ވާޖީނިއާގެ ރިޗްމަންޑްގައި ކުރީގެ ރައީސް ތަގުރީރު ކުރައްވާ އަޑު އަހަން އެތައް ހާސް ބަޔަކު އެތައް ގަޑިއިރެއް ވަންދެން ކިޔޫގައި

އެމެރިކާ

މިސޫރީ، މިޝިގަން، އިޑާހޯ ކޮކަސްގެ ޕްރައިމަރީ ޓްރަމްޕް ކާމިޔާބު ކުރެއްވުމަށް ފަހު ރިޔާސީ ރޭހާ ކައިރިއަށް ޖެހިލައިފި

ގެތިފައިވާ ދާއިރާތަކެއްގެ ޕްރައިމަރީތައް ކާމިޔާބު ކުރައްވައި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޕާޓީގެ ކެންޑިޑޭޓަކަށް ވެވަޑައިގަތުމާ އިތުރަށް ގާތަށް ޖެހިވަޑައިގެންފަ އެވެ. އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކަށް ވެވަޑައިގަތުމާ ގާތަށް ޖެހިވަައިގަތް އިރު، އޭނާ ވަނީ އޭނާގެ ވާދަވެރިޔާ ރައީސް ޖޯ ބައިޑަންއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

ކުރީގެ ރައީސް ވަނީ، މިސޫރީ، މިޝިގަން އަދި އިޑާހޯ ކޮކަސްގެ ޕްރައިމަރީ ފުޅާ ދާއިރާއެއްގައި ކާމިޔާބު ކުރައްވައިފަ އެވެ. އަދި ސްޓޭޓްތައް ކާމިޔާބު ކުރެއްވުމާ އިތުރަށް ގާތަށް ޖެހިވަޑައިގެންފަ އެވެ.

ޓްރަމްޕް،77، ވާޖީނިއާގައި ބޭއްވި އެއްވުމެއްގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ ބާރު ސްޕީޑްގައި ޕާޓީގެ ޕްރައިމަރީ ކާމިޔާ ބުރެެއްވުމާ ދިމާއަށް ދަތުރު ކުރައްވަމުން އަންނަ ކަމަށެވެ.

އޭނާ ހުންނެވީ އަންނަ ހަފުތާގައި އެކަން ކަށަވަރު ކުރުމުގެ މަގުމަތީގަ އެވެ.

މި ރޭހުގައި ޓްރަމްޕާ އެކު މިހާރު ވާދަ ކުރައްވާ އެންމެ ފަހުގެ ކެންޑިޑޭޓަކީ ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ އެވެ. އަދި ޓްރަމްޕް ކާމިޔާބީއަށް ދަތުރު ކުރައްވަމުން ގެންދަވާ އިރު، ޓްރަމްޕަށް ލިބިވަޑައިގެންނެވި ބޮޑު ލީޑަކާ އެކު ނޮމިނޭޝަންގެ މަގު ސީދާ ސާފެއް ނުވެ އެވެ.

ބީބީސީގެ އެމެރިކާގެ ޕާޓްނަރު ސީބީއެސް ނިއުސް އިން ބުނި ގޮތުގައި މިސޫރީގެ ހުރިހާ މަންދޫބުންނާއި އިޑާހޯގައި ތިއްބެވި ހުރިހާ މަންދޫބުންގެ އިތުރުން މިޝިގަންގައި ބާކީ ތިބި ހުރިހާ މަންދޫބުން ވެސް އޭނާ ކާމިޔާބު ކުރައްވާނެ އެވެ.

މަންދޫބުން އެ ޕާޓީގެ ގައުމީ ކޮންވެންޝަންގައި އެ މީހުންގެ ސްޓޭޓް ނުވަތަ ޑިސްޓްރިކްޓް ތަމްސީލުކޮށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކާކުކަން ކަނޑައަޅަ އެވެ. ސީބީއެސް އިން ބުނި ގޮތުގައި މިހާތަނަށް ޓްރަމްޕް ވަނީ ރިޕަބްލިކަން ޕާޓީގެ 247 މަންދޫބުން ހޯއްދަވައިފަ އެވެ. އެއީ ހޭލީއަށް ލިބިވަޑައިގަތް އަދަދު 24 އަށް ވުރެ އެތައް ގުނަ އިތުރު އަދަދެކެވެ.

ވާޖީނިއާގެ ވެރިރަށް ރިޗްމަންޑްގައި ހޮނިހިރު ދުވަހު ޓްރަމްޕް ވާހަކަ ދައްކެވި އަޑު އަހަން އެތައް ހާސް ބަޔަކު އެތައް ގަޑިއިރެއް ވަންދެން ކިޔޫގައި ތިއްބެވެ. އަންގާރަ ދުވަހު 15 ސްޓޭޓަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ހަމަޖެހިފައިވާ އިރު، އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކަށް ޓްރަމްޕް ހޮވާނެ ކަމަށް އޭނާ ވަނީ ޔަގީން ކުރައްވަ އެވެ.

"ގަބޫލު ނުކުރެވޭ ވަރުގެ ނަންބަރުތަކެއް މިއަދު އަހަންނަށް ވަނީ ލިބިފައި،" ޓްރަމްޕް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް