އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރުގެ ހުވާ ކުރެއްވި ދުވަހު ކެޕިޓަލް ވަން އެރީނާގެ ތެރޭގައި އެގްޒެކެޓިވް އޯޑަރުތަކުގައި ސޮއި ކުރެއްވުމަށް ފަހު. (ފޮޓޯ/ރޮއިޓާސް)

އެމެރިކާ

2 ބިލިއަން ޑޮލަރުގެ ބޭރުގެ އެހީ ހިފަހައްޓަން ޓްރަމްޕް ހުށަހެޅުއްވި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އެހީގެ ގިނަ ޕްރޮގްރާމްތައް ހުއްޓާލައި ޔޫއެސްއެއިޑްގެ ގިނަ މުވައްޒަފުން ޗުއްޓީއަށް ފޮނުވާލައި ނުވަތަ ވަޒީފާއިން ވަކިކޮށްފަައި
6 މާރިޗު 2025

ބޭރުގެ އެހީދޭ ޖަމިއްޔާތަކުން މިހާރު ވެސް ސަރުކާރަށް ކޮށްފައިވާ މަސައްކަތްތަކަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި އޮތް ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު ހިފެހެއްޓުމަށް އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.

ސުޕްރީމް ކޯޓުން ވަނީ އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންޓްރެކްޓަރުންނާއި ހިލޭ އެހީ ލިބޭ ފަރާތްތަކަށް އެ ފައިސާ ދޫކުރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ.

ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އެހީގެ ގިނަ ޕްރޮގްރާމްތައް ހުއްޓާލައި ޔޫއެސްއެއިޑްގެ ގިނަ މުވައްޒަފުން ޗުއްޓީއަށް ފޮނުވާލައި ނުވަތަ ވަޒީފާއިން ވަކިކޮށްފަ އެވެ.

އެހީދޭ އެޖެންސީތަކުން ބުނަނީ ޓްރަމްޕްގެ އެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އަދި ފުރާނަ ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށް ނުރައްކާވެފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ޑިސްޓްރިކްޓް ގާޒީ އާމިރު އަލީ ސްޓޭޓް ޑިޕާޓްމަންޓާއި ޔޫއެސްއެއިޑްގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ 26 ފެބްރުއަރީގެ ރޭ ދަންވަރުގެ ކުރިން ކޮށްފައިވާ މަސައްކަތުގެ ބިލްތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް