އޯޕަންއޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ޖީޕީޓީ-5 ތަޢާރަފްކުރުމުގެ ވީޑިއޯގައި ވާހަކަދައްކަނީ، "ކުރީގެ މޮޑެލްތަކަށް އަނބުރާ ދިއުމަކީ ވަރަށް ދެރަ ތަޖުރިބާއެއް" ކަމަށް ބުނެފައިވޭ.

ޓެކްނޮލޮޖީ

އޯޕަންއޭއައި އިން އެންމެ ކުރިއަރާފައިވާ އޭއައި މޮޑެލް ޖީޕީޓީ-5 ތައާރަފްކޮށްފި

މިއީ ލިޔުމާއި، ކޯޑިން އަދި ހެލްތްކެއާ ދާއިރާގައި ބޭނުންކުރުމަށް ވަރަށް ބޮޑަށް ފައިދާހުރި، ޖަވާބުތައް އުފެއްދުމުގެ ރޭޓް ކުޑަ، 'މީހުންނާ ގާތް' ތަޖުރިބާއެއް ދޭ ސިސްޓަމެއްކަމަށް ކުންފުނިން ބުނޭ
8 އޯގަސްޓު 2025

އޯޕަންއޭއައި އިން ބުރާސްފަތި ދުވަހު އެކުންފުނީގެ އެންމެ ފަހުގެ އަދި އެންމެ ތަރައްގީވެފައިވާ 'ލާޖް ސްކޭލް އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް'، ޖީޕީޓީ-5 ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން ޖީޕީޓީ-5 ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލިބޭގޮތަށް ހަމަޖައްސާފައިވެ އެވެ. އޯޕަންއޭއައި އިން ބުނިގޮތުގައި މި މޮޑެލަކީ މާ ވިސްނުންތެރި، މާ ހަލުވި އަދި "މާ ބޮޑަށް ބޭނުންތެރި"  އަދި ޚާއްސަކޮށް ލިޔުމާއި، ކޯޑިންގ އަދި ހެލްތްކެއާ  ދާއިރާތަކަށް މުހިންމު މޮޑެލް އެކެވެ.

"އަހަރެން ޖީޕީޓީ-4 އަށް އަނބުރާ ދާން މަސައްކަތްކުރިން، އެއީ ވަރަށް ދެރަ ތަޖުރިބާއަކަށް ވެގެންދިޔަ،" އޯޕަންއޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ނޫސްވެރިންނާއެކު ބޭއްވި ބްރީފިން އެއްގައި ބުންޏެވެ.

  • 2022 ގައި އޭއައި ޗެޓްބޮޓް ޗެޓްޖީޕީޓީ ތައާރަފްކުރުމަށްފަހު، އޯޕަންއޭއައި ވަނީ މެއިންސްޓްރީމަށް ދަތުރުކޮށްފަ އެވެ. ކުންފުނިން ބުނާގޮތުގައި މި ހަފްތާގައި ޗެޓްޖީޕީޓީގައި   ބޭނުންކުރާ މީހުންގު އަދަދު 700 މިލިއަން އަރާނެކަމަށް ލަފާކުރެވެ އެވެ.

  • އޯޕަންއޭއައި އިން ބުނާގޮތުގައި ޖީޕީޓީ-5 ގެ ހެލުސިނޭޝަން ރޭޓް ކުޑައެވެ. މާނައަކީ މި މޮޑެލުން މަދު ފަހަރަކު ޖަވާބުތައް އުފައްދަ އެވެ. ކުންފުނިން ބުނާގޮތުގައި ޖީޕީޓީ-5 ތަރައްގީކުރިއިރު ވަރަށް ބޮޑަށް ސަލާމަތީ އިވެލުއޭޝަންތަކެއް ހަދާފައިވެ އެވެ. އޭގެ ތެރޭގައި 5,000 ގަޑިއިރުގެ ޓެސްޓިން ހިމެނެ އެވެ.

ބޭނުންކުރާ ފަރާތްތަކުގެ ސުވާލުތަކަކީ ނުރައްކާވެދާނެ ސުވާލުތަކެއްނަމަ، ސީދާ ޖަވާބުދިނުމަށް އިންކާރުކުރުމުގެ ބަދަލުގައި، ޖީޕީޓީ-5 އިން "ރައްކާތެރި ޖަވާބުދިނުންތައް" ބޭނުންކުރާނެކަމަށް އޯޕަންއޭއައި އިން ބުނެފައިވެ އެވެ. މިއިން މާނަކުރެވެނީ މި މޮޑެލުން ގެއްލުމެއް ދިނުމަށް ބޭނުންނުކުރެވޭނެ ސަލާމަތީ މިންގަނޑުތަކެއްގެ ތެރެއިން މަތީ ފެންވަރުގެ ޖަވާބުތައް ދޭނެކަމެވެ.

"ޖީޕީޓީ-5 ވަނީ މަސައްކަތް ނިންމާ ނުލެވޭނެ ހިނދުގައި އެކަން ދެނެގަންނާނެގޮތަށް، މައުލޫމާތުގެ އިތުރަށް ލަފާކުރުންތައް ނުކުރާގޮތަށް، އަދި ލިމިޓޭޝަންތައް މާ ސާފުކޮށް ބަޔާންކުރާގޮތަށް ޓްރެއިންކުރެވިފައި، އެއީ ކުރީގެ މޮޑެލްތަކާ އަޅާބަލާއިރު ސަޕޯޓުނުކުރާ ވާހަކަތައް މަދުކުރުމަށް،" އޯޕަންއޭއައިގެ ޕޯސްޓް-ޓްރެއިނިން ލީޑް މިޝެލް ޕޮކްރާސް ބުނެފައިވެ އެވެ.

  • ބްރީފިންގައި، އޯޕަންއޭއައި އިން ދައްކާލީ ޖީޕީޓީ-5 "ވައިބް ކޯޑިން" އަށް ބޭނުންކުރެވޭނެގޮތެވެ. މިއީ ބޭނުންކުރާ ފަރާތްތަކުން ލިޔެފައިވާ ސާދާ ޕްރޮމްޕްޓަކުން އޭއައި ބޭނުންކޮށްގެން ސޮފްޓްވެއާ އުފެއްދުމެވެ.

  • ކުންފުނިން ޖީޕީޓީ-5 އަށް އިނގިރޭސި ދެނެގަންނަ މީހަކަށް ފްރެންޗް ބަސް ދަސްކޮށްދެވޭނެ ވެބް އެޕެއް އުފައްދަން އެދުނެވެ. އެޕްގައި ފްލޭޝްކާޑުތަކާއި ކުއިޒްތައް ފަދަ ހަރަކާތްތައް އަދި ދުވަހުން ދުވަހަށް ކުރިއަށްދާގޮތް ބެލޭނެ ގޮތެއް ހިމަނަންޖެހެ އެވެ. އޯޕަންއޭއައި އިން އެއް ޕްރޮމްޕްޓް ދެ ޖީޕީޓީ-5 ވިންޑޯއަކަށް ފޮނުވުމުން، ވަރަށް އަވަހަށް ދެ ތަފާތު އެޕް އުފެއްދި އެވެ.

އެޕްތަކުގައި "ބައެއް ރަފް އެޖުތައް" ހުރިކަމަށް އޯޕަންއޭއައިގެ ލީޑަކު ބުންޏެވެ. ނަމަވެސް ބޭނުންކުރާ ފަރާތްތަކަށް އިތުރު ބަދަލުތައް ގެނެވޭނެއެވެ. މިސާލަކަށް އެމީހުން ބޭނުންވާގޮތަކަށް ބެކްގްރައުންޑް ބަދަލުކުރުން ނުވަތަ އިތުރު ޓެބްތައް އިތުރުކުރުމެވެ. 

ޖީޕީޓީ-5 ބުރާސްފަތި ދުވަހު އޯޕަންއޭއައިގެ ފްރީ، ޕްލަސް، ޕްރޯ އަދި ޓީމް ބޭނުންކުރާ ފަރާތްތަކަށް ލިބެން ފަށައިފި އެވެ. މި ލޯންޗަކީ ހިލޭ ބޭނުންކުރާ ފަރާތްތަކަށް ރީޒަނިން މޮޑެލްއަކަށް ފުރަތަމަ ފަހަރަށް އެކްސެސް ލިބުނު ފަހަރެވެ. މިއީ "ވިސްނުމަށްފަހު" ނުވަތަ އެތެރޭގެ ޚިޔާލުގެ ސިލްސިލާއެއް ހިންގުމަށްފަހު ޖަވާބުދޭ މޮޑެލެކެވެ. ހިލޭ ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ ބޭނުންކުރުމުގެ ލިމިޓް ހަމަވެއްޖެނަމަ، އެމީހުންނަށް ޖީޕީޓީ-5 މިނި އަށް އެކްސެސް ލިބޭނެ އެވެ.

ކުންފުނީގެ ބްލޮގް ޕޯސްޓެއް ބުނާގޮތުގައި އާ މޮޑެލް ބުރާސްފަތި ދުވަހު މައިކްރޮސޮފްޓްގެ ޕްރޮޑަކްޓްތަކަށް ލިބެންފަށައިފި އެވެ. މައިކްރޮސޮފްޓް 365 ކޯޕައިލެޓަށް ޖީޕީޓީ-5 ލިބޭނެ އެވެ. އަދި ކޮންސިއުމަރުންނަށް ކޯޕައިލެޓް އަދި ޑިވެލޮޕަރުންނަށް ތިންވަނަ ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް އޭއައި މޮޑެލްތައް ހިމެނުމަށް ބޭނުންކުރެވޭނެ އަޒުރެ އޭއައި ފައުންޑްރީއަށްވެސް ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް