ޓެކްނޮލޮޖީ

ޗެޓްޖީޕީޓީ ކަހަލަ އޭއައި ބޮޓްތައް އިންސާނުންނާ ގާތަށް

ޗެޓްޖީޕީޓީ ފަދަ އާޓިފިޝަލް ޗެޓްބޮޓްތައް އުފައްދާފައި ހުންނަނީ އިންސާނުންކުރާ ކޮންމެ ޒާތެއްގެ ސުވާލަކަށް ވެސް ޖަވާބުދޭ ގޮތަށް. އުމުރާ ނުގުޅޭ މައުލޫމާތު ހޯދައި އަމަލުކުރުމަކީ މިފަދަ އުފެއްދުންތައް ތަރުހީބުދޭ ކަމެއް ނޫން
17 އޮކްޓޯބަރު 2025

ޗެޓްޖީޕީޓީ ފަދައިން މަސައްކަތްކުރާ އާޓިފިޝަލް ޗެޓް ބޮޓްތައް އިންސާނުންނާ ގާތަށް ޖެހެނީ އެވެ. އާޓިފިޝަލް އެޖެންޓުތައް އުފައްދާ ކުންފުނިތަކުން މިހާރު މަސައްކަތްކުރަނީ، އިންސާނެކޭ އެއްފަދައިން، އިންސާނުންނާ މުއާމަލާތްކޮށް އަތްގައިކޮށްދޭ ފެންވަރަށް އޭއައި ބޮޓްތައް ތަރައްގީކުރުމަށެވެ. 

ޗެޓްޖީޕީޓީގެ ދެން ނެރޭ އަދަދަކަށް ތައްޔާރުކޮށްފައި ހުރި ފީޗާތަކުގެ ތެރޭގައި، އުމުރުފުރާއަށް ބަލައިގެން މުއާމަލާތްކުރުން ހިމެނެ އެވެ. 

މިސާލަކަށް ޗެޓްޖީޕީޓީ ލައްވައި ކަމެއް ކުރުވާ ނަމަ، އެކަމެއް ކުރަން ބޭނުންވަނީ ކޮން އުމުރެއްގެ މީހަކު ކުރާ ގޮތަށްތޯ ޗެޓްޖީޕީޓީ ސުވާލުކުރާނެ އެވެ. މާނައަކީ 40 އަހަރުގެ މީހަކަށް ކަމެއް ކޮށްދޭ ގޮތަށް 12 އަހަރުގެ ކުއްޖަކަށް އެކަމެއް ނުކޮށްދޭނެ ކަމެވެ. 

އާދައިގެ މިޒާޖުގެ މީހުން އަދި ސަކަ މިޒާޖުގެ އިންސާނުން ސުވާލުތަކަށް ޖަވާބުދޭ ގޮތަށް އެ މީހެއްގެ މިޒާޖާ އެކަށީގެންވާ ގޮތަށް ޖަވާބު ތައްޔާރުކޮށް ޑިޒައިންތައް ފަރުމާކުރުމަށް ޗެޓްޖީޕީޓީ މިހާރު އަންނަނީ ތަމްރީން ހަދަމުންނެވެ. 

މިފަދަ ބައެއް ފީޗާތަކަކީ މިހާރު ވެސް މާކެޓްގައި ހުރި ބައެއް އޭއައި ބޮޓުތަކުން ކޮށްދޭ ކަންތައްތަކެވެ. ނަމަވެސް އުމުރުފުރާ އަދި މިޒާޖު އެނގުމުން ޗެޓްޖީޕީޓިން ކޮށްދޭ ފަސޭހަތަައް އިތުރުވާނެ ކަމަށް އޯޕަން އޭއައި -- ޗެޓްޖީޕީޓީގެ ބެލެނިވެރި ކުންފުނީގެ ސީއީއޯ، ސޭމް އޯލްޓްމަން ވިދާޅުވި އެވެ. 

ޗެޓްޖީޕީޓީ ފަދަ އޭއައި ބޮޓްތައް ތައްޔާރުކުރަނީ ވަރަށް ގިނަ ފަސޭހަތަކާއި ވަރަށް ގިނަ މައުލޫމާތު ލިބިދޭ ގޮތަށެވެ. އަދި އިންސާނުންނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުރުން ލާއިގު ނޫން ކިތަންމެ ކަމެއް ކޮށްދޭ ގޮތަށެވެ. 

އަހަރެމެން ކުރާ ކޮންމެ ސުވާލަކަށް އޭއައި ބޮޓްތަކުން ޖަވާބާއި ހައްލު ލިބޭއިރު، އެދެވޭ ގޮތަކީ އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ކިޔެވުމާއި މަސައްކަތްތެރިކަމުން ފައިދާ ހޯދުމެވެ.  

އެއީ ހާލަތާ ނުގުޅޭ މައުލޫމާތު ހޯދައި ޖާއިޒު ނޫން ފަައިދާ ނަގަން ޖެހޭ ސަބަބެއް ނޫނެވެ. އުމުރާ ނުގުޅޭ މައުލޫމާތު ހޯދައި، ނަފުސާނީ ބަލިތަކަށާއި ސިއްރު ބޭނުންތަކަށް ބޭސްކުރުމަކީ މަދުން ނަމަވެސް މިހާރު ހިނގަމުން އަންނަ ކަންކަމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް