ޓައިޓޭނިއަމް ބެޒަލާއި 5.85އެމްއެމްގެ ތުނި ޑިޒައިން: ސެމްސަންގް ގެލެކްސީ އެސް25 އެޖް ދައްކުވައިދެނީ ވަރުގަދަކަމާއި ޒަމާނީ ސްޓައިލެއް.
5.8 މިލިމީޓަރުގެ ތުނި ގެލެކްސީ އެސް25 އެޖް ތައާރަފްކޮށްފި
ސެމްސަންގުން ގެލެކްސީ އެސް25 އެޖް ތައާރަފްކޮށްފި އެވެ. މިދިޔަ ހޯމަ ދުވަހު ސެމްސަންގުން ގެލެކްސީ އެސް25 އެޖް ލޯންޗުކުރީ އެޕަލްއާ ވާދަކުރުމުގެ މަގްސަދުގައި އެފަދަ ތުނި އައިފޯނެއް ނެރޭނެ ކަމަށް ބެލެވޭތާ މަހެއްހާ ދުވަސް ކުރިންނެވެ. ގެލެކްސީ އެސް25 އެޖް ޕްރީއޯޑަރަށް 1،099 ޑޮލަރަށް ލިބެން ހުންނާނެ ކަމަށާއި މި މަހުގެ 30 ވަނަ ދުވަހު ވިއްކަން ނެރޭނެ ކަމަށްވެ އެވެ.
-
މި ފޯނަކީ 6.7 އިންޗީގެ އެމޯލެޑް ދެ ގުނަ ޑިސްޕްލޭއަކާއި ލުއި ޑިޒައިނެއްގެ ފޯނެކެވެ. އެންމެ 5.8 މިލިމީޓަރު ގެ ތުނި އަދި ބަރުދަނުގައި ގާތްގަނޑަކަށް 162 ގްރާމް ހުންނައިރު، ސެމްސަންގްގެ އެސް25+ އަދި އެސް25 އަލްޓްރާގެ އިތުރުން އެޕަލްގެ މިހާރުގެ އައިފޯން ޕްރޯ މޮޑެލްތަކަށް ވުރެ ވެސް ތުންޏެވެ.
Introducing #GalaxyS25 Edge—the slimmest Galaxy S Series. More than just slim, it fits your style with a powerful 200MP camera. Welcome to the Edge, where slim meets premium performance. #GalaxyAI
— SamsungGulf (@SamsungGulf) May 13, 2025
Learn more: https://t.co/qNmV5EZhkY pic.twitter.com/GJSDJt6GYm
އައިފޯން އެއާ ނެރޭނެ ކަމަށް ބެލެވޭ ތާރީހާ ގާތްވެފައި ވަނިކޮށް އެޕަލް އަށް މި ފިޔަވަޅުގެ ސަބަބުން ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ބްލޫމްބާގްގެ މާކް ގާރްމަން ބުނިގޮތުގައި ކުރިއަށް އޮތް އައިފޯންގެ ފުޅާމިނުގައި ގާތްގަނޑަކަށް 6.2 މިލިމީޓަރު ދަށްވާނެ ކަމަށް ބެލެވޭ އިރު، މިއީ އާ އެސް25 އެޖްއަށް ވުރެ އަދިވެސް ކުޑަތަންކޮޅެއް ބޮޑު ފޯނެކެވެ.
-
ކުއަލްކޮމްގެ ސްނެޕްޑްރެގަން 8 އެލީޓް ޕްރޮސެސަރާއެކު، 12 ޖީބީ ގެ ރޭމް ހިމެނޭ މި ޕްރޮސެސަރަކީ 256 ޖީބީ ނުވަތަ 512 ޖީބީގެ ސްޓޯރޭޖްގެ އޮޕްޝަންތައް ހިމެނޭ ފޯނެކެވެ. ސެމްސަންގުން ބުނަނީ މި ފޯނުގެ ސަބަބުން ތާމަލް މެނޭޖްމަންޓާއި ޕަވާ އެފިޝިއަންސީ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެސް25 އެޖްގައި ޑުއަލް ރިއާ ކެމެރާ ސިސްޓަމެއް ހިމެނޭއިރު، އޮޓޯފޯކަސް ހިމެނޭ 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ލެންސެއް އަދި 200 މެގަޕިކްސެލްގެ ޕްރައިމަރީ ސެންސަރެއް ހިމެނެ އެވެ. އެއަށްވުރެ އަގުބޮޑު އެސް25+ އަދި އެސް25 އަލްޓްރާއާ ޚިލާފަށް، މީގައި ތެރޭގައި ޑެޑިކޭޓެޑް ޓެލެފޮޓޯ ލެންސެއް ހިމަނާފައެއް ނުވެ އެވެ. ނަމަވެސް ސެމްސަންގުން ބުނަނީ އޭއައި ފީޗާތަކުން ބޫސްޓްކުރާ ޕްރައިމަރީ ކެމެރާއިން 10 ގުނަ ޒޫމް ހާސިލްކޮށް ހައި ރިޒޮލިއުޝަން ސެންސަރު ބޭނުންކޮށްގެން "އޮޕްޓިކަލް ލައިކް" ދެގުނަ ޒޫމް ލިބޭނެ ކަމަށެވެ.
ސެމްސަންގުން ވަނީ އެ ކުންފުނީގެ ގެލެކްސީ އޭއައި ސުއިޓް ވެސް ފޯނުގައި ހިމަނައި، ނައޮ ބްރީފް އަދި ނައޮ ބާ ފަދަ އާ ވަސީލަތްތައް ހިމަނައިގެން އޭއައި ކިއުރޭޓެޑް އަޕްޑޭޓްތަކާއި ލަފާތައް ފޯރުކޮށްދީފަ އެވެ. އެންޑްރޮއިޑް 15 ގައި އޮޕަރޭޓްކުރާ އެސް25 އެޖް އިން ގޫގުލްގެ ޖެމިނައި އޭއައި ގެ ހިދުމަތްތަކަށް ވެސް ސަޕޯޓް ކުރާއިރު އޭގެ ތެރޭގައި ޖެމިނައި ލައިވް ވެސް ހިމެނެ އެވެ. ސްމާޓްފޯން މާކެޓަށް ޑިޒައިން އިނޮވޭޝަނާއި އޭއައިގެ ގާބިލުކަން އިތުރުވަމުން އަންނައިރު ސެމްސަންގުން އުއްމީދު ކުރަނީ ވަރަށް ބޮޑަށް ތުނި ފޯނަކުން ވަރަށް ތޮއްޖެހިފައިވާ މާކެޓެއްގައި ވާދަވެރި އެޑްވާންޓޭޖެއް ލިބޭނެ ކަމަށެވެ.
ކޮމެންޓް (1)
ބަކަރިބޯ