ހުއާވޭ ޕޫރާ އެކްސް ފަތްޖަހާލެވޭ ސްމާޓްފޯނަކީ 6.3 އިންޗީގެ ޑިސްޕްލޭއަކާއި ހުއާވޭގެ އަމިއްލަ ހާމަނީއޯއެސް 5 އޮޕަރޭޓިން ސިސްޓަމް އެކުލެވޭ ޑިވައިސްއެއް. ފަތްޖަހާލުމުން 3.5 އިންޗީގެ ސްކްރީނަކަށް ބަދަލުވާ މި ފޯނުގެ އަގަކީ 1,037 ޑޮލަރު.

ސްމާޓްފޯން

ހުއާވޭގެ ފަތްޖަހާލެވޭ ސްމާޓްފޯން ޕޫރާ އެކްސް، ގޫގުލް އެންޑްރޮއިޑް އަދި އެޕަލް އައިއޯއެސްއަށް ވާދަކުރެވޭނެ އަމިއްލަ އޮޕަރޭޓިން ސިސްޓަމާއެކު ނެރެފި

ޗައިނާގައި އެޕަލްއަށް ގޮންޖެހުމެއް ކަމަށްވާ ހުއާވޭގެ އާ ސްމާޓްފޯން ޕޫރާ އެކްސް ނެރެފި؛ 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޗައިނާގެ މާކެޓް ހިއްސާ 16.2% އަށް އިތުރުވެފައިވާއިރު އެޕަލްގެ ހިއްސާ 17.4% އަށް ދަށްވެފައިވޭ
21 މާރިޗު 2025

ބުރާސްފަތި ދުވަހު ނެރެފައިވާ ހުއާވޭގެ ފަތްޖަހާލެވޭ ސްމާޓްފޯން ޕޫރާ އެކްސްއަކީ އެ ކުންފުނީގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ފުރަތަމަ ސްމާޓްފޯނެވެ. މިއީ ގޫގުލްގެ އެންޑްރޮއިޑް އަދި އެޕަލްގެ އައިއޯއެސްއާ ވާދަކުރެވޭނެ ބަދަލެއް ގާއިމުކުރުމަށް ކުންފުނިން ކުރާ މަސައްކަތުގެ ބައެކެވެ.

  • ފަތްޖަހާނުލާއިރު  ޕޫރާ އެކްސްގައި 6.3 އިންޗީގެ ޑިސްޕްލޭއެއް ވާއިރު، 16:10 އެސްޕެކްޓް ރޭޝިއޯ ސަބަބުން މާކެޓުގައި ހުރި ގިނަ ސްމާޓްފޯނުތަކަށްވުރެ ފުޅާ ސްކްރީން އޭރިއާއެއް ލިބެ އެވެ. ޑިވައިސް މެދުން ފަތްޖެހުމުން ހަތަރެސްކަނަށް ކުޑަވެ، ކުރިމަތީގައި ކެމެރާއަކާއެކު 3.5 އިންޗީގެ ޑިސްޕްލޭއެއް ހުރެއެވެ.

ހުއާވޭގެ އެގްޒެކެޓިވް ޑިރެކްޓާ އަދި ކޮންސިއުމާ ބިޒްނަސް ގްރޫޕްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ރިޗަޑް ޔޫ ޗެންގްޑޮންގް މާރިޗު 20 ވަނަ ދުވަހު ޗައިނާގެ ޝެންޒެންގައި ބޭއްވި އާ ޕްރޮޑަކްޓް ތައާރަފުކުރުމުގެ ކޮންފަރެންސްގައި ހުއާވޭ ޕޫރާ އެކްސް މޮބައިލް ފޯނު ތައާރަފުކުރަނީ.
ހުއާވޭ ޕޫރާ އެކްސް ފަތްޖަހާލެވޭ ސްމާޓްފޯނަކީ 6.3 އިންޗީގެ ޑިސްޕްލޭއަކާއި ހުއާވޭގެ އަމިއްލަ ހާމަނީއޯއެސް 5 އޮޕަރޭޓިން ސިސްޓަމް އެކުލެވޭ ޑިވައިސްއެއް. ފަތްޖަހާލުމުން 3.5 އިންޗީގެ ސްކްރީނަކަށް ބަދަލުވާ މި ފޯނުގެ އަގަކީ 1,037 ޑޮލަރު.

ޕޫރާ އެކްސްގެ އަގު ފެށެނީ 7,499 ޗައިނީޒް ޔުއާނުން (1,037 ޑޮލަރު) ނެވެ.

މި ޑިވައިސްއަކީ ދެ ސަބަބަކަށްޓަކައި ހުއާވޭއަށް މުހިންމު އެއްޗެކެވެ.

ފުރަތަމަ ސަބަބަކީ 2023 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ކުރިމަތިކުރުވި ހުރަސްތަކުގެ ސަބަބުން ދަށަށް ގޮސްފައިވާ ސްމާޓްފޯން ވިޔަފާރި ޗައިނާގައި އަލުން އާރާސްތުވަމުން އަންނަކަމެވެ.

ހުއާވޭއިން ވާދަވެރިންނާ ތަފާތުވުމަށްޓަކައި އާދަޔާ ޚިލާފު ޑިވައިސްތައް ނެރުމުގައި އިސްދައުރެއް އަދާކުރަމުންދެ އެވެ. މީގެ ތެރޭގައި ތިންގޮތަށް ފަތްްޖަހާލެވޭ ސްމާޓްފޯނެއްވެސް ހިމެނެއެވެ.

ޝެންޒެންގައި ހެޑްކުއާޓަރު ހުރި މި ކުންފުނިން ޗައިނާގައި އެޕަލްއަށްވެސް ގޮންޖަހަ އެވެ.

  • އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ހުއާވޭގެ މާކެޓް ހިއްސާ ޗައިނާގައި 13.7% 16.2% އަށް މައްޗަށް ގޮސްފައިވާއިރު، ހަމަ އެ މުއްދަތުގެ ތެރޭގައި އެޕަލްގެ މާކެޓް ހިއްސާ 20% އިން 17.4% އަށް ދަށަށް ގޮސްފައިވެ އެވެ.

ދެވަނަ ސަބަބަކީ ޕޫރާ އެކްސްއަކީ ހުއާވޭގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމް ހާމަނީއޯއެސް 5 ބޭނުންކުރާ ފުރަތަމަ ސްމާޓްފޯނެވެ. މި އެންމެ ފަހުގެ ވާޝަން ފުރަތަމަ ނެރުނީ ނޮވެމްބަރު މަހު ހާމަނީއޯއެސް ނެކްސްޓްގެ ނަމުގައި ކަމަށާއި، ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ އޯޕަން-ސޯސް ވާޝަންގެ ކޯޑު ބޭނުން ނުކުރާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ހުއާވޭ ޕޫރާ އެކްސް ފަތްޖަހާލެވޭ ސްމާޓްފޯނަކީ 6.3 އިންޗީގެ ޑިސްޕްލޭއަކާއި ހުއާވޭގެ އަމިއްލަ ހާމަނީއޯއެސް 5 އޮޕަރޭޓިން ސިސްޓަމް އެކުލެވޭ ޑިވައިސްއެއް. ފަތްޖަހާލުމުން 3.5 އިންޗީގެ ސްކްރީނަކަށް ބަދަލުވާ މި ފޯނުގެ އަގަކީ 1,037 ޑޮލަރު.
ހުއާވޭ ޕޫރާ އެކްސް ފަތްޖަހާލެވޭ ސްމާޓްފޯނަކީ 6.3 އިންޗީގެ ޑިސްޕްލޭއަކާއި ހުއާވޭގެ އަމިއްލަ ހާމަނީއޯއެސް 5 އޮޕަރޭޓިން ސިސްޓަމް އެކުލެވޭ ޑިވައިސްއެއް. ފަތްޖަހާލުމުން 3.5 އިންޗީގެ ސްކްރީނަކަށް ބަދަލުވާ މި ފޯނުގެ އަގަކީ 1,037 ޑޮލަރު.
  • މިއީ ހުއާވޭއިން ގޫގުލް އަދި އެންޑްރޮއިޑާ ހުރި ގުޅުންތައް ކަނޑާލުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. 2019 ގައި އެމެރިކާއިން ކުރިމަތިކުރި ސެންކްޝަންގެ ސަބަބުން ގޫގުލްއަށް ހުއާވޭއާއެކު މަސައްކަތްކުރުން ހުއްޓާލަން މަޖުބޫރުވި އެވެ.

ޕޫރާ އެކްސްގައި ހުއާވޭގެ އޭއައި އެސިސްޓަންޓް ޝިއައޯޔީ ވެސް ހިމަނާފައިވެ އެވެ. މިއީ ހުއާވޭގެ އަމިއްލަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްސް އަދި ޑީޕްސީކްއިން ތައްޔާރުކޮށްފައިވާ މޮޑެލްތަކުގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް