔަތުގެ އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

ބްރިކްސް ގްރޫޕުން 2009 ވަނަ އަހަރު ބޭއްވި ފުރަތަމަ ސަމިޓުގައި ބްރެޒިލް، ރަޝިއާ، އިންޑިއާ އަދި ޗައިނާގެ ލީޑަރުން ވަނީ އެއްތަނަކަށް ގެންގޮސްދީފަ އެވެ. އަދި ފަހުން ވަނީ ދެކުނު އެފްރިކާ، މިސްރު، އިތިއޯޕިއާ، އިންޑޮނޭޝިއާ، އީރާން، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް މެމްބަރުކަންދީފަ އެވެ. މިއީ އިންޑޮނޭޝިއާ ހިމެނޭ ގައުމުތަކުގެ ލީޑަރުންގެ ފުރަތަމަ ސަމިޓެވެ.

ބްރިކްސްގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަށް 30އަށް ވުރެ ގިނަ ގައުމުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކޮމެންޓް (1)

ކެކެކެ

7 ޖުލައި 2025
އެމެރިކާގެ ނަން ޓެރެފިކާ ގެ ނަމަށް ބަދަލުކުރަންވީ. އަބަދު ކޮންމެވެސް ޤައުމަކުން ޓެރިފް (ޑިއުޓީ) އެއް ނެގޭތޯ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް