އެނދިނޭނދި ވިކީ: ހަމަ ހުސް ބޭކާރު ވާހަކައޭ، ނައްޓާލާށޭ
މި ނޫން އިތުރު އެހެން އެއްވެސް ނަމަކުން އޭނާ ތައާރަފްވާކަށް ބޭނުމެއް ނޫނެވެ. ވިކީ ބުނަނީ އޭނާ އެންމެ ފޫހިވާ ސުވާލަކީ ވެސް އެއީ ކަމަށެވެ. ފުރިހަމަ ނަން ހޯދަން މީހުން އުޅޭތީ ކަމަށެވެ. އެހެންވީމަ މިފަހަރުގެ ގެސްޓަކީ، އެކްޓަރު އަދި މޮޑެލް، ވިކީ އެވެ.
މިއީ ވެސް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އަލަށް ކުރިއަރަމުން އަންނަ މޫނުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރެކެވެ. މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދުގެ ބައިސްކޯފް ޑްރާމާ، 'ނެތީމޭ' އާއި މުހައްމަދު މުންތަސިރު (މުންކޮ)ގެ ޑްރާމާ ސިލްސިލާ 'ގުދަން' ފަދަ ފާހަގަކޮށްލެވޭ މަސައްކަތްތަކުން ފެނިގެން ގޮސްފައިވާ މޫނެވެ. މީގެ އިތުރުން، ބެލުންތެރިންގެ މެދުގައި މަގްބޫލުވި 'ދަރަކަ' އަދި 'މިރާއީ' ޑްރާމާ ސިލްސިލާ އިން އޭނާ ފެނިފައިވެ އެވެ.
ވިކީ، ފަހަރުގައި އަދި އެންމެ ބޮޑު ތަރިއަކަށް ނުވެދާނެ އެވެ. އެކަމަކު އޭނާގެ ކިބައިގައިވީ ހުނަރާ މެދު އުފައްދާނެ އެއްވެސް ސުވާލެއް ނެތެވެ.
'އެނދިނޭނދި'ގެ ތިންވަނަ އެޕިސޯޑްގައި ވިކީ މި ކިޔައިދެނީ 'ބޭކާރު ވާހަކަތަކެއް' ނޫނެވެ. ބޭކާރު ވާހަކައިގެ ވާހަކައެވެ. އަދި ބޭކާރު ވާހަކަ އަކަށް އެ ވާހަކައެއްވާ ގޮތެވެ.
ކޮމެންޓް (2)
ހެހެ
ކަކުނި