އައިޝަތު ޝިހާމްގެ އިންޓަވިއު: މިނިސްޓްރީން ޖަވާބުދާރީވުން

18 ޑިސެމްބަރު 2023
3

ކަންބޮޑުވުންތަކާއި މައްސަލަތާ އެކު އެހީތެރިކަން ހޯދުމަށް ގުޅާ މީހުންނަށް ފަސޭހައިން ގުޅޭނެ ނިޒާމެއް ފަހިކޮށް، އަވަަހަށް ޖަވާބުދާރީވާ ތަނަކަށް ހަދާނެ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެެ އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މިނިސްޓްރީއަށް އެކިއެކި މައްސަލަތަކާ ގުޅިގެން އެހީތެރިކަމަށް އެދި ގުޅާ މީހުންނަށް މިނިސްޓްރީން ޖަވާބުދާރީ ނުވާ ކަމުގެ ޝަކުވާ ބޮޑެވެ. އަންހެނަކު އޭނާގެ ކުޑަ ދެ ކުދިންނާ އެކު ބޭރަށް ނެރެލާފައި ހުންނަތާ 2 ގަޑިއިރަށް ވުރެ ގިނައިރުވީއިރު އޭރުގެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށް ނުދިނުމާއި އެ މިނިސްޓްރީއަށް ގުޅުމުން ރަސްމީ ވަގުތު ނޫން ކަމަށް ބުނެ އެހީތެރިކަން ފޯރުކޮށް ނުދިން މައްސަލައެއް މި އަހަރުގެ ތެރޭގައި ރަށެއްގައި ވަނީ ފެންމަތިވެފަ އެވެ.

ބުނީ ކީކޭ؟ - މިދިޔަ ހަފްތާގައި 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި، މިނިސްޓްރީއަށް ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދުމާ މެދު މިނިސްޓަރު ވިސްނުން ގެންގުޅުއްވާ ގޮތާ ގުޅޭ ގޮތުން ސުވާލުކުރުމުން އައިޝަތު ޝިހާމް ވިދާޅުވީ، އެ މިނިސްޓްރީ އަކީ އެހީތެރިކަމަށް އެދޭ މީހުންނަށް އަވަހަށް ޖަވާބުދާރީވާ ތަނަކަށް ހެދިއްޖެ ނަމަ އިތުބާރު ހޯދިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޖެނުއަރީން ފަށައިގެން ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ގުޅާ ފޯން ކޯލްތައް ނަަގައި އެއަށް ޖަވާބުދާރީވުމާ އެކަހަލަ ސިސްޓަމްތަކަކަށް މިހާރު މަސައްކަތް ކުރަމުން އެެބަދަން. އެއީ މީހަކަށް ދަތިވެގެން ފޯނެއް ކުރާ ވަގުތު އެއަށް ޖަވާބު ނުދެވޭ ކަމަށް ވަންޏާ އެ މީހަކަށް ވަރަށް ދަތި ކަމަކަށް ވާނީ،" މިނިސްޓްރީން ޖަވާބުދާރީވާ ގޮތް ރަނގަޅު ކުރުމަށް ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް (3)

މަރީ

25 ޑިސެމްބަރު 2023
ފޯނު ނެގީމަ ވީތަ؟ ސިޓީ އާ މެއިލުތަކަށް ޖަވާބެއް ނުދޭ.
0 0

ކުރުކޯސް

22 ޑިސެމްބަރު 2023
ސަޔަށް ކޮފީއައް ދާން ވެެގެން ވިކްޓިމް އަށް އިޝޫ އެކްސްޕޭންކޮއްދޭން ވަގުތު ނުދީ ބަޗާ ސުޓާފުންނައް ކުރުކޯހެއް ހިންގަބަލަ އައިސްތު ސިހާމު
1 0

ދަންޑަހެލު

22 ޑިސެމްބަރު 2023
އިންފޮ މެއިލުއައް މަ މީގެ 1 މަސް ކުރިން ފޮނުވި މޭލައް އަދިވެސް ޖަވާބު ނުލިބޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް