އަދާނީ އަދި ވިންޑް ފާމްގެ ފޮޓޯއެއް
ސްރީ ލަންކާގައި ވިންޑް ޕަވަރުން އުފައްދާ ކަރަންޓް ކިލޯ ވޯޓެއް 8 ސެންޓުގެ ރޭޓުން ގަތުމަށް ރުހުންދީފި
އިންޑިއާގެ އަދާނީ ގްރޫޕުން ސްރީ ލަންކާގެ އުތުރުން ޖަފުނާ އޭރިއާގެ މަންނާރާއި ޕޫނެރިންގައި ވިންޑް ޕަވާ ސްޓޭޝަންތައް ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓަށް ކިލޯ ވޯޓެއް 8 ސެންޓުގެ ރޭޓުން ގަތުމަށް ލަންކާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ފޮރިން އެކްސްޗޭންޖް ރޭޓަށް ނިސްބަތްކޮށް ސްރީލަންކާ ރުޕީސް އިން ފައިސާ ދައްކާ ގޮތަށް އެއްބަސްވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ވިންޑް ޕަވާ ސްޓޭޝަންތައް ތަރައްގީ ކުރުމަށް އިންޑިއާގެ އަދާނީ ގްރީން އެނާޖީ ލިމިޓެޑާ އެކު އެއްބަސްވުމެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ރުހުން ދީފައިވަނީ 2022 ވަނަ އަހަރު އެވެ. އަގުތައް ފާސްކޮށްފައިވަނީ އަދާނީ ގްރީން އެނާޖީ ލިމިޓެޑުން ހުށަހަޅާފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށް އެކުލަވާލި ނެގޯޝިއޭޝަން ކޮމިޓީގެ ލަފާގެ މަތިންނެވެ.
މީގެ އިތުރުން 20 އަހަރުގެ މުއްދަތަށް އަދާނީ ގްރީން އެނާޖީ އެސްއެލް ލިމިޓެޑާ މި ޓެންޑަރު ހަވާލުކުރުމަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.
ކޮމެންޓް (1)
އަލްމަކްތަބް