ހަނގުރާމައިގައި ގެދޮރު ހަލާކުވެ، ޓެންޓުތަކުގައި ދިރިއުޅެމުންދާ ގާޒާގެ ރައްޔިތުން، 12 ފެބްރުއަރީ 2025. (ފޮޓޯ: ވަފާ/ ފަލަސްޠީން ނިއުސް އޭޖެންސީ)

ގާޒާ ހަނގުރާމަ

ގާޒާގެ ފަލަސްތީނު މީހުން މިސްރާއި ޖޯޑަނަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް އަރަބި ގައުމުތައް ގުޅިއްޖެ

އެމެރިކާގެ އެންމެ ގާތް އެކުވެރިންވެސް މި ހުށަހެޅުމާ ދެކޮޅު ހަދައިފި. އަރަބި ލީގުގެ ވެރިޔާ ބުނީ ފަލަސްޠީނުން ބަދަލުކުރުމަކީ އަރަބި ދުނިޔެއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް
13 ފެބްރުއަރީ 2025

މުހިންމު ނުކުތާތައް

ހަމާސް ބަލިކޮށް އާ ހަނގުރާމައެއް ފަށާނެކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިންޒާރުދީފި

ގާޒާ އަތުލުމަށް ޓްރަމްޕް ހުށަހެޅި ޕްލޭނާ ދެކޮޅަށް 64% އެމެރިކާ ރައްޔިތުން

ގާޒާގެ ރައްޔިތުން ބަދަލުނުކޮށް އަލުން އާރާސްތުކުރުމަށް މިސްރާއި ޖޯޑަން އެއްބަސްވެއްޖެ

ގާޒާގެ ފަލަސްތީނުން މިސްރާއި ޖޯޑަނަށް ބަދަލުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް އަރަބި ގައުމުތަކުން ވަރުގަދަ އިދިކޮޅު ހަރަކާތެއް ފަށައިފިއެވެ.

މުޅި ސަރަޙައްދުގައި، އެމެރިކާގެ އެންމެ ގާތް އެކުވެރިންވެސް މި ހުށަހެޅުމާ ދެކޮޅު ހަދައިފިއެވެ. މިގޮތުން މިސްރު، ޖޯޑަން، ސައޫދީ އަރަބިއްޔާ، އެކުވެރި ޔުނައިޓެޑް އެރެބް އެމިރޭޓްސް އަދި ގަތަރު ވަނީ މި ހުށަހެޅުން ހުއްޓުވުމަށް މަސައްކަތް ފަށާފައެވެ.

  • އަރަބި ލީގުގެ ވެރިޔާ އަޙްމަދު އަބޫލް ޣައިތު ވިދާޅުވީ ގާޒާއާއި އޮކިއުޕައިޑް ވެސްޓް ބޭންކުން ފަލަސްތީނު މީހުން ބަދަލުކުރުމަކީ އަރަބި ދުނިޔެއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ އަރަބި ދުނިޔެއިން 100 އަހަރު ވަންދެން ދެކޮޅު ހަދަމުން އައި ޚިޔާލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފާއިތުވި ދެ ހަފްތާގެ ތެރޭގައި، ޓްރަމްޕް ވަނީ "ގާޒާ ސާފުކޮށްލުމަށް" ހުށަހަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމެރިކާއިން ގާޒާ ކޮންޓްރޯލް ކުރާނެއެވެ. އަދި އެތަނުގައި ދިރިއުޅޭ 2.4 މިލިއަން މީހުން މިސްރާއި ޖޯޑަނަށް ބަދަލުކުރެވޭނެއެވެ.

ގާޒާގެ ރައްޔިތުން ބަދަލުނުކޮށް އަލުން އާރާސްތުކުރުމަށް މިސްރާއި ޖޯޑަން އެއްބަސްވެއްޖެ

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައް-ސީސީ އާއި ޖޯޑަންގެ ކިންގް އަބްދުﷲ، ގާޒާގެ ފަލަސްތީނު ރައްޔިތުން އެތަނުން ބަދަލުނުކޮށް އަލުން އާރާސްތުކުރަން ޖެހޭނެ ކަމަށް އެއްބަސްވެއްޖެ ކަމަށް ދެބޭފުޅުން ކުރެއްވި ފޯނު މަޝްވަރާއަކާ ގުޅިގެން މިސްރުގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިސްރާއި ޖޯޑަނަށް ފަލަސްތީނު މީހުން ބަދަލުކުރުމަށް ގޮވާލައި ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، މި ދެ ގައުމުން ވަނީ މި ހުށަހެޅުމާ ތަކުރާރުކޮށް ދެކޮޅުހަދައިފަ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާޙް އައް-ސީސީ (ކ) އަދި ޖޯޑަންގެ ކިންގް އަބްދުﷲ ސަލާންކުރައްވަނޯ. ގާޒާގައި އާހަނގުރާމައެއް ފެށިޔަ ނުދިނުމާއި، ގާޒާގެ ފަލަސްތީނު މީހުން އެހެން ގައުމުތަކަށް ބަދަލުނުކޮށް އަލުން އާރާސްތުކުރުމަށް ދެ ބޭފުޅުން ގޮވާލެއްވި.
  • "ދެ ވެރިން ވަނީ ގާޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމާއި، ދެފަރާތުން ހިފަހައްޓާފައިވާ މީހުން ދޫކޮށްލުމާއި، އިންސާނީ އެހީ ވެއްދުމުގެ ކަންކަމުގައި މިސްރާއި ޖޯޑަންގެ އެއް ސިޔާސަތެއް އޮތްކަން ކަށަވަރުކޮށްދީފައި،" މިސްރުގެ ރިޔާސީ ގަނޑުވަރުގެ ބަޔާނުގައި ބުނެފައިވެއެވެ.

  • "ފަލަސްތީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބަދަލުނުކޮށް ގާޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ލަސްނުކޮށް ފެށުމުގެ" މުހިންމުކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ގާޒާ އަތުލުމަށް ޓްރަމްޕް ހުށަހެޅި ޕްލޭނާ ދެކޮޅަށް 64% އެމެރިކާ ރައްޔިތުން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގާޒާ "އަތުލައި" "މިލްކުވެރިވެ" އެތަން "ތަޅާލެވިފައިވާ ސަރަޙައްދަކުން" "މެދުއިރުމަތީގެ ރިވިއެރާއަކަށް" ބަދަލުކުރުމަށް ގޮވާލުމާ ގުޅޭގޮތުން އެމެރިކާގެ 1،200 މީހުންގެ ހިޔާލު ހޯދުމަށް އައު ސަރވޭއެއް ކުރެވިއްޖެއެވެ.

  • "ޑޭޓާ ފޯ ޕްރޮގްރެސް" އިން ކުރި މި ސަރވޭގައި، މިފަދަ އަތުލުމަކުން ގާޒާގައި ދިރިއުޅޭ 1.8 މިލިއަން ފަލަސްޠީނުން އަވައްޓެރި ގައުމުތަކަށް މަޖުބޫރުން ބަދަލުކުރަން ޖެހޭނެކަން ބަޔާންކޮށްފައިވެއެވެ.

ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 64% މީހުން ބުނެފައިވަނީ ޓްރަމްޕްގެ މި ޕްލޭނާ "ދެކޮޅު" ހަދާ ކަމަށެވެ.

  • "ގާޒާ އަތުލައި އަދި އެތަނުގައި ދިރިއުޅޭ ފަލަސްޠީނުން އެހެން ތަންތަނަށް ބަދަލުކުރުމާ ދެކޮޅަށް ވޯޓުދޭ މީހުންގެ ވަރުގަދަ އަޣުލަބިއްޔަތެއް ވޯޓުދީފައިވާއިރު، މި ޕްލޭން ތަންފީޒުކުރުމަށް މެދުއިރުމަތްޓަށް އެމެރިކާ ސިފައިން ފޮނުވުމުގެ ޚިޔާލާ ދެކޮޅަށް މީގެއްވުރެވެސް ގިނަ ބަޔަކު ވޯޓުދީފައިވޭ،" ޑޭޓާ ފޯ ޕްރޮގްރެސްއިން ބުންޏެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް (ވ) އަދި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ގާޒާގައި އާ ހަނގުރާމައެއް ފެށުމަށް އިންޒާރުދީފި.

ހަމާސް ބަލިކޮށް އާ ހަނގުރާމައެއް ފަށާނެކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިންޒާރުދީފި

އިސްރާއީލްގެ އަސީރުން ދޫކޮށްނުލައިފިނަމަ ގާޒާއާ ދެކޮޅަށް ހަނގުރާމަ އަލުން ފަށާނެ ކަމަށާއި، މިފަހަރުގެ ހަނގުރާމައަކީ މީގެ ކުރިން ހިންގި ހަނގުރާމައަށްވުރެ ނުރައްކާތެރި ހަނގުރާމައަކަށް ވާނެ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު އިންޒާރުދީފި އެވެ.

  • "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ކުރިން ކުރި ހަނގުރާމައާ އަޅާބަލާއިރު އާ ހަނގުރާމައިގެ ހަރުކަށިކަން މާ ބޮޑުވާނެ، އަދި ހަމާސް ބަލިކޮށް، ހުރިހާ އަސީރުން ދޫކޮށްލުމަކާ ނުލައި ހަނގުރާމަ ނިމުމަކަށް ނާންނާނެ،" ދިފާއީ ވަޒީރޔ އިސްރާއީލް ކަޓްޒް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ކުރިން ކުރި ހަނގުރާމައާ އަޅާބަލާއިރު އާ ހަނގުރާމައިގެ ހަރުކަށިކަން މާ ބޮޑުވާނެ، އަދި ހަމާސް ބަލިކޮށް، ހުރިހާ އަސީރުން ދޫކޮށްލުމަކާ ނުލައި ހަނގުރާމަ ނިމުމަކަށް ނާންނާނެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް

އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ފަލަސްތީނު ސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ގެނައުމުގެ ޕްލޭނާ ހަވާލާދެމުން ކަޓްޒް ބުނީ "މިކަމުން އެމެރިކާގެ ރައީސް ޓްރަމްޕްގެ ގާޒާއާ ގުޅޭ ވިސްނުން ވެސް ހާސިލުކުރެވޭނެ" ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުގެ އިންޒާރުތައް ގަބޫލުނުކުރާނެކަމަށް ފަލަސްތީނު ހަރަކާތްތަކުން ބުނެފި

ގާޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގައި ދެފަރާތުގެ މެދުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއި އިސްރާއީލުން ދޭ އިންޒާރުތައް ގަބޫލުނުކުރާނެ ކަމަށް ހަމާސްއިން ބުނެފި އެވެ.

  • "އަޅުގަނޑުމެންގެ ޕޮޒީޝަން ވަރަށް ސާފު، އަދި އަޅުގަނޑުމެން އެމެރިކާއާއި އިސްރާއީލުގެ އިންޒާރުތަކުގެ ބަސް ގަބޫލެއް ނުކުރާނަން،" ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އިސްރާއީލުން އެބަޖެހޭ "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތައް ތަންފީޒުކުރަން" ކަމަށްވެސް އޭނާ ބުންޏެވެ.

ހަމާސްގެ ހަތިޔާރުއެޅި ބަޔަކު އިޒްރޭލުގެ ރަހީނަކު ދޫކޮށްލުމުގެ ކުރިން

އަލް-ގުދުސް ބްރިގޭޑްސްއިން ބުނީ އިސްރާއީލުގެ އަސީރުން ދޫކޮށްލެވޭނީ ހަމައެކަނި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކުން ކަމަށެވެ. އެ ޖަމާއަތުގެ ތަރުޖަމާނު އަބޫ ހަމްޒާ އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްގައި ޝާއިއުކުރި ވީޑިއޯ ބަޔާނެއްގައި ބުނީ އިދިކޮޅު ހަރަކާތްތަކުން ހިފަހައްޓާފައިތިބި އަސީރުންގެ ކަންތައް ސީދާ ގުޅިފައި އޮތީ، "ހެޔޮގޮތުގައި ވިޔަސް ނުބައިގޮތުގައި ވިޔަސް، ނަތަންޔާހޫގެ އަމަލުތަކާ" ކަމަށެވެ.

  • "އަޅުގަނޑުމެންގެ، އަނިޔާ ލިބިފައިވާ ރައްޔިތުންނާމެދު އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރުމާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދިއުމުގެ ނަތީޖާގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އޮކިއުޕޭޝަން ސަރުކާރުން [އިސްރާއީލް]" ކަމަށްވެސް އަބޫ ހަމްޒާ ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް