ބަހުގެ ހިދުމަތް

މަޖީދީ މަގުގައި ޕާކުކުރުން މަނާކުރިޔަސް ޕާކުކުރުން ކުރިއަށް

މާލޭގައި މިނީ ބަސް ދުއްވަން ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން މަޖީދީ މަގުގައި ޕާކުކުރުން މަނާކުރި ނަމަވެސް، އެ ނިންމުމަށް ބައެއް މީހުން އެއްބާރުލުމެއް ނުދޭ
22 އޯގަސްޓު 2022

މަޖީދީ މަގަކީ މާލޭގެ ހުޅަނގާއި އުތުރުކޮޅަށް ސީދަލަށް ދަތުރު ކުރެވެން އޮންނަ މަދު މަގުތަކުގެ ތެރެއިން އެއް މަގެވެ. ސީދާ މާލޭގެ މެދުގައި އޮންނަ މި މަގަކީ އެންމެ ބާރުބޮޑުވާ މަގު ވެސް މެ އެވެ. އެ ކަމަށް ހައްލެއް ހޯދައިދިނުމަށް މި ފަހަކާ ޖެހެންދެން ވެސް މަޖީދީ މަގުގެ ބޮޑު ބައެއްގެ އެއް ފަޅީގައި އޮތީ ޕާކުކުރުުން މަނާކޮށްފަ އެވެ.

ނަމަވެސް، މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް، އެ ހިދުމަތް ދިނުމަށް ހަވާލުކުރި އެމްޓީސީސީގެ އެދުމަކަށް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މަޖީދީ މަގު ހިމެނޭ ގޮތަށް މާލޭގެ ހަތަރު މަގެއްގައި ޕާކުކުރުން މަނާކުރަން ނިންމައި އެކަން ތަންފީޒު ކުރަން މަޖީދީ މަގުން ވަނީ ފަށާފަ އެވެ. އެމްޓީސީސީން މާލޭ ސިޓީ ކައުންސިލުގައި އެދުނީ:

  • ބަސް ދުއްވަން މާލޭގެ މަގުތަކުގެ ޓްރެފިކް ކަންކަން ރަނގަޅު ކުރުން

  • ބަސް ދުއްވާ މަގުތަކުގެ ޕާކިން މަދު ކުރުން

  • ބަސް ހުއްޓާ ތަންތަން ހެދުމަށް ޖާގަ ދިނުން

މިނީ ބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގުގައި ބަސް ހުއްޓާ ތަންތަން ކަނޑައަޅައި ދަތުރުތައް ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް، ފެންނަ ފެނުމަށް ބައެއް މީހުން އަދިވެސް މި ކަމަށް ތައްޔާރެއް ނޫނެވެ. ޕާކު ކުރުން މަނާކުރި ނަމަވެސް، އަދިވެސް ވަރަށް ގިނަ އަދަދެއްގެ މީހުން މަޖީދީ މަގުގައި ޕާކު ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް