އަންގާރަ ދުވަހު ވައިޓް ހައުސްގައި (ވާތުން ކަނާތަށް) ޖޯޑަންގެ ރަސްގެފާނު އަބްދުﷲ، ރައީސް ޓްރަމްޕް، އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. ގާޒާގެ މައްސަލަ އަދި ސަރަހައްދީ ހަމަޖެހުމާ ގުޅޭ މަޝްވަރާތައް މި ބައްދަލުވުމުގައި ކުރިއަށްގެންދިޔަ.
ގާޒާ އަދި ވެސްޓް ބޭންކުން ފަލަސްތީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމާ މެދު ޖޯޑަންގެ ސިޔާސަތު ބަދަލުނުވާނެކަމަށް ރަސްގެފާނު އަބްދުﷲ ވިދާޅުވެއްޖެ
މުހިންމު ނުކުތާތައް
ގާޒާގައި ހަމަލާތައް އަލުން ފެށިއްޖެނަމަ އިޒްރޭލާ ދެކޮޅަށް 'ތައްޔާރަށް' ތިބިކަމަށް ހޫތީން ބުނޭ
ގާޒާ އަލުން ބިނާކުރުމަށް މަދުވެގެން 53 ބިލިއަން ޑޮލަރު ބޭނުންވާނެ
ހޮސްޓެޖުން ދޫނުކޮށްފިނަމަ ގާޒާގައި ހަނގުރާމަ އަލުން ފަށާނެކަމަށް ނަތަންޔާހޫ އިންޒާރުދެއްވައިފި
ޖޯޑަންގެ ރަސްގެފާނު އަބްދުﷲ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލުކުރައްވައި، ގާޒާ އަދި އޮކިއުޕައިޑް ވެސްޓް ބޭންކުން ފަލަސްޠީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމާ މެދު ޖޯޑަންގެ ސިޔާސަތު ހާމަކުރައްވައިފި އެވެ.
-
އެކްސް ޕްލެޓްފޯމްގައި ރަސްގެފާނު ވިދާޅުވެފައިވަނީ "ދެ ގައުމުގެ ހައްލެއްގެ މައްޗަށް ބިނާވެފައިވާ އަދުލުވެރި ސުލްހައަކީ ސަރަހައްދީ ހަމަޖެހުން ގެނެސްދޭނެ މަގު. މިއަށް އެމެރިކާގެ ލީޑަރޝިޕް ބޭނުންވޭ. ރައީސް ޓްރަމްޕަކީ ސުލްހައިގެ މީހެއް. ގާޒާގެ ހަނގުރާމަ ހުއްޓުވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު. އެ ހުއްޓުން ދެމެހެއްޓުމަށް އެމެރިކާ އާއި އެހެން ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމަށް އަޅުގަނޑުމެން އެދެން،" މިފަދައިންނެވެ.
Concluded a constructive meeting with President Trump at the White House today. Grateful for the President’s warm welcome. We discussed Jordan’s longstanding partnership with the United States. It continues to be a partnership for stability, peace, and mutual security.
— عبدالله بن الحسين (@KingAbdullahII) February 11, 2025
ވައިޓް ހައުސްގައި ބޭއްވުނު ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވެފައިވަނީ ފަލަސްތީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކޮށް "ރީތިކޮށް އަދި ރައްކާތެރިކަމާއެކު" ދިރިއުޅެވޭނެ ކަމަށެވެ. މިގޮތުން ޖޯޑަން އަދި މިސްރުގައި ބިންތަކެއް ކަނޑައަޅާނެ ކަމަށާއި، މިސްރާއެކު ވެސް %99 ޔަގީންކަމާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ގައުމުގެ ހައްލެއްގެ މައްޗަށް ބިނާވެފައިވާ އަދުލުވެރި ސުލްހައަކީ ސަރަހައްދީ ހަމަޖެހުން ގެނެސްދޭނެ މަގު. މިއަށް އެމެރިކާގެ ލީޑަރޝިޕް ބޭނުންވޭ. ރައީސް ޓްރަމްޕަކީ ސުލްހައިގެ މީހެއް. ގާޒާގެ ހަނގުރާމަ ހުއްޓުވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު.
-
"އަޅުގަނޑުމެން ގާޒާ ގަންނާކަށް ނޫޅެން، އަޅުގަނޑުމެންނަށް އެތަން ލިބޭނެ، އަޅުގަނޑުމެން އެތަން ބަހައްޓާނަން، އަޅުގަނޑުމެން އެތަން ރައްކާތެރިކޮށް ބަލަހައްޓާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
-
ހިފާފައިވާ ވެސްޓް ބޭންކް އިޒްރޭލަށް ދިނުމުގެ ރޭވުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވެފައިވަނީ "އެކަން ހައްލުވާނެ" ކަމަށެވެ.
އަރަބި ގައުމުތަކުން އެމެރިކާއަށް ޕްލޭނެއް ހުށަހަޅާނެ ކަމަށް ޖޯޑަންގެ ރަސްގެފާނު ވިދާޅުވެފައިވާއިރު، ޓްރަމްޕްގެ ގާޒާ އަތުލުމުގެ ޕްލޭނަށް ސީދާ ތާއީދު ނުވަތަ އިދިކޮޅުކަން ހާމައެއް ނުކުރައްވަ އެވެ.
ޖޯޑަންގެ ރަސްގެފާނު އިތުރަށް ވިދާޅުވެފައިވަނީ، ގާޒާއިން ފަލަސްތީނުގެ 2،000 ބަލި ކުދިން ބަލައިގަތުމަށް އުރުދުން ތައްޔާރަށް ހުރި ކަމަށެވެ.
މިއީ ޓްރަމްޕް ވެރިކަމަށް އައުމަށްފަހު މެދުއިރުމަތީގެ ލީޑަރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ ގާޒާއިން ފަލަސްތީނު މީހުން ބަދަލުކުރުމުގެ ޕްލޭނެއް އޭނާ ހާމަކުރެއްވުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
ގާޒާގައި އަމިއްލަ ތަރައްގީގެ މަޝްރޫއެއް ނުހިންގާނެކަމަށް ޓްރަމްޕް ވިދާޅުވި
-
ގާޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރަމުންދާއިރު، އެސަރަހައްދުގައި އަމިއްލަ ތަރައްގީގެ މަޝްރޫއެއް ނުހިންގާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއ ީވައިޓް ހައުސްގައި ޖޯޑަންގެ ރަސްގެފާނާ ބައްދަލުކުރެއްވުމުގަ އެވެ.
އެމެރިކާގެ ރައީސްގެ ގާޒާ އަތުލުމުގެ ޕްލޭނަށް އަރަބި ގައުމުތަކުން ކުރާ އިދިކޮޅު މަސައްކަތްތަކުގަ އިސް ދައުރެއް އަދާކުރައްވަނީ އުރުދުނުގެ ރަސްގެފާނެވެ.
ގާޒާއިން ފަލަސްތީނު މީހުން މަޖުބޫރުން ނެރެ، އެސަރަހައްދު "މެދުއިރުމަތީގެ ރިވިއެރާ" އަކަށް ބަދަލުކުރުމުގެ ޓްރަމްޕްގެ ޕްލޭނަށް ޖޯޑަން ވަރަށް ބޮޑަށް އިދިކޮޅެވެ.
އެކި ސިނާރިއޯތަކަށް ތައްޔާރުވުމަށް އިޒްރޭލް ސިފައިން އިތުރުކޮށްފި
އިޒްރޭލް ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ގައުމުގެ ދެކުނުގައި "އިތުރަށް ބާރު ގަދަކުރުމަށް" ސިފައިން އިތުރުކޮށް، އިތުރު ރިޒާވް ސިފައިން ގެންނަން ނިންމާފައިވާ ކަމަށެވެ.
-
"ސިފައިން އިތުރުކޮށް، ރިޒާވް ސިފައިން ގެނެސްފައި މިވަނީ އެކި ކަހަލަ ސިނާރިއޯތަކަށް ތައްޔާރުވުމަށް" ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މި ބަޔާން ނެރުނީ، ހަމާސް އިން ހަނގުރާމައިގެ ހޮސްޓެޖުން ހޮނިހިރު ދުވަހުގެ މެންދުރު ވަގުތަށް ދޫނުކޮށްފިނަމަ ގާޒާގައި "ގަދަފަދަ ހަނގުރާމައެއް" ފަށާނެކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވި ފަހުން އެވެ.
ހޮސްޓެޖުން ދޫނުކޮށްފިނަމަ ގާޒާގައި ހަނގުރާމަ އަލުން ފަށާނެކަމަށް ނަތަންޔާހޫ އިންޒާރުދެއްވައިފި
-
އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވެފައިވަނީ "އެއްބަސްވުމާ ޚިލާފުވެ، އަޅުގަނޑުމެންގެ ހޮސްޓެޖުން ދޫނުކުރަން ހަމާސް އިން ނިންމި ނިންމުމާ ގުޅިގެން، ރޭގައި އައިޑީއެފް [އިޒްރޭލް ޑިފެންސް ފޯސަސް] އަށް ގާޒާގެ އެތެރެއާއި ވަށައިގެން ސިފައިން އެއްކުރުމަށް އޯޑަރުކޮށްފިން،" މިފަދައިންނެވެ.
އަންނަ ހޮނިހިރު ދުވަހު އިތުރު ހޮސްޓެޖުން ދޫކުރުން ހަމާސް އިން ހުއްޓާލާފައިވަނީ އިޒްރޭލުން އެއްބަސްވުމުގެ މުހިންމު ޝަރުތުތަކާ ޚިލާފުވެފައިވާތީ ކަމަށް ބުނެ އެވެ. އަންގާރަ ދުވަހު އިޒްރޭލުން ޚިލާފުވެފައިވާ ކަންކަމުގެ ލިސްޓެއް ހަމާސް އިން ހާމަކޮށްފައިވެ އެވެ.
އަރަބިންނާއެކު 'ވަރަށް ރަނގަޅު' ގުޅުމެއް އޮންނަކަމަށް ޓްރަމްޕް ވިދާޅުވި
އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ އަރަބި އެމެރިކަ މީހުންނާ އޮންނަ ގުޅުން ވަރަށް ރަގަޅު ކަމަށެވެ.
-
ޖޯޑަންގެ ރަސްގެފާނު އަބްދުﷲއާ ބައްދަލުކުރެއްވުމުގެ ކުރިން އޯވަލް އޮފީހުގައި ވާހަކަފުޅު ދައްކަވަމުން، މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވުނު އިންތިޚާބުގައި ކުރީގެ ރައީސް ޖޯ ބައިޑަން ގެ އަތުން މިޝިގަން އަތުލައިގަތުމުގައި، އެ ސްޓޭޓުގެ އަރަބި އެމެރިކާ މީހުންނާއެކު ކުރެއްވި މަސައްކަތްތަކަށް އިޝާރާތްކުރެއްވި އެވެ.
"މިޝިގަންގައި ބޮޑު އަރަބި އާބާދީއެއް އުޅޭކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދެންމެ އަޅުގަނޑު ރަސްގެފާނަށް ދަންނަވައިފިން، އަޅުގަނޑުމެން ކާމިޔާބުކުރީމޭ. އަރަބި އާބާދީގެ ވޯޓު ކާމިޔާބުކުރީމޭ" ޓްރަމްޕް ވިދާޅުވިއެވެ.
އެ ސްޓޭޓުގައި މަސްތަކެއް ވަންދެން ކެމްޕޭން ކުރެއްވުމަށްފަހު 30 ޕޮއިންޓުން ކާމިޔާބުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
-
"އެހެންވީމާ އަރަބި އާބާދީއާއެކު އަޅުގަނޑުގެ ގުޅުން ވަރަށް ބަރާބަރު. އަދި މެދުއިރުމަތީގެ ގައުމުތަކާއެކު އަޅުގަނޑުގެ ގުޅުން ވެސް ވަރަށް ރަނގަޅު، ވަރަށް ރަނގަޅު،" ޓްރަމްޕް ވިދާޅުވި އެވެ.
ގާޒާ އަލުން ބިނާކުރުމަށް މަދުވެގެން 53 ބިލިއަން ޑޮލަރު ބޭނުންވާނެ
އަންގާރަ ދުވަހު އދ. އިން ނެރުނު އަންދާޒާއެއްގައި ބުނެފައިވަނީ ހަނގުރާމައިން ވީރާނާވެފައިވާ ގާޒާ އަލުން ބިނާކޮށް، އެ ސަރަހައްދުގައި ކުރިމަތިވެފައިވާ "އިންސާނީ ކާރިސާ" ނިންމާލުމަށް 53 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ ކަމަށެވެ. މީގެ ތެރެއިން 20 ބިލިއަން ޑޮލަރު ބޭނުންވާނީ ފުރަތަމަ ތިން އަހަރުގެ ތެރޭގަ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ރިޕޯޓެއްގައި ވިދާޅުވެފައިވަނީ "މިހާރުގެ ހާލަތުގައި ގާޒާއަށް ބޭނުންވާ އެހީގެ ފުރިހަމަ މިންވަރު ވަޒަންކުރުމަކީ ދަތިކަމެއް ނަމަވެސް، މި ވަގުތީ އަންދާޒާއިން އެ ސަރަހައްދު އާރާސްތުކޮށް އަލުން ބިނާކުރުމަށް ބޭނުންވާނެ މިންވަރުގެ ބޮޑުކަން ދައްކައިދޭ" ކަމަށެވެ.
ގާޒާގައި ހަމަލާތައް އަލުން ފެށިއްޖެނަމަ އިޒްރޭލާ ދެކޮޅަށް 'ތައްޔާރަށް' ތިބިކަމަށް ހޫތީން ބުނޭ
-
ގާޒާގައި ހަމަލާތައް އަލުން ފަށައި، ސީސްފަޔާ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވެއްޖެނަމަ، އެ ގައުމަށް ހަމަލާދޭން ތައްޔާރަށް ތިބިކަމަށް ޔަމަނުގެ ހޫތީންގެ ލީޑަރު އަބްދުލް-މާލިކް އަލް ހޫތީ ވިދާޅުވެއްޖެ އެވެ.
-
އަލް ހޫތީ ވިދާޅުވެފައިވަނީ "އަޅުގަނޑުމެންގެ އަތްތައް ޓްރިގަރުގައި އަޅައިގެން، ގާޒާގައި ހަމަލާތައް އަލުން ފަށައިފިނަމަ، އިޒްރޭލް ކިޔާ ދުޝްމަނާ ދެކޮޅަށް ވަގުތުން އަޅުގަނޑުމެންގެ ހަމަލާތައް ފެށުމަށް ތައްޔާރަށް ތިބިން" މިފަދައިންނެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު ހިނގި ހަނގުރާމައިގައި ގާޒާގެ ފަލަސްތީނުމީހުންނާއެކު އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ކަމަށް ބުނެ، ހޫތީން ވަނީ ރަތް ކަނޑުގައި އިޒްރޭލްގެ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުފަހަރަށް ހަމަލާދީ، ބައިނަލްއަގްވާމީ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅަމުން ގޮސްފަ އެވެ.
ޓްރަމްޕްގެ ގާޒާ ޕްލޭނަށް ލެބަނަންގެ ބޮޑުވަޒީރު ފާޑުވިދާޅުވެއްޖެ
ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބޮޑު ވަޒީރު ނަވާފް ސަލާމް ވިދާޅުވެފައިވަނީ "ފަލަސްތީނު ދައުލަތް ނައްތާލުމަށް" އެމެރިކާ އަދި އިޒްރޭލްގެ ލީޑަރުން ހުށަހަޅުއްވާ ޕްލޭންތައް ހުއްޓުވުމަށް އަރަބި ގައުމުތަކުގެ އެއްބައިވަންތަކަން ބޭނުންވާ ކަމަށެވެ.
-
އާ ބޮޑުވަޒީރު ވިދާޅުވެފައިވަނީ "މި ވާހަކަތަކަކީ ނުރުހެވޭ ވާހަކަތަކެއް" ކަމަށެވެ. މިއީ "ގާޒާގެ ރައްޔިތުން" މިސްރު، ޖޯޑަން، އޮކިއުޕައިޑް ވެސްޓް ބޭންކް އަދި ސައޫދީ އަރަބިއްޔާއަށް ބަދަލުކުރުމަށް ޓްރަމްޕް އަދި ނަތަންޔާހޫ ފަހަކަށްއައިސް ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅެކެވެ.
-
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ކުރީގެ ރައީސް ކަންވެސް ކުރައްވާފައިވާ ސަލާމް ވިދާޅުވެފައިވަނީ "އަޚްލާގީ، ސިޔާސީ، އަދި ގާނޫނީ" ގޮތުން މި ޕްލޭނަކީ ސުވާލު އުފެދޭ އަދި "ޚިޔާލީ" އެއްޗެއް ކަމަށެވެ.
"ކިހިނެއްތޯ ސައޫދީ އަރަބިއްޔާގައި ފަލަސްތީނު ދައުލަތެއް ގާއިމްކުރާނީ؟" އޭނާ އެ ސުވާލު ކުރެއްވިއެވެ.
ޓްރަމްޕްގެ ގާޒާ އަތުލުމުގެ ޕްލޭނަށް ޖޯޑަންގެ އިތުރު ރައްދު
ޖޯޑަންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވިދާޅުވެފައިވަނީ ފަލަސްތީނު ރައްޔިތުން އެބައިމީހުންގެ ބިމުން މަޖުބޫރުން އެހެން ތަނަކަށް ބަދަލުކުރުމަށް ޖޯޑަން ގަދައަޅައި އިދިކޮޅު ހަދާ ކަމަށެވެ.
ދައުލަތުގެ އަލްމަމްލަކާ ޓީވީއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ "ބަދަލުނުވާނެ ވަރުގަދަ ސްޓޭންޑްތަކެއް ޖޯޑަންގައި އެބަހުރި. އޭގެ ތެރޭގައި ފަލަސްތީނުން މިސްރަށް، އުރުދުނަށް ނުވަތަ އެހެން އެއްވެސް އަރަބި ގައުމަކަށް ބަދަލެއް ނުކުރެވޭނެ" ކަމަށެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުތައް، ޚާއްސަކޮށް މިނިވަންކަމާއި، އެބައިމީހުންގެ ފަލަސްތީނު ވަތަނުގައި މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމުގެ ހައްގު ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލެއް ތަންފީޒު ނުކޮށް އަދުލުވެރި ސުލްހައެއް ނުވާނެ. އަޅުގަނޑުމެން މަސައްކަތްކުރާނީ މި އަދުލުވެރި ސުލްހައަށް.
"ފަލަސްޠީނު މީހުން އެބައިމީހުންގެ ބިމުން ބަދަލެއް ނުކުރެވޭނެ. ގާޒާގެ ރައްޔިތުން ބަދަލުނުކޮށް، އެތަން އާރާސްތުކުރުމަށް އަޅުގަނޑުމެން އެމެރިކާގެ ރައީސްއާއެކު މަސައްކަތްކުރާނަން."
"ފަލަސްތީނު ރައްޔިތުންގެ ހައްގުތައް، ޚާއްސަކޮށް މިނިވަންކަމާއި، އެބައިމީހުންގެ ފަލަސްތީނު ވަތަނުގައި މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމުގެ ހައްގު ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލެއް ތަންފީޒު ނުކޮށް އަދުލުވެރި ސުލްހައެއް ނުވާނެ. އަޅުގަނޑުމެން މަސައްކަތްކުރާނީ މި އަދުލުވެރި ސުލްހައަށް."