އައިފޯން 17 އެއާގައި 2،800 މިލިއެމްޕިަރުގެ ބެޓެރީއެއް ހުންނާނެ ކަން ދާދި ފަހުން ލީކުވި އިރު، މިއީ އައިފޯން 16 ޕްލަސްގައި ހިމެނޭ 3،651 އެމްއޭއެޗްގެ ބެޓެރީއަށް ވުރެ ވަރަށް ކުޑަ ބެޓެރީއެއް.

އައިފޯން

އެޕަލްގެ އައިފޯން 17އީ އަންނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ނެރުމަށް ރޭވިފައިވާކަމަށް ކޮރެއާގެ ނޫހަކުން ބުނެފި

އައިފޯން 17އީގައި އައިފޯން 16އީގައި ބޭނުންކުރި އޯލެޑް ޕެނަލް ބޭނުންކުރާނެ ކަމަށާއި، މި ޕެނަލަކީ އައިފޯން 14ގައި ތައާރަފުކުރި ޕެނަލެއް ކަމަށް ރިޕޯޓުގައި ބުނެފައިވޭ
9 ޖުލައި 2025

ކޮރެއާގެ 'ދި އިލެކް' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޕަލްއިން ސެކަންޑް-ޖެނެރޭޝަން އައިފޯން 17އީ އަންނަ އަހަރުގެ މާރިޗް-މޭގައި ނެރުމަށް ރާވާފައިވެ އެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުން އައިފޯން 17އީގައި އައިފޯން 16އީގައި ބޭނުންކުރި އޯލެޑް ޕެނަލް ބޭނުންކުރާނެކަމަށާއި، މި ޕެނަލަކީ އަސްލު އައިފޯން 14ގައި ތައާރަފުކުރި ޕެނަލެއް ކަމަށް ބުނެފައިވެ އެވެ. މިއީ އުފެއްދުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަދި ކުރިން ގާއިމުކޮށްފައިވާ ޕްރޮޑަކްޝަން ލައިންތަކަށް ބިނާކޮށް ބޭނުންކުރެވޭ ބައިތަކެކެވެ.

  • މިއަހަރުގެ ފެބުރުއަރީ ގައި ނެރުނު 599 ޑޮލަރުން އަގު ފެށޭ އައިފޯން 16އީ އާ އެއްގޮތަށް، ބީއޯއީ އަދި ސެމްސަންގްއިން ޑިސްޕްލޭ ޕެނަލްތައް ސަޕްލައިކުރާ ކަމަށާއި، އެލްޖީ ޑިސްޕްލޭވެސް ހިމެނިދާނެކަމަށް ބުނެފައިވެ އެވެ. އައިފޯން 16އީގައި 6.1 އިންޗި އޯލެޑް ޑިސްޕްލޭ، ފޭސް އައިޑީ، އޭ18 ޗިޕް، އަދި ޔޫއެސްބީ-ސީ ޕޯޓް ހިމެނޭ ކަމަށާއި، މިއީ އައިފޯން 16 ސީރީޒްގެ ތެރެއިން އަގު ހެޔޮ ބަދަލެއްގެ ގޮތުގައި ހުށަހެޅިފައިވާ މޮޑެލެކެވެ.

އޭޕްރިލްގައި ރިޕޯޓްކުރެވިފއަިވާ ގޮތުގައި އައިފޯން 17އީ ޓްރަޔަލް ޕްރޮޑަކްޝަން މަރުހަލާއާ ގާތްވަމުންދާ ކަމަށާއި، މި މެދުފަންތީގެ ޑިވައިސް ވަގުތީގޮތުން މޭ މަހުގައި ނެރުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ. އޭގެ ފަހުން، އަންނަ އަހަރުގެ ފުރަތަމަ ބައިގައި އެޕަލްއިން ސެކަންޑް-ޖެނެރޭޝަން އައިފޯން 17އީ ނެރޭނެކަމަށް އިންޑަސްޓްރީ އެނަލިސްޓް މިންގް-ޗީ ކުއޯ ލަފާކޮށްފައިވެ އެވެ.

  • މިއީ އެންމެ ފަހުގެ އީ ޑިވައިސް ކަމަށް ބެލެވޭކަށް ނެތެވެ. ކުރިއަށް ބަލާއިރު، ކުއޯ ބުނިގޮތުން ތިންވަނަ ޖެނެރޭޝަން 'އީ' ޑިވައިސްއެއް 2027ގެ ފުރަތަމަ ބައިގައި ސްޓޭންޑަޑް އައިފޯން 18 އާއެކު ނެރޭނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް