މިދިޔަ ހުކުރު ދުވަހު ބަންގްލަދޭޝް ސަރުކާރުން ވަނީ ސޯޝަލް މީޑިއާގެ ބޮޑެތި އެޕްލިކޭޝަންތަކާއި މުވާސަލާތީ ޕްލެޓްފޯމްތައް މުޅި ގައުމުގައި މަނާކޮށްފައި.
ބަންގްލަދޭޝްގައި ޓިކްޓޮކާއި އިންސްޓަގްރާމާއި ޔޫޓިއުބާއި ވަޓްސްއެޕް މަނާކޮށްފި
ޔޫޓިއުބް، ވަޓްސްއެޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ މަޝްހޫރު ސޯޝަލް މީޑިއާ ސައިޓްތައް ބަންގްލަދޭޝްގައި މަނާކޮށްފި އެވެ.
ހުކުރު ދުވަހު އެކަން އިއުލާން ކުރުމާ އެކު ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި، މަގުބޫލު އެ ސޯޝަލް ނެޓްވޯކްތަކަށް ވަނުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
'ގްލޯބަލް އައިސް ނިއުސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސައިޓްތަކަށް ވަނުމުގެ ފުރުސަތު ހަނިކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. އަދި އެ ދުވަހުން ފެށިގެން ސޯޝަލް ނެޓްވޯކިން ސައިޓަކަށް ވަނުމަށް ވަނީ ހުރަސް އަޅައިފަ އެވެ.
ބަންގްލަދޭޝް އިން އެ ފިޔަވަޅު އެޅީ ތުރުކީގައި އިންސްޓަގްރާމް ބޭނުން ކުރުން މަނާ ކުރުމަށް ފަހު، އެކަމުން ފިލާވަޅު ލިބިގެން ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ތުރުކީގައި އެ ފިޔަވަޅު އެޅީ، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަަވަހާރަކޮށްލި މައްސަލާގައި އެ ޕްލެޓްފޯމްގައި ޝެއާކުރާ ކޮންޓެންޓާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ފާޑުކިޔުންތަކާ ގުޅިގެން ތުރުކީން އިންސްޓަގްރާމް މަނާކުރުމުންނެވެ.
ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަލަބޮލިކަމުގެ ތެރޭގައި މޮބައިލް އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކަށް ފޭސްބުކާއި މެސެންޖާގެ ހިދުމަތް ކެނޑުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ޑެއިލީ ސްޓާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
މިއީ ހީކުރި ކަމެއް ނޫނެވެ. މިދިޔަ 31 ޖުލައިގައި ބަންގްލަދޭޝް ސަރުކާރުން ވަނީ ފޭސްބުކް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ދެކޮޅަށް އެޅި ފިޔަވަޅު އުވާލައިފަ އެވެ. އެ ލުއި ދިނީ އެ ގައުމުގައި އިއުލާން ކުރި ކާފިއުއަށް ލުއި ދިނުމަށް ފަހު އެވެ.
ހަސީނާގެ ބޮޑުވަޒީރު ކަމުގައި ދެ ވަނަ ފަހަރަށް ތައާރަފު ކުރި ކޯޓާ ނިޒާ ގުޅިގެން ގުޅިގެން ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އެއާ އެކު އިންޓަނެޓްގެ ހިދުމަތަށް ވަނީ ބުރޫ އަރައިފަ އެވެ.