އެމްޓީސީސީގެ މަޝްރޫއުތައް

21 އޯގަސްޓު 2023

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޭނާއާ ހަވާލުކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި އިރުޝާދުގެ މަތިން އާދަމް އާޒިމް ހަނދާނެއް ނުނެތެވެ؛ ރާއްޖޭގެ ތަރައްގީއަށް އެމްޓީސީސީއަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވިދާނެ ކަމެވެ. އެމްޓީސީސީ ފުޅާކުރަން ގެންނަ ޕްލޭންތަކަށް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމެވެ.

އެއީ ޖެނުއަރީ 2021 އެވެ. މިއަދު ރައީސް ސޯލިހުގެ އަމިއްލަ ބަސްކޮޅުން ނަމަ 'އެމްޓީސީސީގެ ކެޕޭސިޓީ 20 މަޝްރޫއުން 120 މަޝްރޫއުއަށް' ފުޅާކޮށްފި އެވެ.

އާޒިމް ވިދާޅުވަނީ އެމްޓީސީސީން މިހާރު އެއްފަހަރާ ގާތްގަނޑަކަށް 150 މަޝްރޫއު، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމުގެ ގާބިލްކަން ހުރި ކަމަށެވެ. އޭގެ ތެރޭގައި ކުރިން ނަމަ، ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުވާ ކަހަލަ އެތައް މަޝްރޫއުއެއް ވެސް ހިމެނެ އެވެ.

'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާޒިމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހު އެ ދުވަހު ދެއްވި އިރުޝާދާ އެކު، އެމްޓީސީސީ ފުޅާކުރަން މުޅި ކުންފުނި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިން ބޭރުގެ ކުންފުނިތަކުން ކުރަމުން އައި މަސައްކަތްތަކާ އެމްޓީސީސީން ހަވާލުވެ، އެ ގާބިލްކަން ހޯދި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް