އައިފޯން 17 ޕްރޯ: މިއީ ގޭމިން، ފޮޓޯ އަދި ވީޑިއޯ އެޑިޓިން، އަދި ލޯކަލް އެލްއެލްއެމްސް (ލާޖް ލޭންގުއޭޖް މޮޑެލްސް) ހިންގުމަށް ޑިޒައިންކުރެވިފައިވާ ފޯނެއް
އެޕަލްގެ އެންމެ ތުނި 'އައިފޯން 17 އެއާ' މޮޑެލް ތައާރަފުކުރީ ސެމްސަންގް ގެލެކްސީ އެސް25 އެޖާއި ވާދަކުރުމަށް
އައިފޯން 17 ޕްރޯ، 16 ޕްރޯއަށްވުރެ 40% ވަރުގަދަ
އެޕަލް އިން ބުނާގޮތުގައި، އައިފޯން 17 ޕްރޯއަކީ 16 ޕްރޯއަށްވުރެ 40% ވަރުގަދަ ފޯނެކެވެ. މިއީ ގޭމިން، ފޮޓޯ އަދި ވީޑިއޯ އެޑިޓިން، އަދި ލޯކަލް އެލްއެލްއެމްސް (ލާޖް ލޭންގުއޭޖް މޮޑެލްސް) ހިންގުމަށް ޑިޒައިންކުރެވިފައިވާ ފޯނެކެވެ.
ޕްރޯ އަދި ޕްރޯ މެކްސްގައި 6.3-އިންޗި އަދި 6.9-އިންޗި ޑިސްޕްލޭ ހިމެނިފައިވެއެވެ. ކެމެރާތަކަށް އެސްޓްރޯފޮޓޮގްރަފީ ބޫސްޓެއް ލިބިފައިވާއިރު، ފަހަތުގައިވާ ތިން ކެމެރާވެސް ވަނީ 48 މެގަޕިކްސެލް ރެޒޮލިއުޝަންގައެވެ.
ތިން ކެމެރާއަށްވެސް 48-މެގަޕިކްސެލް ސެންސާ
އައިފޯން 17 ޕްރޯ މޮޑެލްތަކުގެ ފަހަތުގައި ހުންނަ ތިން ކެމެރާގައިވެސް ވަނީ 48-މެގަޕިކްސެލް ފިއުޝަން ސެންސަރތައް ހިމެނިފައެވެ. މީގެ އިތުރުން، 8X އޮޕްޓިކަލް ކޮލިޓީ ޒޫމްވެސް ލިބޭނެއެވެ.
އައިފޯން 17 ސީރީޒް ތައާރަފްކޮށްފި
އައިފޯން 17 ސީރީޒް ގައި ހިމެނެނީ ސެރަމިކް ޝީލްޑް 2 ޓެކްނޮލޮޖީއާއެކު 3 ގުނަ ރަނގަޅު ސްކްރެޗް ރެޒިސްޓަންސްއެކެވެ. 7 ލޭޔަރުގެ އެންޓި-ރިފްލެކްޓިވް ކޯޓިންއަކާއެކު، އައިފޯން 17 ސީރީޒް އަންނަނީ އައިއޯއެސް 26 އާއެކު އެވެ.
-
އައިފޯން 17 ގައި ވަނީ 48-މެގަޕިކްސެލް ޑުއަލް ފިއުޝަން ކެމެރާ ސިސްޓަމެއް ވަނީ ހިމެނިފައެވެ. މި ސިސްޓަމުން ދެ ކެމެރާއެއްގެ ގާބިލިއްޔަތު އެއް ކެމެރާއަކަށް އެއްކޮށްދެއެވެ. މީގެ އިތުރުން، މި ޑިވައިސްގައި 48-މެގަޕިކްސެލް ފިއުޝަން އަލްޓްރާ-ވައިޑް ކެމެރާއެއްވެސް ހިމެނެއެވެ.
އެޕަލް ވަނީ އެކުންފުނީގެ އެންމެ އަގުހެޔޮ ވެރަބަލްސްގެ އާ ވަރޝަންކަމަށްވާ އެޕަލް ވޮޗް އެސްއީ 3 ތަޢާރަފްކޮށްފައެވެ. މި އާ ވަރޝަންގައި ހާޓް ރޭޓް މޮނިޓަރިން ހިމެނޭގޮތަށް ގިނަގުނަ އާ ފީޗަރތަކެއް ހިމެނިފައިވެއެވެ.
އެޕަލް ވޮޗް ސީރީސް 11
އެޕަލްގެ ބޮޑު ޓެކްނޮލޮޖީ އިވެންޓްގައި ކުންފުނީގެ ސީއީއޯ ޓިމް ކުކް ވަނީ އެޕަލް ވޮޗް ސީރީސް 11 ތައާރަފްކޮށްފިއެވެ.
އާ އެޕަލް ވޮޗް ސީރީސް 11 ގައި އިތުރަށް ހަރުދަނާކުރެވިފައިވާ ޕްރޮސެސަރއަކާއި ބްރައިޓަރ ޑިސްޕްލޭއެއް ހިމެނޭކަމަށް ޓިމް ކުކް ބުނެފައިވެ އެވެ. މީގެ އިތުރުން، ކުރީގެ މޮޑެލްތަކާ އަޅާބަލާއިރު ބެޓެރީ ލައިފް 20 ޕަސެންޓް އިތުރުކުރެވިފައިވާކަމަށްވެސް ހާމަކޮށްފައިވެއެވެ.
-
އެޕަލް ވޮޗް ސީރީސް 11 ގައި އައު ހެލްތް ފީޗަރތަކެއްވެސް ހިމެނޭކަމަށް ޓިމް ކުކް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި އިމްޕްރޫވްޑް ހާޓް ރޭޓް މޮނިޓަރިންގ އާއި، ސްލީޕް އެޕްނިއާ ޑިޓެކްޝަން އަދި ބްލަޑް ޕްރެޝަރ މޮނިޓަރިންގ ހިމެނެއެވެ.
ސީރީސް 11 ގެ އަގު 399 ޑޮލަރުން ފެށޭނެކަމަށް ކުންފުނިން ހާމަކޮށްފައިވާއިރު، ސެލިއުލާ ވާޝަން 499 ޑޮލަރުން ފެށޭނެކަމަށް ބުނެފައިވެ އެވެ.
އެޕަލްގެ ބޮޑު އިވެންޓް ފަށައިފި: އެއަޕޮޑްސް ޕްރޯ 3ގެ މައުލޫމާތު
ކެލިފޯނިއާގައި ބޭއްވޭ އެޕަލްގެ އަހަރީ އިވެންޓް މިހާރު ދަނީ ކުރިއަށް. ފުރަތަމަ ހާމަކުރެވުނީ އެއާޕޮޑްސް ޕްރޯ 3ގެ މަޢުލޫމާތު. ވަރުގަދަ ނޮއިސް ކެންސަލޭޝަނާއި އިތުރު ބެޓަރީ ލައިފެއް ލިބޭނެކަމަށް ބުނެފައިވޭ.
އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ މިއަދުގެ އިވެންޓް ފަށައިދީފަ. އެއަޕޮޑްސް ޕްރޯ 3ގައި ކުރީގެ މޮޑެލްތަކަށްވުރެ ރަނގަޅު ނޮއިސް ކެންސަލޭޝަން ޓެކްނޮލޮޖީއެއް ހިމެނޭ ކަމަށާއި ބެޓަރީ ދެމިހުންނާނެ ވަގުތު އިތުރުކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، އެއަރޕޮޑްސް ޕްރޯ 3ގައި އިމްޕްރޫވްޑް ސައުންޑް ކޮލިޓީއެއް ހިމެނޭކަމަށާއި، އެކްޓިވް ނޮއިސް ކެންސަލޭޝަން ވަނީ 2 ގުނައަށް ހަރުދަނާކުރެވިފައިކަން ފާހަގަކޮށްފައިވެއެވެ. އައު މޮޑެލްއަށް 'ފައިންޑް މައި' ފީޗަރއެއްވެސް އިތުރުކުރެވިފައިވާކަމަށް ކުންފުނިން ހާމަކޮށްފައިވެއެވެ.
އެއަރޕޮޑްސް ޕްރޯ 3ގެ އަގު 249 ޑޮލަރުން ފެށޭނެކަމަށް ބުނެފައިވާއިރު، ޕްރީއޯޑަރކުރުން މިއަދުން ފެށިގެން ހުޅުވާލެވޭނެކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ. ސްޓޯރތަކުގައި ވިއްކަން ލިބެންފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެޕަލްއިން މިރޭ ރާއްޖޭ ގަޑިން 10 ޖަހާއިރު ކުންފުނީގެ ކެލިފޯނިޔާގެ ކުޕާޓީނޯގައި ހުންނަ މައި އޮފީހުގައި ބާއްވާ ހަފްލާގައި އާ އައިފޯން 17 ސީރީޒް ތައާރަފުކުރާނެ އެވެ. މީގެ ތެރޭގައި އާ 'އައިފޯން 17 އެއާ' މޮޑެލްވެސް ހިމެނޭނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.
ބެލެވޭގޮތުގައި މިއީ އާ ތުނި އައިފޯން 17 އާއި އައިފޯން 17 ޕްރޯގެ މެދުގައި ވިއްކުމަށް ނިންމާފައިވާ މޮޑެލެކެވެ. މިއީ ސެމްސަންގްގެ ގެލެކްސީ އެސް25 އެޖާއި ސީދާ ވާދަކުރާނެ ފޯނެކެވެ. އަދި މިއީ 2026 ވަނަ އަހަރު އެޕަލްއިން ތައާރަފުކުރާނެކަމަށް ބެލެވޭ ލަނބައިލެވޭ އައިފޯނެއްގެ ކުރީގެ ފިޔަވަޅެއްކަމަށްވެސް މާހިރުން ފާހަގަކުރެ އެވެ.
ބްލޫމްބާގްގެ ރިޕޯޓަރު މާކް ގުރުމަންގެ ރިޕޯޓުގައި ބުނާގޮތުން، އައިފޯން 17 އެއާގެ ބޯމިނަކީ އެންމެ 5.5 މިލިމީޓަރެވެ. މިއީ މިހާރުގެ އާންމު އައިފޯނުގެ 7.8 މިލިމީޓަރުގެ ބޯމިނާއި ޕްރޯ މޮޑެލްގެ 8.3 މިލިމީޓަރުގެ ބޯމިނަށްވުރެ ވަރަށް ބޮޑުތަން ތުނި މޮޑެލެކެވެ.
-
ނަމަވެސް މި ތުނިކަމުގެ ސަބަބުން، ފޯނުގައި އެންމެ ކެމެރާއެއް ހަރުކުރެވޭނެކަމަށާއި ބެޓެރީވެސް ކުޑަވާނެކަމަށް ބެލެވެ އެވެ. މިފަދަ ލިމިޓޭޝަންތަކުގެ ސަބަބުން މިމޮޑެލް ވިއްކުމަށް ދަތިވެދާނެކަމަށް އެނަލިސްޓުން ފާހަގަކޮށްފައިވެ އެވެ. ސެމްސަންގްގެ ވަރަށް ތުނި ގެލެކްސީ އެސް25 އެޖް ފޯނުވެސް ގިނަ އަދަދަކަށް ވިކިފައިނުވާކަން ފާހަގަކުރެވެ އެވެ.
މީގެ އިތުރުން، އެޕަލްއިން އައިފޯން 17 ސްޓޭންޑަޑް މޮޑެލް، އައިފޯން 17 ޕްރޯ، އަދި އައިފޯން 17 ޕްރޯ މެކްސްވެސް ތައާރަފުކުރާނެކަމަށް ބެލެވެއެވެ. އައިފޯން 17 އެއާއަކީ ކުރިން ވިއްކަމުން އައި ޕްލަސް މޮޑެލްގެ ބަދަލުގައި ގެނެސްފައިވާ މޮޑެލެކެވެ.
އެޕަލްއިން މިއަހަރު ތައާރަފުކުރާ އައިފޯންތަކުގެ އަގުތައް 50 އާއި 100 ޑޮލަރު ބޮޑުވެދާނެކަމަށް ވޯލް ސްޓްރީޓް އެނަލިސްޓުން ލަފާކުރެ އެވެ. އެޕަލްއިން އަންދާޒާކުރާގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްތަކުގެ ސަބަބުން މިހިނގާ މާލީ ކުއާޓަރުގައި ބިލިއަނެއްހާ ޑޮލަރު ކުންފުންޏަށް ޚަރަދުވާނެ އެވެ.
-
މީގެ އިތުރުން، އެޕަލްއިން އާ އެޕަލް ވޮޗް ސީރީޒް 11 އަދި އެޕަލް ވޮޗް އަލްޓްރާ 3 އާއި އެޕަލް އެއާޕޮޑްސް 3 ވެސް ތައާރަފުކުރާނެކަމަށް ބެލެވެ އެވެ. ނަމަވެސް އާ އައިފޯންތަކުގައި ސިރީ އެސިސްޓަންޓްއަށް މާބޮޑު އަޕްގްރޭޑެއް ނުލިބޭނެކަމަށް ބެލެވެ އެވެ. އެޕަލްއިން ސިރީގެ ބޮޑު އަޕްޑޭޓެއް ޖެހިގެން އަންނަ އަހަރަށް ފަސްކޮށްފައިވެ އެވެ.
އައިފޯން 17 އެއާ އަދި ސްޓޭންޑަޑް އައިފޯން 17 މޮޑެލްތަކުގައި އެޕަލްގެ އައު A19 ޕްރޮސެސާ ހިމެނޭނެ ކަމަށާއި، ޕްރޯ މޮޑެލްތަކުގައި ބާރުގަދަ A19 ޕްރޯ ޗިޕްސެޓް ހިމެނޭނެކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. މިއީ ދެވަރުގެ ޕްރޮސެސަރެއް ބޭނުންކޮށްގެން އެޕަލްއިން ފޯނުތަކުގެ ފެންވަރު ތަފާތުކުރާ ކުންފުނީގެ އާދަކާދައެކެވެ.
-
އެޕަލް ފޭން ވެބްސައިޓް މެކްރޫމާސްއިން ބުނާގޮތުގައި، އެނަލިސްޓް ޖެފް ޕުގެ މައުލޫމާތަށް ބިނާކޮށް، އައިފޯން 17 ޕްރޯ މޮޑެލްތަކުގައި އަޕްގްރޭޑްކުރެވިފައިވާ ޓެލެފޮޓޯ ލެންސްތަކެއް ހިމެނޭނެ އެވެ. އަދި ކެމެރާ ބަމްޕްގެ ޑިޒައިންވެސް ބަދަލުކޮށް، މިހާރުގެ އައިފޯން 16 ޕްރޯއާ ތަފާތުކޮށްފައިވާނެ އެވެ. މީގެ އިތުރުން، އައިފޯން 17 ސްޓޭންޑަޑް މޮޑެލްގެ ސްކްރީން ސައިޒް ކުރީގެ 6.1 އިންޗިން 6.3 އިންޗިއަށް ބޮޑުކުރެވޭނެކަމަށްވެސް ބެލެވެ އެވެ.
އެޕަލްއިން ތައާރަފުކުރާ އެޕަލް ވޮޗް ސީރީޒް 11 ގައި މާބޮޑު ބަދަލުތަކެއް ނުހުންނާނެކަމަށް ބެލެވޭއިރު، އެޕަލް ވޮޗް އަލްޓްރާ 3 ގައި ސެޓެލައިޓް މެސެޖިން ފީޗާ ހިމެނުމާއި ބޮޑު ސްކްރީނެއް ލިބިދާނެކަމަށްވެ އެވެ. މި ފީޗަރއަކީ ހައިކިންގްފަދަ ހަރަކާތްތަކުގައި ނެޓްވޯކް ނުލިބޭ ތަންތަނުގައި އެހީއަށް އެދުމަށް ބޭނުންކުރެވޭނެ ފީޗާއެކެވެ. މީގެ އިތުރުން، އެޕަލްއިން އެންޓްރީ ލެވެލް އެޕަލް ވޮޗް އެސްއީގެ އާ ވާޝަނެއްވެސް ތައާރަފުކުރާނެކަމަށް ބެލެވެއެވެ.
-
އާ އެއާޕޮޑްސް 3 ގައި ހާޓްރޭޓް ޓްރެކިން ފީޗާ ހިމެނިދާނެކަމަށްވެސް ބެލެވެ އެވެ. އެޕަލްއިން މިހާރުވެސް މިފަދަ ފީޗާއެއް ޕަވާބީޓްސް ޕްރޯ 2 އީއާބަޑްތަކުގައި ހިމަނާފައިވުމާއެކު، މިފަދަ ފަންކްޝަނަލިޓީއެއް ކުންފުނީގެ މަޝްހޫރު އެއާޕޮޑްސްތަކަށްވެސް ގެނައުމަކީ އެކަށީގެންވާކަމެކެވެ.
އެޕަލްގެ މިރޭގެ ހަފްލާއަކީ ކުންފުނީގެ އެންމެ ބޮޑު އަހަރީ އިވެންޓްތަކުގެ ތެރެއިން އެކެކެވެ. މި ހަފްލާގައި އެޕަލްގެ ސީއީއޯ ޓިމް ކުކް އިއުލާންކުރާ ޕްރޮޑަކްޓްތަކަކީ ކުންފުނީގެ ވިޔަފާރީގެ އެންމެ މުހިންމު ބައެކެވެ. ޚާއްސަކޮށް އައިފޯން ވިޔަފާރިއަކީ އެޕަލްގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ ބައެކެވެ.
ގުޅުންހުރި
ހުރިހާ އައިފޯން 17 މޮޑެލްތަކުގައި ވަރަށް ތުނި ބެޒެލް ހިމެނޭ
8 ޖުލައި 2025
އައިފޯން 17 އެއާގައި އެޑްވާންސްޑް ސިލިކަން ބެޓެރީއެއް
19 މޭ 2025
އައިފޯން 17 އެއާގެ ނާމޫނާ ފޯނުން ދައްކައިދެނީ ތުނި ޑިޒައިނެއް
1 މޭ 2025
އައިފޯން 17 ސީރީޒްގެ މޮޑެލްތަކުގެ އާ ފޮޓޯތަކެއް ލީކްވެއްޖެ
18 މާރިޗު 2025