ޖީއެމް ފޯރަމް 2022

'ވަން އައިލެންޑް، ވަން ރިސޯޓް' އުސޫލު ދޫކޮށްލަންވީތަ؟

'ވަން އައިލެންޑް ވަން ރިސޯޓު' އަކީ ރާއްޖެއަށް ހާއްސަ އަދި ދުނިޔެއިން ބަލައިގެންފައިވާ ކޮންސެޕްޓެއް، ނަމަވެސް މިފަހަކަށް އައިސް ބައެއް ރިސޯޓުތައް ތަރައްގީކުރަނީ މި ކޮންސެޕްޓަށް ނުފެތޭ، އާ ގޮތް ގޮތަށް
19 ސެޕްޓެމްބަރު 2022

ދިވެހި ޓޫރިޒަމްގެ ރަން 50 އަހަރު ފާހަގަކުރަމުން އަންނައިރު، ރާއްޖެ އަކީ މުޅި ދުނިޔޭގެ ވެސް ޓޫރިޒަމްގެ ބެންޗްމާކުގެ ގޮތުގައި ބަލާ ގައުމެވެ. ރާއްޖޭގެ ޓޫރިޒަމް މިއަދު މި ދެކޭ ހަރުފަތަށް އައުމުގެ އެއް އަސްލަކީ މިތަނަށް ހާއްސަ 'ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓެވެ. މާނައަކީ މުޅި ހޮޓެލް ނުވަތަ ރިސޯޓު، ވަކި ރަށެއްގައި އޮތުމެވެ. 

ރާއްޖޭގައި ޓޫރިޒަމް ފުޅާވެގެން އައި އިރު، މިއީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގޮތާ ވެސް އެންމެ ގުޅޭ ކޮންސެޕްޓެވެ.

ހިތްހަމަޖައްސާލަން ރާއްޖެއަށް އަންނަ ޓޫރިސްޓުން ބޭނުންވަނީ 'ޕްރައިވެސީ' އެވެ. ވަކިވަކި ކުދިކުދި ރަށްތަކެއް ގޮތަށް ރާއްޖެ އުފެދިފައި އޮތުމުން ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓަކީ އެކަމަށް ބާރުދޭ ސިފައެކެވެ. ރާއްޖޭގެ ރިސޯޓަކުން ލިބޭ މިނިވަންކަމާ ގާތްކުރާ ވަރަށް ވެސް ދުނިޔޭގެ ގިނަ ޓޫރިސްޓު މަންޒިލްތަކުން އެކަން ތަޖުރިބާއެއް ނުކުރެވޭނެ އެވެ. ދުނިޔޭގެ އެހެން ބީޗް ޑެސްޓިނޭޝަންތަކުން ވެސް އެ ޕްރައިވެސީއެއް ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް