އައިޝަތު ޝިހާމް

އައިޝަތު ޝިހާމްގެ އިންޓަވިއު: ކުދިން ބަލާ މީހުން ތަމްރީނުކުރުން

17 ޑިސެމްބަރު 2023

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަންތަނުގައި ތިބޭ މުވައްޒަފުންނަކީ އެ ކަމަށް ބޭނުންވާ އެކަށީގެންވާ ތަމްރީނާއި ތައުލީމް ލިބިފައިވާ ބަޔަކަށް ހެދުމަށް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެކަމާ ގުޅޭ ކޯސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި އަމާންވެށި ފަދަ ތަންތަނުގައި ތިބޭ މުވައްޒަފުން އެ ތަނުގައި ތިބޭ ކުދިންނާ މެދު އިހުމާލުވެ، އަނިޔާކުރާ ކަމުގެ ތުހުމަތުތައް ވެސް ދޭތެރެ ދޭތެރެއިން ކުރެ އެވެ.

އެގޮތުން، 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިންގި ހަރަކާތްތަކެއްގައި، ބައެއް މުވައްޒަފުން އެ ކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި އެޗްއާރުސީއެމް އިން 2021 ވަނަ އަހަރު ވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭ ގޮތުން 30 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދިފަ އެވެ. ނަމަވެސް، އެ މައްސަލަތައް ފަހުން ނުހިނގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް