ބިޓްކޮއިން (₿) އަކީ 2009 ގައި ތައާރަފުވި، ދުނިޔޭގެ ފުރަތަމަ ޑިޖިޓަލް ކްރިޕްޓޯ ކަރަންސީ. ކްރިޕްޓޯ ކަރަންސީގެ އެންމެ މަޝްހޫރު ބާވަތް ކަމަށްވާ ބިޓްކޮއިންގެ ލޯގޯ ފާހަގަކޮށްދެނީ ₿ މި ނިޝާނުން.

އިންޑިއާ

އެހެން ގައުމުތަކުން ކްރިޕްޓޯ ކަރަންސީއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް އައި ބަދަލާ ގުޅިގެން އިންޑިއާގެ ސިޔާސަތު އަލުން މުރާޖައާކުރަނީ

ޓްރަމްޕް ސަރުކާރުން ކްރިޕްޓޯއާ ގުޅޭ އާ ސިޔާސަތުތަކެއް އިއުލާންކުރުމާ ގުޅިގެން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ނެރުމަށް ހަމަޖެހިފައިވާ މަޝްވަރާ ކަރުދާސް ލަސްވެދާނެކަމަށް ބެލެވޭ
3 ފެބްރުއަރީ 2025

އިންޑިއާގެ އިސް ސަރުކާރު އޮފިޝަލެއް ރޮއިޓަރޒްއަށް އާދީއްތަ ދުވަހު މަޢުލޫމާތު ދެއްވިގޮތުގައި، އެހެން ޤައުމުތަކުން ކްރިޕްޓޯ ކަރަންސީއާ މެދު ދެކޭގޮތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، އިންޑިއާއިން ވެސް އެކަމާ މެދު ގެންގުޅޭ ސިޔާސަތު މުރާޖަޢާކުރަމުންދެއެވެ.

  • އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކްރިޕްޓޯއާ ގުޅޭ 'ރަށްޓެހި ސިޔާސަތުތަކެއް' އިއުލާންކުރެއްވުމާ ގުޅިގެން ކުރެވޭ މި މުރާޖައާގެ ސަބަބުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ނެރުމަށް ހަމަޖެހިފައިވާ ކްރިޕްޓޯ ކަރަންސީއާ ގުޅޭ މަޝްވަރާ ކަރުދާސް އިތުރަށް ލަސްވެދާނެ އެވެ.

އިންޓަވިއުއެއްގައި އިންޑިއާގެ އިކޮނޮމިކް އެފެއާޒް ސެކްރެޓަރީ އަޖަޔް ސެތު ވިދާޅުވީ، "އެއް ނުވަތަ ދެ އިޚްތިސާސަށްވުރެ ގިނަ ތަންތަނުން ކްރިޕްޓޯ ކަރަންސީ ބޭނުންކުރުމާއި، ބަލައިގަތުމާއި، ކްރިޕްޓޯ އެސެޓްތަކުގެ މުހިންމުކަން ދެކޭގޮތާ މެދު އެ ފަރާތްތަކުގެ ސިޔާސަތު ބަދަލުކޮށްފައިވޭ. އެހެންކަމުން އަޅުގަނޑުމެން މަޝްވަރާ ކަރުދާހަށް އަނެއްކާވެސް ބަލަމުން މިދަނީ" ކަމަށެވެ. މިފަދަ އެސެޓްތަކަކީ "ބޯޑަރުތަކަށް ގަބޫލުނުކުރާ" އެއްޗެހި ކަމަށްވުމާއެކު، އިންޑިއާގެ ސިޔާސަތު އެކަނި ވެގެން ނުވާނެ ކަމަށްވެސް ސެތު ވިދާޅުވި އެވެ.

  • އެމެރިކާއާ ބެހޭގޮތުން ސެތު ވަކި ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް، ޓްރަމްޕް ވަނީ ފާއިތުވި ހަފުތާގައި ކްރިޕްޓޯ ވޯކިން ގްރޫޕެއް އުފައްދަވައި، އާ ޑިޖިޓަލް އެސެޓް ގަވާއިދުތަކެއް ހުށަހެޅުމަށާއި، ގައުމީ ކްރިޕްޓޯ ކަރަންސީ ރިޒާވެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް އަމުރުކުރައްވާފަ އެވެ. މިއީ އެމެރިކާގެ ކްރިޕްޓޯ ސިޔާސަތު އިސްލާހުކުރުމަށް އޭނާ ކުރެއްވި ވައުދު ފުއްދުމަށް އެޅުއްވި ފިޔަވަޅެކެވެ.

މިދިޔަ އަހަރު، އިންޑިއާގެ މާކެޓް ބެލެހެއްޓުމުގެ އިދާރާއިން ހުށަހެޅި ގޮތުގައި ކްރިޕްޓޯ ކަރަންސީގެ ވިޔަފާރި ބަލަހައްޓަން ޖެހޭނީ އެކި ރެގިއުލޭޓަރީ އިދާރާތަކުންނެވެ. މިއީ އަމިއްލަ ވާޗުއަލް އެސެޓްތައް ބޭނުންކުރުމަށް އިންޑިއާގެ ބައެއް އިދާރާތަކުން މަގުފަހިކޮށްދޭން ބޭނުންވާކަން ދައްކުވައިދޭ ކަމެކެވެ.

މި ސިޔާސަތަކީ އިންޑިއާގެ ސެންޓްރަލް ބޭންކުން ދައްކާ ވާހަކަތަކާ ތަފާތު ވާހަކަތަކެކެވެ. އެ ބޭންކުން ދެކޭގޮތުގައި އަމިއްލަ ޑިޖިޓަލް ފައިސާއަކީ މެކްރޯ އިކޮނޮމިކް ރިސްކެކެވެ.

ސަރުކާރުތަކުގެ ބާރު ނުހިނގާ ޑިޖިޓަލް ފައިސާގެ ބާވަތްތަކުގެ ތެރެއިން އެންމެ މަގްބޫލު އެއް ބާވަތަކީ ބިޓްކޮއިން.

ކްރިޕްޓޯ ކަރަންސީގެ ތައާރަފާއި ތާރީޚު

  • ކްރިޕްޓޯ ކަރަންސީއަކީ ޑިޖިޓަލް ނުވަތަ ވާޗުއަލް ފައިސާގެ ބާވަތެކެވެ. މިއީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްކާތެރިކޮށް ބަލަހައްޓާ، ސަރުކާރުތަކުގެ ބާރު ނުހިނގާ ފައިސާއެކެވެ.

  • ދުނިޔޭގެ ފުރަތަމަ ކްރިޕްޓޯ ކަރަންސީ ކަމުގައިވާ ބިޓްކޮއިން ވުޖޫދަށް އައީ 2009 ވަނަ އަހަރު އެވެ. މިއީ ސަޓޯޝި ނަކަމޯޓޯ އޭނާގެ އަސްލު ނަން ސިއްރުކޮށްގެން އުފެއްދި ކްރިޕްޓޯ ކަރަންސީއެކެވެ.

  • 2011 ވަނަ އަހަރުން ފެށިގެން އެތައް އާ ކްރިޕްޓޯ ކަރަންސީތަކެއް ތައާރަފުވި އެވެ. މީގެ ތެރޭގައި އީތަރިއަމް، ރިޕަލް، ލައިޓްކޮއިން ފަދަ މަޝްހޫރު ކްރިޕްޓޯތައް ހިމެނެ އެވެ.

  • ކްރިޕްޓޯ ކަރަންސީގެ އަގު ވަރަށް ބޮޑަށް އަރައި ފައިބައެވެ. މިސާލަކަށް، 2017 ވަނަ އަހަރު ބިޓްކޮއިންގެ އަގު 20,000 ޑޮލަރަށް އަރާފައިވާއިރު، 2022 ވަނަ އަހަރު 69,000 ޑޮލަރުގެ އަގު ޖަހާފައިވެ އެވެ.

 ކްރިޕްޓޯގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި

  • އެއް ގައުމުން އަނެއް ގައުމަށް ފަސޭހައިން ފައިސާ ފޮނުވުން

  • އިންވެސްޓްމަންޓެއްގެ ގޮތުގައި ބޭނުންކުރުން

  • އޮންލައިން މުޢާމަލާތްތަކުގައި ބޭނުންކުރުން

  • ސްމާޓް ކޮންޓްރެކްޓްތައް ހެދުން

ގިނަ ގައުމުތަކުން ކްރިޕްޓޯ ކަރަންސީ، ގަވާއިދުތަކުގެ ތެރެއަށް ގެނައުމަށް މަސައްކަތްކުރަމުންދެ އެވެ. ބައެއް ޤައުމުތަކުން މުޅިން މަނާކޮށްފައިވާއިރު، އަނެއްބައި ގައުމުތަކުން ގާނޫނީ ހަމަތަކުގެ ދަށުން ހުއްދަކޮށްފައިވެ އެވެ.

މިވަގުތު ދުނިޔޭގައި 20,000 އަށްވުރެ ގިނަ ބާވަތުގެ ކްރިޕްޓޯ ކަރަންސީ ބޭނުންކުރެވެމުންދެ އެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު އަދި އަގުބޮޑު ކްރިޕްޓޯއަކީ ބިޓްކޮއިން އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް