ގޫގުލްގެ ޖީމެއިލް އެޕްލިކޭޝަންގައި އާ އޭއައި ސާޗް ފީޗާ ބޭނުންކުރާ މީހާއަށް ކްރޮނޮލޮޖިކަލް ނަތީޖާތަކާއި "އެންމެ ގުޅުންހުރި" ނަތީޖާތަކުގެ ދެމެދު ޓޮގުލްކުރުމުގެ އޮޕްޝަން ދައްކުވައިދޭނެ.

ޓެކްނޮލޮޖީ

ގޫގުލްއިން ޖީމެއިލް ސާޗް ފަންކްޝަނަށް 'އެންމެ ގުޅުންހުރި' ނަތީޖާތައް ނެރެވޭނެ އާ އޭއައި ހިމެނޭ އަޕްގްރޭޑެއް ގެންނަނީ

ގޫގުލްއިން މި އާ ފީޗާ ތައާރަފުކޮށްފައިވަނީ އީމެއިލް ހޯދުމަށް ފަސޭހަކޮށްދިނުމަށް، ހަމައެކަނި ލަފްޒަށް ނުބަލައި، 'އެންމެ ފަހުގެ، އެންމެ ގިނައިން ކްލިކްކުރެވޭ އީމެއިލްތަކާއި އެންމެ ގިނައިން ގުޅުންބާއްވާ ފަރާތްތައް' ވެސް ސާޗްގައި ހިމެނޭގޮތަށް
23 މާރިޗު 2025

ތިޔަ ހޯދާ އީމެއިލް ފެނުމުގެ ފުރުސަތު އިތުރުކުރުމަށް، ގޫގުލްއިން ޖީމެއިލްގެ ސާޗް ފަންކްޝަނަށް އިޚްތިޔާރީ އޭއައި އަޕްގްރޭޑެއް ތައާރަފުކުރަން ނިންމައިފި އެވެ.

މިއަދު ގޫގުލްގެ 'ދަ ކީވޯޑް' ބްލޮގަށް ޝެއާކުރި ޕޯސްޓެއްގައިވާ ގޮތުން، ގޫގުލް ސާޗްއިން ދެން ހަމައެކަނި ހޯދަމުންދާ ކީވޯޑްތަކަށް ބަލައިގެން ކްރޮނޮލޮޖިކަލް ތަރުތީބުން ނަތީޖާތައް ނުދައްކާނެ އެވެ. އޭގެ ބަދަލުގައި، "އެންމެ ފަހުގެ، އެންމެ ގިނައިން ކްލިކްކުރެވޭ އީމެއިލްތައް އަދި ގިނައިން ގުޅުންބާއްވާ ކޮންޓެކްޓްތައް" ފަދަ އެހެން ކްރައިޓީރިއާތަކަށްވެސް ބަލާނެއެވެ. "މި އަޕްޑޭޓާއެކު، ތިޔަ ހޯދާ އީމެއިލްތައް ސާޗް ރިޒަލްޓްގެ އެންމެ މަތީގައި ފެންނާނެ ފުރުސަތު މާ ބޮޑުވާނެ؛ މިއީ ތިޔަ ބޭފުޅުންގެ އަގުހުރި ވަގުތު ސަލާމަތްކޮށްދީ، މުހިންމު މައުލޫމާތު ފަސޭހައިން ހޯދުމަށް އެހީތެރިވާނެކަމެކެވެ."

  • "އެންމެ ގުޅުންހުރި" ސާޗް ރިޒަލްޓްސްގެ މި އާ ފީޗާ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޫގުލް އެކައުންޓް ބޭނުންކުރާ ފަރާތްތަކަށް ތައާރަފުކުރެވެމުންދެ އެވެ. މި ފީޗާ ވެބް ބްރައުޒާ މެދުވެރިކޮށް ނުވަތަ ގޫގުލްގެ އެންޑްރޮއިޑް އަދި އައިއޯއެސް ޖީމެއިލް އެޕްތައް މެދުވެރިކޮށް ޖީމެއިލް ބޭނުންކުރާއިރު ލިބެން ހުންނާނެ އެވެ.

  • އެހެންނަމަވެސް، ގޫގުލްއިން ބުނާގޮތުން، މި ފީޗާއިން ޖީމެއިލްގެ ކުރީގެ އީމެއިލް ސާޗް ކުރުމުގެ ގޮތް ބަދަލެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި، ކްރޮނޮލޮޖިކަލް ކީވޯޑް ނަތީޖާތަކާއި އާ "އެންމެ ގުޅުންހުރި" އޮޕްޝަނާ ދެމެދު ޓޮގުލްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް