ޗާރާ ޝޯ

މަލް އާއި ރޯމަންގެ ދެމެދުގައި ވީ ޗާރާކަމާއި ޗާލޫކަން

މި ހާއްސަ ސެގްމަންޓަށް ދީފައިވާ ނަމަކީ 'ޗާރާ' އެވެ. ރީތި، ނަލަ އަދި ފަރިކަމުގެ ވާހަކަ އެވެ. އެކުވެރި ރައްޓެހިންގެ ވާހަކަތަކެވެ. ފުރަތަމަ ފޮޓޯޝޫޓް އާއި އިންޓަވިއުގައި މި ގެނެސްދެނީ މަލް އާއި ރޯމަން އެވެ.
9 އޭޕްރީލު 2023
1

ފިލްމީ ތަރިއަކަށް ވުމުގެ ހުވަފެނެއް، މަލީހާ ވަހީދު (މަލް) ގެ ދުވަހަކު ވެސް ނެތެވެ. އެކަމަކު މުހައްމަދު ވިޝަލް (ރޯމަން) އަބަދުވެސް ބޭނުންވީ ފިލްމީ ތަރިއަކަށް ވާށެވެ. މި ދެ އެކުވެރިންގެ މިޖާޒާއި އުޅުމާއި ހިލްމާއި ހުވަފެނުގައި ތަފާތެއް ވިޔަކަސް، ދެ ހުނަރުވެރިން ވެސް ފިޔަޖަހައިގަތީ އެކުގަ އެވެ. އަދި ފިލްމީ ތަރިންގެ ދުނިޔެއެއްގަ އެވެ.

މި ފޮޓޯޝޫޓް އާއި ވީޑިއޯ އިންޓަވިއުގައި ދެ މީހުންގެ އެކުވެރި ގުޅުމާއި ސަކަ މިޒާޖާއި ހަޔާތުގެ ވާހަކަ ހިމަނައި ފައިލުކުރަން ދައުވަތު ދިނުމުން ޒުވާން ދެ އެކްޓަރުން 'ދައުރު' ގެ ޓީމަށް ދިނީ ދެ މީހުންގެ ހަޔާތުން ދުވަހެކެވެ. އެއީ ކަޅު ބޯވިލާތަކުން ބައްދާލާފައި އޮތް ދުވަހެކެވެ. އައުޓްޑޯ ފޮޓޯޝޫޓަކާއި އިންޓަވިއުއަކަށް އެއްގޮތަކަށް ވެސް ކަމުދާ މާހައުލަކާއި ދުވަހެއް ނޫނެވެ. ނަމަވެސް ދެ އެކްޓަރުންގެ ދެމެދުގައި ވީ އެކުވެރިކަމާއި ވަކިން ހާއްސަކޮށް ދެ މީހުން ވެސް ފޮޓޯޝޫޓަށް ދިން 100 ޕަސެންޓާ އެކު 'ޗާރާ' ޝޯގެ އަލަތު އެޕިސޯޑް މި އޮތީ ވިދައި ބަބުޅައިލަ އެވެ.

ކޮމެންޓް (1)

ހޯހޯ

9 އޭޕްރީލު 2023
މީތި ކަޑަ . މަލްއަކީ މުޖުތަމަޢު ބލައިގަންނަ މީހެއްނޫން. ސޮރީ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް