ލަންކާގައި ގާއިމު ކުރި ވެހިކަލް އެސެމްބުލް ކުރާ ޕްލާންޓް: އަހަރަކު 50،000 ވެހިކަލް ބާޒާރަށް ނެރެވޭނެ

ސްރީ ލަންކާ

ލަންކާގައި އަހަރަކު 50،000 ވެހިކަލް އެސެމްބުލް ކުރެވޭ ބޮޑު ޕްލާންޓެއް ހުޅުވައިފި

18 ސެޕްޓެމްބަރު 2024

ސްރީލަންކާގެ ހުޅަނގު އުތުރު ޕްރޮވިންސްގައި 27 މިލިއަން ޑޮލަރުގެ ވެހިކަލް އެސެމްބުލް ކުރާ ޕްލާންޓެއް ގާއިމުކޮށް ރައީސް ރަނިލް ވިކްރަމަސިންހަ އެ ޕްލާންޓް އިއްޔެ ހުޅުވައި ދެއްވައިފި އެވެ. 

ރައީސް އޮފީހުގެ މީޑިއާ ޔުނިޓުން ނެރުނު ބަޔާނެއްގައި ބުނީ ފެކްޓްރީއަށް އެންމެ ފުރަތަމަ އެސެމްބަލް ކުރާ ވެހިކަލަކީ 15 މީހުންގެ ޖާގައިގެ ޕެސެންޖަރު ވޭނެއް ކަމަށާއި އެ ވެހިކަލް މި މަސް ނިމުމުގެ ކުރިން ބާޒާރަށް ނެރޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ބައިނަލްއަގްވާމީ ސިނާއަތުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ފެސިލިޓީގައި ވޮކޭޝަނަލް ޓްރެއިނިން އިންސްޓިޓިއުޓެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި ޒުވާނުންނަށް ލަންކާއިން ބޭރުގައި ވަޒީފާގެ ފުރުސަތުތަކަށް ލިބޭނެ ފަދަ ހުނަރުތައް ހޯދުމުގެ ފުރުސަތު އެ ތަނުން ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ފެކްޓްރީއަކީ އަހަރަކު 50،000 ވެހިކަލް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ފެކްޓްރީއެއް ކަމަށާއި އެކަމުގެ ސަބަބުން ލަންކާގެ އެކްސްޕޯޓް ދާއިރާ ހަރުދަނާވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް