އެމެރިކާގެ މިހާރުގެ ރައީސް ބައިޑެން (ވ) އަދި އެ މަނިކުފާނާ ވާދަކުރައްވާނެ ކަމަށް ބެލެވޭ ޓްރަމްޕް.

އެމެރިކާ

އެމެރިކާގެ ރިޔާސީ އިންތިހާބު ބައިޑެން އާއި ޓްރަމްޕުގެ ކުރިމަތިލުމަކަށް

އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިހާރު ފަށާފައިވާ ޕްރައިމަރީތަކުގައި، ރޭހުގައި ބާކީ ހުރި ވާދަވެރިޔާ، ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ ބަލިކުރައްވައި ނިއު ހެމްޕްޝަޔާގެ ޕްރައިމަރީ ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފި އެވެ.

އެ ކާމިޔާބީގެ މާނަ އަކީ، ކެމްޕެއިން ނިމުމަކަށް ގެނައުމަށް ހޭލީ އަދިވެސް ބޭނުން ނުވިޔަސް، ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ގާތްގަނޑަކަށް ނިމި، ޓްރަމްޕަށް ޓިކެޓް ޔަގީންވެފައިވުމެވެ.

އެންމެ ފަހުގެ ނަތީޖާތަކާ އެކު، އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިހާބަކީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، މިހާރުގެ ރައީސް ޖޯ ބައިޑަން އާއި ކުރީގެ ރައީސް ޓްރަމްޕްގެ ދެ ވަނަ ކުރިމަތިލުމަށް ވާނެ ކަމަށް މާ ބޮޑަށް ވެސް ބެލެވެ އެވެ.

ނިއު ހެމްޕްޝަޔާގައި ޓްރަމްޕް ހޯއްދެވި ކާމިޔާބީ އަކީ ދާދި ފަހުގެ ޕޯލްތަކުން އަންދާޒާކުރި 20 ޕޮއިންޓުގެ ފަރަގާ މާ ބޮޑު ތަފާތެއް ނެތް ނަމަވެސް، ރޭހުގެ މިހާރުގެ މިސްރާބު ދަމަހައްޓަން ފުދޭ ވަރަށް ވުރެ ބޮޑު ކާމިޔާބީއަކަށް ވާން ޖެހެ އެވެ.

އަޔޯވާގެ ފުރަތަމަ ރޭހުން ޓްރަމްޕް މޮޅުވީ ބޮޑު ތަފާތަކުންނެވެ. އަދި ރިޕަބްލިކަން ޕްރައިމަރީ ކަލަންޑަރުގައި ކުރިއަށް ހުރި ސްޓޭޓްތައް ނިއު ހެމްޕްޝަޔާއަށް ވުރެ ޓްރަމްޕަށް ފަސޭހަ ވާނެ ކަމަށް ބެލެވެ އެވެ. އެއާ އެކު، ނޮމިނޭޝަނާ ދިމާލަށް އޭނާ ކުރައްވާ ދަތުރު ނިމުކަށް އަންނާނެ އެވެ.

އެތައް މަހެއްވަންދެން ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ރިޕަބްލިކަން ޕާޓީއަކީ އަދިވެސް ޑޮނަލްޑް ޓްރަމްޕްގެ ޕާޓީ އެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވުމާ ދިމާލަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ ދަތުރަށް ހުރަސް އެޅުމަށް ނިއު ހެމްޕްޝަޔަރަކީ ހޭލީއަށް ލިބިވަޑައިގެންނެވި އެންމެ ރަނގަޅު ފުރުސަތެވެ.

ހެލީ މިހާރު ބައްލަވަނީ އަންނަ މަހު އޭނާގެ އުފަން ސްޓޭޓް ކަމަށްވާ ސައުތު ކެރޮލައިނާގައި ބާއްވާ ޕްރައިމަރީ އަށެވެ. ނަމަވެސް، އޭނާގެ އަމިއްލަ ވަޒަނުން އެ ވަރުގެ ތަރުހީބެއް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ސައުތު ކެރޮލައިނާގެ ރިޕަބްލިކަން ޕާޓީގެ ގިނަ ބައެއްގެ ތާއީދު ޓްރަމްޕަށް ލިބިފައިވާ އިރު، ޓްރަމްޕަށް ވަނީ އިންތިހާބުގައި ބޮޑު ލީޑެއް ލިބިފަ އެވެ. އެއީ އަންގާރަ ދުވަހުގެ ރޭ ދެއްވި ތަގުރީރުގައި ކުރީގެ ރައީސް ވަރަށް އަވަހަށް ފާހަގަކުރެއްވި ނުކުތާއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް