ކެންޔާ: މާޗް 26، 2023: ކެންޔާގެ ފުލުހުންގެ އާ އިންސްޕެކްޓާ ޖެނެރަލް ޖަފެތު ކޫމް އެންޗެބަރޭ ނައިރޯބީގައި ވާހަކަ ދައްކަވަނީ. ފުލުހުންގެ ވެރިޔާ އިސްތިއުފާ ދެއްވީ މިދިޔަ އިއްޔެ

ކެންޔާ

ފުލުހުންގެ އަނިޔާވެރިކަން ހާމަވުމުން ކެންޔާގެ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ޗައިނާ ފަދަ ލޯނުދޭ ފަރާތްތަކަށް ކެންޔާއަށް ނަގާފައިވާ 80 ބިލިއަން ޑޮލަރުގެ ދައުލަތުގެ ދަރަނި ދެެެއްކޭނެ ގޮތެއް ނެތް
13 ޖުލައި 2024

ޓެކްސް ބޮޑުކުރުމުގެ ބިލް ފާސް ކުރުމުން އުފެދިފައިވާ މުޒާހަރާތަކާ ގުޅިގެން ފުލުހުންގެ އަނިޔާވެރިކަމުގެ ކަންބޮޑުވުންތަކަށް އިޖާބަ ދެއްވުމުގެ ގޮތުން އެގައުމުގެ ރައީސް ކޮމެންޓް ކުރެއްވުމުން ފުލުހުންގެ ވެރިޔާ އިސްތިއުފާ ދެއްވައިފި އެވެ.

ޓެކްސް ބޮޑު ކުރުމަށް ހުށަހަޅާފައިވާ ބިލް ފާސް ކުރުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ މަޖިލީހުގެ ތެރެއަށް ވަދެގެންފަ އެވެ. އަދި އެއާ އެކު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ބިންގަރާހުގެ ގޮތުގައި ހަދާފައިވާ މަގަކުން ނުކުމެގެން ފިލައިފަ އެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ މަގުމަތީގައި މުޒާހަރާ ކުރަން ތިބި މީހުންގެ ގަޔަށް ބަޑިޖަހައިފަ އެވެ. އެ މުޒާހަރާތައް މިހާރު ވަނީ ރައީސް ވިލިއަމް ރޫޓޯގެ އިސްތިއުފާއަށް ގޮވާ މުޒާހަރާއަކަށް ބަދަލުވެފަ އެވެ.

އިޖުތިމާއީ ނުރުހުންތަކަށް ރައްދު ދޭން ރޫޓޯ މަސައްކަތް ކުރެއްވީ ގިނަ ފިޔަވަޅުތަކަކާ އެކުގަ އެވެ. ޓެކްސް ބޮޑުކުރުމުގެ ހުށަހެޅުން އަނބުރާ ގެންދެވުމަށް ފަހު، ބުރާސްފަތި ދުވަހު ވަނީ ފޮރިން މިނިސްޓަރު ފިޔަވައި މުޅި ކެބިނެޓްގެ ހުރިހާ ވަޒީރުން މަގާމުން ވަކިކުރައްވައިފަ އެވެ. އަދި ހަރުދަނާ ސަރުކާރެއް އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

އިއްޔެ ރައީސް ރޫޓޯ ވަނީ އިންސްޕެކްޓާ ޖެނެރަލް ޖެފެޓް ކޫމްގެ އިސްތިއުފާ ގަބޫލުކުރައްވައިފަ އެވެ. ރިޔާސީ އޮފީހުން ބުނީ ކޫމްގެ ބަދަލުގައި ދެން އެމަގާމު ވަގުތީ ގޮތުން އަދާ ކުރާނީ އޭނާ ޑެޕިއުޓީ ޑަގްލަސް ކަންޖާ ކަމަށެވެ.

އެފްރިކާގެ ސަރަހައްދީ ލީޑަރެއްގެ ގޮތުގައި އާންމުކޮށް ދެކޭ ގައުމެއްގައި އިޖުތިމާއީ ހަމަނުޖެހުންތައް ހިނގަމުން ދަނީ އެ ގައުމުގެ ބޮޑުމިނާއި ސިޔާސީ ހަމަޖެހުމުގެ ސަބަބުންނެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ އާއި އެހެނިހެން ކަންކަމުގައި ހުޅަނގުގެ ގައުމުތަކުގެ އެންމެ އިސް ބައިވެރިއަކީ ވެސް ކެންޔާ އެވެ. ކެންޔާއަކީ ބައިނަލްއަގްވާމީ ގޮތުން ލީޑް ރޯލް ކުޅޭ ގައުމެކެވެ. އެގޮތުން އެ ގައުމުގެ 400 ފުލުހުން ވަނީ ފާއިތުވި ހަފުތާތަކުގައި ހަމަނުޖެހުންތައް ހިނގި ހެއިޓީއަށް ގޮސް، އދ.ގެ ތާއީދު ލިބޭ މަލްޓިނޭޝަނަލް ފޯސްއެއް ހިންގުމަށް މަސައްކަތްކޮށްފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ތުހުމަތު ކުރާ ގޮތުގައި ކެންޔާގެ ފުލުހުން، ދާދި ފަހުން ކުރި މުޒާހަރާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން މީހުން ވަގަށް ނެގުމާއި ގާނޫނާ ހިލާފަށް މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އަދި ފުލުހުންގެ އަމަލުތައް ބެލުމަށް އެހީތެރިވެދޭނެ ބަޔާންތައް ނެގުމަށް މިނިވަން އޯވަސައިޓް ބޮޑީއަކުން ވަނީ އަންގައިފަ އެވެ.

ވެރިރަށް ނައިރޯބީގެ ފަގީރު ސަރަހައްދެއްކަމަށްވާ، މުކުރު ކްވާ އެންޖެންގާ ކައިރީގައި ހުރި ތަނަކުން ހަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އިތުރު މީހުންގެ ހަށިގަނޑުތަކުގެ ބައިތައް ވެސް ފެނިފައިވެ އެވެ. ފުލުހުން ބުނީ އެ ހަ މީހުންނަކީ ވެސް އަންހެން މީހުން ކަމަށާއި އެ މީހުން މަރާލާފައި ވަނީ އެފަދަ ގޮތަކަށް ކަމަށް ބެލެވޭ ކަމަށެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އިތުރު މީހުންގެ ހަށިތައް ފެނިފައިވާ ކަމަށް ބުނުމާ އެކު، ރިކަވަރީ އޮޕަރޭޝަން މިއަދު ވެސް ކުރިއަށް ދާނެ އެވެ.

ނައިރޯބީގެ ބޭރުގައި އޮންނަ އެހެން ތަނައްގައި ދަރިވަރަކު މަރުވުވެފައި އޮތްތަން ފެނުމުން ނިވާސިޓީގެ އެތައް ސަތޭކަ ދަރިވަރުންތަކެެއް ނުކުމެ ހުކުރު ދުވަހު ބޮޑު ހައިވޭއެއް ވަނީ ބަންދުކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި ފުލުހުން އޭނާ މަރާލީ ޖޫން މަހުގެ 25 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި އޭނާ މަޖިލީހުގެ ތެރޭގައި ހުރި ވީޑިއޯއެއް އާންމުކުރުމުންނެވެ.

މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުން ފެށިގެން މުޒާހަރާގެ ބައިވެރިން ވަނީ، ޓެކުހާއި ދިރިއުޅުމުގެ ހަރަދު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ނާގާބިލުކަމާއި ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން އިންތިހާއަށް ގޮސްފައިވާ ކަމަށް ބުނެ، ވަޒީރުން މަގާމުން ވަކިކުރުމަށް ގޮވާލަމުންނެވެ.

ރޫޓޯ އެންމެ ފުރަތަމަ ބޭނުންވި ފައިނޭންސް ބިލް މުޒާހަރާގެ ބައިވެރިންގެ ޕްރެޝަރާ ހެދި ބަލައިނުގަތުމަށް މަޖުބޫރުވުމުން ކެންޔާގެ ދަރަނި އިތުރަށް ބޮޑުވާނެ އެވެ.

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ޗައިނާ ފަދަ ލޯނުދޭ ފަރާތްތަކަށް ކެންޔާއަށް ނަގާފައިވާ 80 ބިލިއަން ޑޮލަރުގެ ދައުލަތުގެ ދަރަނި އަނބުރާ ދެއްކޭނެ ގޮތަށް ޓެކްސް ތައާރަފު ކުރުމަށް އޭނާ ކުރެއްވި މަސައްކަތާ ގުޅިގެން ރޫޓޯ ވަނީ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ވަރަށް މަގުބޫލުކަން ކުޑަ ލީޑަރަކަށް ބަދަލުވެފަ އެވެ.

އިސްތިއުފާ ދެއްވުމަށް އާންމުންގެ ގޮވުންތަކާ ކުރިމަތިލާން ޖެހިފައިވާ ރޫޓޯ ވިދާޅުވީ ބަޖެޓް ދަރަނީގެ ގޮތުގައި އޮތް 2.7 ބިލިއަން ޑޮލަރުގެ ބަޖެޓް ޑެފިސިޓް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، ބާކީ ހުރި ފައިސާ ދަރަންޏަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެދަރަނި ހޯދާ ތަނެއް ވިދާޅެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް