ގާޒާއަށް އިޒްރޭލުން ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި ދުން އަރަނީ.

ގާޒާގައި ފަލަސްތީނުގެ 700 ކުދިން މަރުވިކަމުގެ ރިޕޯޓު ލިބިފައިވޭ: ޔުނިސެފް

އަނިޔާވެފައިވާ ފަަލަސްތީނު ކުޑަކުދިންގެ އަދަދު އުޅެނީ 2،000 އިން މަތީގައި
14 އޮކްޓޯބަރު 2023

ހަމާސް-އިޒްރޭލު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ގާޒާގައި 700 އަށް ވުރެ ގިނަ ކުދިން މަރުވެ، އިތުރު 2،450 ކުދިންނަށް އަނިޔާވެފައިވާ ކަމަށް، ސަރަހައްދީ ފަރާތްތަކާ ހަވާލާދީ އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ޗިލްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފި އެވެ.

"ސަރަހައްދީ ސިއްހީ އިދާރާތަކާއި މީޑިއާތަކުގެ އެންމެ ފަހުގެ ރިޕޯޓުތަކުގެ މައްޗަށް ބަލާއިރު؛ މަދުވެގެން 2،215 ފަލަސްތީނު ރައްޔިތުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވޭ. މީގެ ތެރޭގައި 700 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ. އަދި 8،714 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވޭ. މީގެ ތެރޭގައި 2،450 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ،" ހޮނިހިރު ދުވަހު ޔުނިސެފްގެ ފަރާތުން ވާހަކަ ދެއްކެވި ސާރާ އަލް ހައްތާބް ސީއެންއެންއަށް ވިދާޅުވި އެވެ. 

ހޮނިހިރު ދުވަހު ޔުނިސެފް އިން މި އަދަދުތައް ހާމަކޮށްފައި މިވަނީ އެ ޖަމާއަތުން އޭގެ އެއް ދުވަސް ކުރިން "އެތައް ސަތޭކަ ކުޑަކުދިންނަށް އަނިޔާވެ އެތައް ސަތޭކަ ކުޑަކުދިން މަރުވެފައިވާ" ކަމަށް ބުނެ ބަޔާނެއް ނެރެފައި ވަނިކޮށެވެ. އަދި ހިނގަމުންދާ ކޮންމެ ގަޑިއިރަކު މި އަދަދުތައް އިތުރުވަމުން ދާ ކަމަށް ޔުނިސެފް އިން ހުކުރު ދުވަހު ބުންޏެވެ.

"ކުޑަކުދިން މެރުން ހުއްޓަން ޖެހޭ،" ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވި އެވެ.

"ފޮޓޯތަކާއި ވާހަކަތައް ސާފު: ވަރަށް ބޮޑަށް ފިހިފައިވާ ކުޑަކުދިން، ވަޒަން އަރާ  އަނިޔާވެފައި، ގުނަވަންތައް ގެއްލިފައި.  އެމީހުންނަށް ފަރުވާ ނުދެވޭ ވަރަށް ހޮސްޕިޓަލުތައް ވަނީ ފުރިފައި."

އެލްޑާގެ ވާހަކައިގައި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ކުޑަކުދިން އަނބުރާ އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމަށް ވަނީ ގޮވާލައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް