ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން (ވ)، މިސުރުގެ ރައީސް އަބްދުލް ފަތާހް އަލް ސިސީ، އަދި ޖޯޑަންގެ ކިންގް އަބްދުﷲ (ކ): ގާޒާގެ ހާލަތާ ގުޅޭގޮތުން ތިން ގައުމުގެ ސަމިޓެއް ބާއްވާކަން މެކްރޯން ހޮނިހިރު ދުވަހު އިއުލާންކުރެއްވި. ބައްދަލުވުން ބާއްވަނީ ހޯމަދުވަހު މިސުރުގައި.

ގާޒާ ހަނގުރާމަ

ގާޒާގައި އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއެކު، ފްރާންސްގެ ރައީސް މެކްރޯން މިސުރަށް ޒިޔާރަތްކޮށް، ތިން ގައުމުގެ ސަމިޓެއް ބާއްވަނީ

މިހާތަނަށް ގާޒާގައި އިޒްރޭލްގެ ހަމަލާތަކުން 50،695 މީހުން މަރުވެފައިވާއިރު، ހުއްޓުމެއްނެތި ކުރިއަށްދާ ހަނގުރާމައާއި ގާޒާގެ ދެކުނުގައި އާ ސަލާމަތީ ކޮރިޑޯއެއް އިޒްރޭލުން ގާއިމުކުރުމުގެ ސަބަބުން އިތުރު 142،000 ފަލަސްތީނުން އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައިވޭ
7 އޭޕްރީލު 2025

ގާޒާގެ ހާލަތާ ގުޅޭގޮތުން މިސުރުގެ ރައީސް އަބްދުލް ފަތާހް އަލް ސިސީ އަދި ޖޯޑަންގެ ކިންގް އަބްދުﷲ އާއެކު ތިން ފަރާތުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ހޮނިހިރު ދުވަހު، ވިދާޅުވެފަ އެވެ.

ހަމާސްއާއެކު ހިނގަމުންދާ ހަނގުރާމައިގައި ކުރު މުއްދަތެއްގެ ސީސްފަޔާ އެއްބަސްވުމަކަށްފަހު، އިޒްރޭލްވަނީ ގާޒާގައި ސަރަހައްދުތައް ހިފުމަށް މަސައްކަތްތައް ވަރުގަދަކޮށްފަ އެވެ. އިޒްރޭލުން ބުނެފައިވާ ގޮތުގައި، މިއީ ހަމާސްގެ ބާރުގެ ދަށުގައި އަދިވެސް ތިބި ރަހީނުން ދޫކޮށްލުމަށް މަޖުބޫރުކުރުވުމުގެ ސްޓްރެޓެޖީއެކެވެ.

އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކެއްގައި މަރުވި މީހުންތަކެއް ވަޅުލުމުގެކުރިން. އިޒްރޭލްގެ ހަމަލާތައް ހޮސްޕިޓަލްތަކާއި މެޑިކަލް ފެސިލިޓީތަކަށްވެސް އަމާޒުވަމުންދާ ކަން ފާހަގަކުރެވޭ، 25-26 މާރިޗް 2025. (ފޮޓޯ: ވަފާ/ ފަލަސްތީން ނިއުސް އޭޖެންސީ)

އަދި މިއާއެކު އިޒްރޭލްވަނީ ލެބަނަން އަދި ސީރިއާއަށްވެސް ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ.

  • "ގާޒާގެ ކުއްލި ނުރައްކަލަށް އިޖާބަދިނުމަށް އަދި ރައީސް އަލް ސިސީގެ ދައުވަތަށް އަހަރެން މިސުރަށް ޒިޔާރަތްކުރާއިރު، އަޅުގަނޑުމެން މިސުރުގެ ރައީސް އަދި ޖޯޑަންގެ ރަސްގެފާނާއެކު ތިން ގައުމުގެ ސަމިޓެއް ބާއްވާނަން،" މެކްރޯން އެކްސް ގައި ދަތުރުގެ ކުރިން ލިޔުއްވައިފައިވެ އެވެ.

  • އިޒްރޭލްގެ ބާރުތަކުން ގާޒާ މެދުތެރޭ ސަރަހައްދަކަން ދިން ވައިގެ ހަމަލާތަކުގައި ލިބިފައިވާ ގެއްލުން، 23 މާރިޗް 2025، (ފޮޓޯ: ވަފާ/ ފަލަސްތީން ނޫސް އޭޖެންސީ)
  • އިޒްރޭލްގެ ބާރުތަކުން ގާޒާ މެދުތެރޭ ސަރަހައްދަކަން ދިން ވައިގެ ހަމަލާތަކުގައި ލިބިފައިވާ ގެއްލުން، 23 މާރިޗް 2025، (ފޮޓޯ: ވަފާ/ ފަލަސްތީން ނޫސް އޭޖެންސީ)
  • އިޒްރޭލްގެ ބާރުތަކުން ގާޒާ މެދުތެރޭ ސަރަހައްދަކަން ދިން ވައިގެ ހަމަލާތަކުގައި ލިބިފައިވާ ގެއްލުން، 23 މާރިޗް 2025، (ފޮޓޯ: ވަފާ/ ފަލަސްތީން ނޫސް އޭޖެންސީ)

ފްރާންސްގެ ރައީސް އާދިއްތަ ދުވަހު ކައިރޯއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު، އެތަނުގައި މިސުރުގެ ރައީސްއާއި މަޝްވަރާތަކެއް ކުރައްވާނެއެވެ.

މެކްރޯންގެ އޮފީހުން ބުނާގޮތުގައި ތިން ފަރާތުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު މިސުރުގެ ވެރިރަށުގައެވެ.

އަންގާރަ ދުވަހު، މެކްރޯން ޒިޔާރަތްކުރައްވާނީ ގާޒާ ސްޓްރިޕްއިން 50 ކިލޯމީޓަރު ހުޅަނގަށް އޮންނަ މިސުރުގެ އެލް އަރީޝް ބަނދަރަށެވެ. އެތަނުގައި އޭނާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއި ސަލާމަތީ މަސައްކަތްތެރިންނާ ބައްދަލުކޮށް، "ހަނގުރާމަ ހުއްޓުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސައްކަތް" ބައްލަވާލާނެ އެވެ.

އެލް އަރީޝްއަކީ ގާޒާއަށް ފޯރުކޮށްދެވޭ ބައިނަލްއަގްވާމީ އެހީ މަޑުކޮށްލާ ބަނދަރެކެވެ.

އިޒްރޭލްގެ ސިފައިން ގާޒާގެ ދެކުނުގައި އައު މޮރާގް ސަލާމަތީ ކޮރިޑޯއެއް ގާއިމުކޮށްފި

އިޒްރޭލްގެ ސިފައިން ވަނީ ގާޒާގެ ދެކުނުގައި އަލަށް ގާއިމުކުރާ ސަލާމަތީ ކޮރިޑޯއެއްގައި ސިފައިން އަމަލީގޮތުން ބައިވެރިވެފައިވާކަމަށް ހޮނިހިރު ދުވަހު އިޒްރޭލްގެ ސިފައިން އިއުލާންކޮށްފައިވެ އެވެ.

ބުދަ ދުވަހު ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ އާ މޮރާގް ކޮރިޑޯއެއް އިއުލާންކޮށް، އިޒްރޭލުން ހުސްކުރަން އަންގާފައިވާ ދެކުނުގެ ރަފާހު ސިޓީ ގާޒާގެ އެހެން ސަރަހައްދުތަކާ ވަކިކުރާނެކަމަށް ބުނެފަ އެވެ.

  • ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ 36 ވަނަ ޑިވިޝަންގެ ސިފައިން ވަނީ އެތަނަށް ފޮނުވައިފައިވާ ކަމަށެވެ. ނަމަވެސް، ކިތައް ސިފައިންކަން ނުވަތަ ކޮން ސަރަހައްދެއްގައިކަން ސާފެއް ނޫނެވެ. އަދި ނެތަންޔާހޫ ވަނީ މި ކޮރިޑޯ ދެމިގެންދާނީ މި ދެ ސިޓީ ދެމެދުން ކަމަށް ބުނެފަ އެވެ.

އިޒްރޭލްގެ މީޑިއާތަކުން ޝާއިއުކޮށްފައިވާ ޗާޓްތަކުން ދައްކާގޮތުން، ކޮރިޑޯ ދެމިގެންދަނީ ހަނި ކޯސްޓަލް ސްޓްރިޕް ތެރެއިން އިރުމަތިން ހުޅަނގަށެވެ.

ނެތަންޔާހޫ ވިދާޅުވެފައިވަނީ މިއީ "ދެވަނަ ފިލަޑެލްފީ ކޮރިޑޯއެއް" ކަމަށެވެ. މި ކޮރިޑޯއަކީ ގާޒާގެ ދެކުނުގައި މިސުރާއި ގާޒާގެ ބޯޑަރުގެ އެއްފަރާތް ކަމަށްވެފައި، މިއީ ފާއިތުވި މޭ މަހުން ފެށިގެން އިޒްރޭލްގެ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ.

ސީސްފަޔާ ނިމުނުފަހުން ގާޒާގައި 142،000 އަށްވުރެ ގިނަ މީހުން ހިޖުރަކޮށްފި: އދ

ފަލަސްތީންގެ ރެފިއުޖީން ބަލަހައްޓާ އދ.ގެ އޭޖެންސީން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި އިޒްރޭލުން ފާއިތުވި މަހު ގާޒާއަށް ދޭ ހަމަލާތައް އަލުން ފެށުމަށްފަހު 142،000 އަށްވުރެ ގިނަ މީހުން ވަނީ ހިޖުރަކޮށްފަ އެވެ.

  • އަންރުވާއިން އެކްސް ގައި ބުނެފައިވަނީ "ގާޒާގައި ހަނގުރާމަ ފެށުނީއްސުރެ، 1.9 މިލިއަން މީހުން - ހާހުން ގުނާ ކުޑަކުދިން ހިމެނޭގޮތަށް - ވަނީ ބޮންތަކާއި، ބިރުވެރިކަމާއި، ގެއްލުންތަކާއެކު ތަކުރާރުކޮށް މަޖުބޫރުން ހިޖުރަކުރަން ޖެހިފައި."

"ސީސްފަޔާ ނިމުމުގެ ސަބަބުން އިތުރު ހިޖުރަކުރުމުގެ ރާޅެއް އައިސް، 18 މާރިޗް އިން 23 މާރިޗްއާ ދެމެދު 142،000 އަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވޭ،" އޭޖެންސީން ބުނެފައިވެއެވެ.

އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކުން މަރުވި މީހުންގެ އަދަދު 50،700 އާ ކައިރިވެއްޖެ

އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން ފަލަސްތީނުގެ 26 މީހުން މަރުވެފައިވާކަމަށާއި، މީގެ ސަބަބުން އޮކްޓޯބަރު 2023 އިން ފެށިގެން މަރުވި މީހުންގެ އަދަދު 50،695 އަށް އަރާފައިވާކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ މަދުވެގެން 113 އެހެން މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށާއި، މީގެ ސަބަބުން ހަނގުރާމައިގައި ޒަޚަމްވި މީހުންގެ އަދަދު 115،338 އަށް އަރާފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް