މި ރިޕޯޓުގައި އަފްޣާނިސްތާނާ ބެހޭ ތަފްސީލު ކޭސް ސްޓަޑީއެއް ހިމެނެއެވެ. 2015/16 އިން 2022/23 އަށް ދިމާވި ހަމަނުޖެހުންތަކުގެ ތެރޭގައި އިތުރު 5.3 މިލިއަން މީހުން ފަޤީރުކަމަށް ވެއްޓުނެވެ. 2022/23 ގައި އަފްޣާނިސްތާނުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން ތިބީ ފަޤީރުކަމުގަ އެވެ.
ދުނިޔޭގެ 1.1 ބިލިއަން ފަގީރުންގެ ތެރެއިން 455 މިލިއަން އުޅެނީ ހަނގުރާމައިގެ މާހައުލުގައި
އދ. ގެ ތަރައްގީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި އޮކްސްފޯޑް ޔުނިވަރސިޓީގެ ފަގީރުކަމާއި އިންސާނީ ތަރައްގީއާ ބެހޭ އިނީޝިއޭޓިވް (އޯޕީއެޗްއައި) އިން ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ އެންމެ ފަހުގެ ދިރާސާއިން ދައްކާގޮތުގައި ދުނިޔޭގައި ގާތްގަނޑަކަށް 1.1 ބިލިއަން މީހުން ދިރިއުޅެމުންދަނީ ވަރަށް ފަގީރުކަމުގައެވެ. މީގެ ތެރެއިން 455 މިލިއަން މީހުން ދިރިއުޅެނީ ހަނގުރާމައިގެ މާހައުލުގައެވެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ހާލަތެއްކަމަށް ޔޫއެންޑީޕީން ބުނެ އެވެ.
މި ދިރާސާގައި 112 ގައުމެއްގެ 6.3 ބިލިއަން މީހުންގެ މައުލޫމާތު ހިމެނިފައިވެއެވެ. މީގެ ތެރެއިން 20 ގައުމަކުން ލިބިފައިވަނީ އާ ސަރވޭ ޑޭޓާ އެވެ. މި ދިރާސާގެ މައިގަނޑު ހޯދުންތަކުގެ ތެރޭގައި:
-
ހަނގުރާމައިގެ މާހައުލުގައި އުޅޭ މީހުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު (%34.8) ދިރިއުޅެނީ ފަގީރުކަމުގައެވެ. އެހެންނަމަވެސް، ނުރައްކާތެރިކަމެއް ނެތް މާހައުލުގައި އުޅޭ މީހުންގެ ތެރެއިން ކޮންމެ 9 މީހަކުން އެކަކު (%10.9) ދިރިއުޅެނީ ފަޤީރުކަމުގަ އެވެ.
-
ހަނގުރާމައިގެ މާހައުލުގައި އުޅޭ ފަގީރު މީހުންގެ ތެރެއިން ހަތަރު މީހަކުން އެކަކަށް (%25) ކަރަންޓުގެ ޚިދުމަތް ނުލިބެއެވެ. އެހެންނަމަވެސް، ނުރައްކާތެރިކަމެއް ނެތް މާހައުލުގައި އުޅޭ ފަގީރު މީހުންގެ ތެރެއިން 20 މީހަކުން އެކަކަށް (%5) ކަރަންޓުގެ ޚިދުމަތް ނުލިބެ އެވެ.
-
ހަނގުރާމައިގެ މާހައުލުގައި އުޅޭ ކުޑަކުދިންގެ ތެރެއިން %17.7 ކުދިންނަށް ތަޢުލީމު ނުލިބެއެވެ. އެހެންނަމަވެސް، ނުރައްކާތެރިކަމެއް ނެތް މާހައުލުގައި އުޅޭ ކުޑަކުދިންގެ ތެރެއިން %4.4 ކުދިންނަށް ތަޢުލީމު ނުލިބެއެވެ.
-
ހަނގުރާމައިގެ މާހައުލުގައި އުޅޭ މީހުންގެ ތެރެއިން %20.8 މީހުންނަށް ރަނގަޅު ކާނާ ނުލިބެއެވެ. އެހެންނަމަވެސް، ނުރައްކާތެރިކަމެއް ނެތް މާހައުލުގައި އުޅޭ މީހުންގެ ތެރެއިން %7.2 އިންސައްތަ މީހުންނަށް އެކަނި ރަނގަޅު ކާނާ ނުލިބެއެވެ.
ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރ އަޚިމް ސްޓެއިނަރ ވިދާޅުވެފައިވަނީ، ފަހަކަށް އައިސް ހަނގުރާމަތައް އިތުރުވެ، ގިނަ މީހުން މަރުވެ، ރެކޯޑު އަދަދެއްގެ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާއިރު، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
-
"އަޅުގަނޑުމެންގެ އާ ދިރާސާއިން ދައްކާގޮތުގައި މަލްޓިޑައިމެންޝަނަލް ފަޤީރުކަމުގައި އުޅޭ 1.1 ބިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އުޅެނީ ހަނގުރާމައިގެ މާހައުލުގަ. އަޅުގަނޑުމެން އެބަޖެހޭ މި މީހުންނަށް އެހީތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން."
އޮކްސްފޯޑް ޔުނިވަރސިޓީގެ ފަގީރުކަމާއި އިންސާނީ ތަރައްޤީއާ ބެހޭ އިނީޝިއޭޓިވްގެ ޑިރެކްޓަރ ސަބީނާ އަލްކައިރް ވިދާޅުވެފައިވަނީ، މި ދިރާސާއިން ދައްކައިދެނީ ހަނގުރާމައިގެ މާހައުލުގައި އުޅޭ ފަގީރުންގެ ހާލަތު ވަރަށް ދަށްކަމެވެ. އަދި ފަޤީރުކަމުގެ ހާލަތު އެންމެ ބޮޑަށް ރަނގަޅުވަމުންދަނީ އެންމެ ލަހުން ހަނގުރާމައިގެ މާހައުލުގައި އުޅޭ މީހުންގެ މެދުގައެވެ.
Imagine a world without poverty - where everyone has equal rights and opportunities.
— UN Development (@UNDP) October 17, 2024
The #GlobalGoals are a guide to make this vision a reality.
This #EndPoverty Day and every day, let's build a more equitable world where no one is left behind. pic.twitter.com/QtrLla3K0V
މި ދިރާސާގެ އިތުރު ހޯދުންތަކުގެ ތެރޭގައި:
-
ފަގީރުކަމުގައި އުޅޭ 1.1 ބިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި (584 މިލިއަން) އަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
-
ދުނިޔޭގެ ކުޑަކުދިންގެ ތެރެއިން 27.9 އިންސައްތަ ކުދިން ދިރިއުޅެނީ ފަޤީރުކަމުގައެވެ. ބޮޑެތި މީހުންގެ ތެރެއިން 13.5 އިންސައްތަ މީހުން ދިރިއުޅެނީ ފަޤީރުކަމުގައެވެ.
-
ފަގީރުކަމުގައި އުޅޭ 1.1 ބިލިއަން މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަށް އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް (828 މިލިއަން)، ގެދޮރު (886 މިލިއަން) އަދި ކެއްކުމަށް ބޭނުންކުރާ ތެލުގެ ބާވަތްތައް (998 މިލިއަން) ނުލިބެއެވެ.
-
ފަޤީރުކަމުގައި އުޅޭ 1.1 ބިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން (637 މިލިއަން) ދިރިއުޅެނީ އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހަކާއެކުގަ އެވެ.
މި ދިރާސާއިން ދައްކާގޮތުގައި ހަނގުރާމައާއި ފަގީރުކަމާ ދެމެދު ވަރަށް ގާތް ގުޅުމެއް ވެއެވެ. އެހެންކަމުން، ފަޤީރުކަން ނައްތާލުމަށް މަސައްކަތްކުރާއިރު، ހަނގުރާމަ ހުއްޓުވުމަށާއި ހަމަޖެހުން ގާއިމުކުރުމަށް ވެސް މަސައްކަތްކުރަން ޖެހެއެވެ.