އަހަރެން

ބިރަށް ނުބަލައި މާޔަން ކުރިމަތިލި ބިޔަ ޗެލެންޖާއި ހޯދި ކާމިޔާބީ އަދި ބަނަ މުސްތަގުބަލް

ނަން ނަގަން އަންގައި މާޔަން އަށް ލިބުނު އިންޒާރުތަކަށް ނުބަލައި އިންތިހާބަށް ކުރިމަތިލައި ނާކިމާބުވިޔަސް މާޔަން ވަނީ ކޯޓުން ކާމިޔާބު ހޯދާފައި
9 ސެޕްޓެމްބަރު 2021
1

މަރިޔަމް މުހައްމަދު (މާޔަން) އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑި އަށް ކުރިމަތިލީ އޭނާއަކީ އެ މަގާމަށް ގާބިލު މީހެއް ކަމަށް އަމިއްލައަށް ވެސް ގަބޫލުކުރެވޭތީ، ވަރަށް ފޮނި އުންމީދަކާ އެކު އެވެ. ނަމަވެސް އިންތިހާބަށް މާޔަންގެ ނަން ހުށަހެޅުމާއެކު ނަން އަނބުރާ ގެންދަން އަންގައި އޭނާއަށް އަންނަން ފެށީ އިންޒާރުތަކެކެވެ.

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް، ކުވޭތުގެ އަހުމަދު އަލް-ސަބާހް (ޝެއިހް އަހްމަދު) މާޔަންއާ ބައްދަލުކޮށް އިންޒާރުދިނީ ސިއްރަކުން ނޫނެވެ. ނަމަވެސް ޝެއިހް އަހްމަދާ ދިމާލަށް މާޔަން ބުނީ ނަން އަނބުރާ ނުގެންދާނެ ކަމަށެވެ. ދައްކާ ބިރަށް އޭނާ ނުފިލާނެ ކަމަށެވެ.

ނުފޫޒުގެ ތެރޭގައި ބޭއްވި އިންތިހާބުގައި މާޔަން އަށް ނާކާމިޔާބުވި އެވެ. ނަމަވެސް މާޔަން ނިންމީ އޭނާގެ ހައްގު ހޯދަން ނުކުންނާށެވެ. އޭނާގެ ކުރިމަތީގައި ކޮންމެ ޝެއިހެއް ހުއްޓަސް ވަރިހަމަ އެވެ. އޭއެފްސީ ގޮވައިގެން މާޔަން ދިޔައީ ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށެވެ. އޭނާއަށް ސަޕޯޓު ދޭނެ މީހަކު ނުވި އެވެ.

އެކަމަކު، މައްސަލައިގައި ކާމިޔާބު ހޯދީ މާޔަން އެވެ.

މާޔަން އާ އެއްކޮޅަށް މައްސަލަ ނިމުނު ނަމަވެސް، އެ ކާމިޔާބީގައި އޭނާއަށް ވަރަށް ބޮޑު އެއްޗެއް ގެއްލިގެން ވެސް ހިނގައްޖެ އެވެ. ދިވެހި ފުޓުބޯޅައިން އޭނާ މިހާރު ހުރީ ބާކީ ކޮށްލައިފަ އެވެ. އެކަނިކޮށް ދުރުކޮށްލުމުން އޭނާއަށް ނަފްސާނީގޮތުން އެތައް އުނދަގޫތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ހާއްސަކޮށް އަންހެނުންގެ ފުޓުބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައި ހުރި މާޔަން އަށް އަމިއްލަ ގައުމުގައި ކުރިއަށް ދާނެ މަގުތައް އޮތީ ބަންދުކޮށްފަ އެވެ.

މިހާރު އަންހެން ކުދިންނަށް ފުޓުބޯޅަ އެކެޑެމީއެއް ހިންގަމުން އައި ނަމަވެސް، ރާއްޖޭގައި އޭނާއަށް މުސްތަގުބަލު ފެންނަނީ ބަނަކޮށެވެ. އެހެންކަމުން އުމުރަށް ރާއްޖެ ދޫކޮށްލަން ވެސް ޖެހިދާނެ އެވެ. މިއީ އެ ވާހަކަ އެވެ.

ކޮމެންޓް (1)

އިސްމާލު

9 ސެޕްޓެމްބަރު 2021
މަރުހަބާ މާޔާން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް