ކެރެލާއަކީ އިންޑިއާގައި އެންމެ ގިނަައިން ކޮވިޑަށް ޓެސްޓް ކުރާ ސްޓޭޓް

އިންޑިއާ

ކޮވިޑް އިތުރުވިއަސް ކަންބޮޑުނުވަން ކެރެލާއިން އިލްތިމާސްކޮށްފި

18 ޑިސެމްބަރު 2023

އިންޑިއާގެ ކެރެލާ ސްޓޭޓުގައި ކޮވިޑުގެ ކޭސްތައް އިތުރުވެ، ރައްކާތެރިވުމަށް އިލްތިމާސްކޮށްފި އެވެ. ނަމަވެސް، ހާސްވެ، ކަންބޮޑު ނުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންޑިއާގެ ދެކުނުގެ އެ ސްޓޭޓްގައި ކޮވިޑް-19ގެ ސަބް ވޭރިއަންޓް، ޖޭއެން.1 ފެނި، ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. 

މީގެ ކުރިން ވެސް އެމެރިކާ އާއި ޗައިނާގެ އިތުރުން ގިނަ ގައުމުތަކަކުން ކޮވިޑް ކޭސްތައް ވަނީ ފެނިފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނީ ހުއްދަ ދީފައިވާ ކޮވިޑް-19ގެ ހުރިހާ ވެކްސިނަކުން ވެސް ޖޭއެން.1 އިން ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

ކެރެލާގައި މިވަގުތު ކޮވިޑް-19 ތަހައްމަލު ކުރަމުންދާ 1،324 މީހުން އެބަތިއްބެވެ. އަދި ހޮނިހިރު ދުވަހު ވަނީ އެ ބަލީގައި ހަތަރު މީހަކު މަރުވެފަ އެވެ. އޮފިޝަލުން ވަނީ އެ ސްޓޭޓްގައި ޓެސްޓް ކުރާ ރޭޓް މަތި ކަމަށް ބުނެފަ އެވެ.

ނަމަވެސް، އޭގެ ތެރެއިން ޖޭއެން.1އާ ގުޅުން ހުރީ ކިތައް ކޭސް ކަމެއް ސާފެއް ނުވެ އެވެ. 

އެ ސްޓޭޓްގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ ކަންބޮޑުވާން ނުޖެހޭ ކަމަށާއި ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ކެރެލާއިން ޖޭއެން.1 ސަބް ވޭރިއަންޓް ފެނިފައިވަނީ ޕޮޒިޓިވް އާރްޓީ-ޕީސީއާރު ޓެސްޓު ސާމްޕަލްއަކުން ކަމަށް އޮފިޝަލުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް