ވީޑިއޯ ޝޯ

އެނދިނޭނދި ނޫރު: ޓޮޕް މޮޑެލްގެ މި ޖަވާބުތަކުން ކޮސްވެދާނެ

އޭނާ މި އޮތީ 'ދައުރު'ގެ އާ ސެލެބްރިޓީ ޝޯގެ ފުރަތަމަ އެޕިސޯޑް އަންދައި އަޅިއަށް ހަދާލައިފައި
23 އޭޕްރީލު 2023

މީހުން ކޮސްކޮށްލުމުގެ ގާބިލުކަން ލިބިފައި ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް އެކަނި ނޫންކަން ޒުވާން މޮޑެލް، މަރިޔަމް ނޫރް މި ވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފަ އެވެ. އަޅުގަނޑުމެން އަލަށް ފެށި ސެލެބްރިޓީ ޝޯގެ ދައުވަތު ގަބޫލުކޮށް އޭނާ މި ވަނީ ފުރަތަމަ އެޕިސޯޑް އަންދައި އަޅިއަށް ހަދާލައިފަ އެވެ. 'އެނދިނޭނދި' ލަދުން ހަލާކުވާވަރުކޮށްލައިފަ އެވެ.

އެހެންވީމަ މިފަހަރު މި އެނދީ ނޫރެއް ނޫނެވެ. 'އެނދިނޭނދި' އެވެ.

'އެނދިނޭނދީ' ގައި އަޅުގަނޑުމެން މުޅިން ވެސް ގެނެސްދޭނީ އިންސްޓަގްރާމާއި ޓިކްޓޮކްގައި ވިދާ ތަރިންނާއި އެކްޓަރުންނާއި މޮޑެލުންނެވެ. ސޯޝަލް މީޑިއާގައި ދިވެހިންގެ ސަމާލުކަން ހޯދާފައިވާ މޫނުތަކާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާން މޫނުތަކެވެ.

އެކަމަކު މަރިޔަމް ނޫރްގެ ކުރު ތައާރަފަކަށް ނުގޮސް ނިންމާލަން ހެޔޮނުވާނެ އެވެ.

އޭނާ އަކީ ޓޮޕް މޮޑެލް މޯލްޑިވްސްގެ، 2020 ވަނަ އަހަރުގެ ޝަރަފްވެރި ރަން ވަނަ އެވެ. ނުވަތަ ޓޮޕް މޮޑެލް މޯލްޑިވްސް އެވެ. އަބަދުވެސް މޮޑެލިންގެ ދާއިރާ އަށް ޝައުގުވެރިވި ނޫރް މި ކާމިޔާބީގެ ތާޖު ހާސިލުކުރިއިރު އުމުރުން އެންމެ 17 އަހަރެވެ. އެކަމަކު އަދިވެސް ނޫރްގެ ކިބައިން ވިދައި ބަބުޅަނީ ޓޮޕް މޮޑެލް މޯލްޑިވްސްގެ ސިފަތައްކަން ޔަގީނެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް