އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. (ފޮޓޯ/އޭއެފްޕީ)

ނަރެންދުރަ މޯދީ

މޯދީގެ ފޮޓޯއެއް ވީދާލި މީހަކު ޖޫރިމަނާކޮށްފި

އިންޑިއާގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް 2017 ވަނަ އަހަރު ކުރި މުޒާހަރާއެއްގެ ތެރެއިން، އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ ކޮޓަރިއަށް ވަދެ، އެ ތަނުގައި ހުރި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯއެއް ވީދާލި ކަމަށް ބުނާ މައްސަލައެއްގައި ކޮންގްރެސް ޕާޓީގެ މެމްބަރު އަނަންތު ޕަޓޭލް، ގުޖުރާތުގެ ކޯޓަކުން 99 ރުޕީ އިން ޖޫރިމަނާކޮށްފި އެވެ.

އޭނާގެ މައްޗަށް ޖިނާއީ ކުށް ސާބިތުވާ ކަމަށް ކަމަށް ކޯޓުން ނިންމައި ވަނީ ހުކުމްކޮށްފަ އެވެ.

ޕަޓޭލް އާއި ޔޫތު ކޮންގްރެސްގެ މެމްބަރުން ހިމެނޭ ގޮތަށް އިތުރު ހަ މީހެއްގެ މައްޗަށް ގަސްތުގައި އިހާނެތިކޮށް ހިތުމުގެ ކުށުގެ ދައުވާ ޖަލާލްޕޫރުގެ ފުލުހުން ވަނީ މެއި 2017ގައި އުފުލައިފަ އެވެ.

ޕަޓޭލް އާއި އެހެން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، ނަވަސަރީ އެގްރިކަލްޗާ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ އޮފީހަށް ދަރިވަރުން ވަދެ، ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގައި ވައިސް ޗާންސެލަރުގެ މޭޒުމަތީގައި ބަހައްޓާފައި ހުރި ބޮޑުވަޒީރު މޯދީގެ ފޮޓޯއެއް ވީދާލި ކަމަށް ތުހުމަތު ކުރި އެވެ.

އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 99 ރުޕީ އިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ޖޫރިމަނާ ނުދައްކައިފި ނަމަ، ހަތް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޕަޓޭލްގެ މައްޗަށް އިންޑިއާގެ ގާނޫނުލްއުގޫބާތުގެ ދަށުން އެންމެ މަތީ އަދަބެއް ދިނުމަށް ދައުލަތުން އެދުނެވެ. އެއީ ތިން މަސްދުވަހަށް ޖަލަށްލުމާއި 500 ރުޕީ އިން ޖޫރިމަނާ ކުރުމަށެވެ. ނަމަވެސް، ކޯޓުން ނިންމީ 99 ރުޕީ އިން ޖޫރިމަނާ ކުރުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް